އިޒްރާއިލްގެ ޔަހޫދީން ޣައްޒާއަށް ވައިގެ މަގުން ހަމަލާދެނީ. ފޮޓޯ: ޤުދުސް ނެޓްވޯކް
ހަބަރު
14 Oct 2023 | 19:09
ޣައްޒާގެ ރައްޔިތުން ޣައްޒާއިން ފައިބަން އެންގި އެންގުން ދިވެހި ދައުލަތުން ކުށްވެރިކޮށްފި

ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން ޣައްޒާއިން ފައިބަން އެންގި އެންގުން ދިވެހި ދައުލަތުން ކުށްވެރިކޮށްފިއެވެ.

ދިވެހި ދާޚިލީ ވުޒާރާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިޒްރާއިލުގެ ޔަހޫދީން ވަނީ ޣައްޒާގެ ރައްޔިތުން ޣައްޒާދޫކޮށް ފޭބުމަސް އެންގި އެންގުން ކުށްވެރި ކުރާކަމަށެވެ.

ދާޚިލީ ވުޒާރާގެ ބަޔާނުގައި ބުނެފައިވަނީ އެނބުރި އާދެވޭނެ ކަމުގެ ގެރެންޓީއަކާ ނުލައި އެފަދަ ކަމެއް ކުރުވުމަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށާއި އެއީ މަޖުބޫރު ކުރުވުން ކަމަށާއި އެ އަމުރު ބަދަލުކުރަން ޖެހޭ ކަމަށެވެ.

ދާޚިލީ ވުޒާރާގެ ބަޔާނުގައި ބުނެފައިވަނީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ މި ޢުދުވާނަކީ ބައިނަލް އަޤްވާމީ އަދި އިންސާނީ ހައްޤުތަކާބެހޭ ޤާނޫނުތަކާ ޚިލާފަށް ހިންގާ ޖަރީމާއެއް ކަމަށެވެ.

"ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ހަމަލާތައް ވަގުތުން ހުއްޓުވުމަށް މަޖުބޫރުކުރުވައި ޣައްޒާއަށް މިހާރުން މިހާރަށް ބޭނުންވާ ބޭހާއި ކާބޯތަކެއްޗާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާނެ ތަކެތި ފޯރުކޮށްދިނުމަށް އިންސާނިއްޔަތުކަމުގެ ކޮރިޑޯއެއް ހުޅުވުން ކަށަވަރުކުރުމަށް ބާރުއެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމައަށް ދިވެހި ސަރުކާރުން ގޮވާލަން" ބަޔާނުގައި ވެއެވެ.

ފަލަސްތީނުގެ ރައްޔިތުން ވަކި ދައުލަތެއް އުފެއްދުމަށާއި، އެ ޤައުމުގެ ރައްޔިތުންގެ ހައްޤުތައް ކަށަވަރު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގައި އެއްވެސް ޝަރުތަކާ ނުލައި ދުވެހި ސަރުކާރު ތާއީދުކުރުންމަތީ ދެމިތިބޭނެ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

އެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދޭނީ އިރުމަތީ ގުދުސް ފަލަސްތީނުގެ ވެރިކަމެއްގެ ގޮތުގައި ހިމެނޭހެން، 1967ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް އެކުލެވިފައިވާ ގޮތުގެ މައްޗަށް މިނިވަން އަދި މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމު ކުރެވިގެން ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެއެވެ.

ޣައްޒާއަށް އިޒްރާއިލްގެ ޔަހޫދީން ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އެތައް ބަޔަކު ވަނީ ޝަހީދުވެފައެވެ. އަދި އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ. ޣައްޒާގެ އެތައް ގެއެއް ހަލާޚުވެފައި ވާއިރު ބައެއް ހޮސްޕިޓަލް އަދި މެޑިކަލް ކްލިނިކް ތަކަށްވެސް ވަނީ ގެއްލުން ލިބިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.