ޣައްޒާގެ ކުޑަކުދިންތަކެއް އެކުދިންގެ ޢާއިލާއާއި އެކު އެކުދިންގެ ގެ ދޫކޮށް ދަނީ. ފޮޓޯ: ޤުދުސް ނެޓްވޯކް
ހަބަރު
14 Oct 2023 | 19:10
ފަލަސްޠީން އިސްރާއީލް ހަނގުރާމަ: ޝަހީދުވި ކުޑަކުދިންގެ ޢަދަދު 614 އަށް އަރައިފި

ފަލަސްޠީންގެ ޣައްޒާއަށް އިޒްރާއިލްގެ ޔަހޫދީން ދެމުންއަންނަ ނުރައްކާތެރި ހަމަލާތަކުގައި ޝަހީދުވެފައިވާ ކުޑަކުދިންގެ ޢަދަދު 614 އަށް އަރައިފި ކަމަށް ފަލަސްޠީނުގެ ސިއްޚީ ވުޒާރާއިން ބުނެފިއެވެ.

ފަލަސްޠީނުގެ ސިއްޚަތާއި ބެހޭ ވުޒާރާއިން ބުނެފައިވަނީ ޝަހީދުވެފައިވާ މީހުންގެ ޢަދަދު 1900 އަށް އަރައިފައިވާ ކަމަށެވެ. އޭގެ ތެރޭގައި 614 ކުޑަކުދިން ހިމެނޭއިރު ޝަހީދުވި އަންހެނުންގެ ޢަދަދު ވަނީ 370 އަށް އަރައިފައެވެ.

ޣައްޒާއަށް ދެމުންދާ ނުރައްކާތެރި ހަމަލާތަކުގެ ސަބަބުން ޒަޚަމްވި މީހުންގެ ޢަދަދު 7696 އަކަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި 2000 ކުޑަކުދިންނާއި 1700 އަންހެނުން ހިމެނެއެވެ.

ބައިނަލްއަޤްވާމީ ޖަމިއްޔާއެއް ކަމަށްވަ ޔުނިސެފުން ވަނީ ފަލަސްޠީން އިޒްރާއިލް ހަނގުރާމައިގައި ޝަހީދުވަމުންދާ ކުޑަކުދިންގެ ޢަދަދުތައް މަތިވަމުންދާތީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. އަދި ކުޑަކުދިން މެރުން ހުއްޓާލަން ޖެހޭ ކަމަށް ޔުނިސެފުން ވަނީ ބުނެފައެވެ.

މިމަހުގެ 7ވަނައަށް ވީ ދުވަހު ފެށުނު ހަނގުރާމައިގެ ސަބަބުން އެތައް ބަޔަކު ޝަހީދު ވެފައިވާއިރު އެތައް ބަޔަކު ވަނީ ގެދޮރު ގެއްލިފައެވެ. އަދި އެތައް ކުޑަކުއްޖަކު ޔަތީމު ވެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.