ޣައްޒާގެ ވެއްޓިފައިވާ ޢިމާރާތްތަކުގެ ކައިރީގައި ކުޑަކުއްޖަކު ހުއްޓިލައިގެން. ފޮޓޯ: ޤުދުސް ނެޓްވޯކް
ހަބަރު
14 Oct 2023 | 19:28
ފަލަސްޠީން އިޒްރާއިލް ހަނގުރާމަ: ޣައްޒާގެ ޙާލަތު ގޯހުން ގޯހަށް

ފަލަސްޠީނުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ޙާލަތު ގޯހުން ގޯހަށް ދާ ކަމަށް ޣައްޒާގެ ބިމުން "ވޮއިސް" އަށް މަޢުލޫމާތު ދެއްވާ މުރާސިލުން ވިދާޅުވެއްޖެއެވެ.

އެގޮތުން އިޒްރާއިލްގެ ޔަހޫދީން ޣައްޒާގެ ރައްޔިތުން ގެ ތެރެއިން ޣައްޒާގެ އުތުރުގައި ދިރިއުޅޭ ފަރާތްތަކަށް ދެކުނަށް ބަދަލުވުމަށް އަންގައިފައިވާ ކަމަށާއި އެއީ ގާތް ގަނޑަކަށް 1.1 މިލިއަން ރައްޔިތުން ކަމަށް  ޣައްޒާއިން މަޢުލޫމާތު ދެއްވާ މުރާސިލުން ވިދާޅުވެއެވެ.

މީގެ އިތުރުން އިޒްރާއިލްގެ ޔަހޫދީން ހުއްޓުމެއް ނެތި ދެމުންދާ ހަމަލާތަކުގެ ސަބަބުން ޒަޚަމްވެފައިވާ މީހުންނަށް ފަރުވާދިނުމަށް މީހުން އެނދުމަތި ކުރެވި ފުރިފައިވާ ދެ ހޮސްޕިޓަލެއް ހުސްކުރުމަށްވެސް އިޒްރާއިލްގެ ޔަހޫދީން ވަނީ އަންގައިފައެވެ. އެދެހޮސްޕިޓަލަކީވެސް ޣައްޒާގެ އުތުރުގައި ހުންނަ ދެ ހޮސްޕިޓަލެކެވެ.

މިއެންގުންތައް މިގޮތައް އަންގަމުން ދިޔުމުން ޣައްޒާގެ އުތުރުގެ ރައްޔިތުން ދެކުނަށް ދަތުރުތައް ފެށުމާއި އެކުވެސް ޣައްޒާއަށް ދެމުންދާ ހަމަލާތައް އިޒްރާއިލުން ގެންދަނީ ކުރިއަށެވެ.

24 ގަޑިއިރު ތެރޭގައި އެހާ ގިނަ ޢަދަދެއްގެ ބަޔަކު އެއްތަނުން އަނެއް ތަނަށް ބަދަލުވުމަކީ ދަތި ކަމަކަށްވާތީ ދެފާރާތުން ވާހަކަ ދެކެވި އިތުރު 6 ގަޑިއިރުގެ ވަގުތުކޮޅެއް ދޭނެ ކަމަށް ވަނީ އިޒްރާއިލްގެ ޔަހޫދީން ވަނީ ބުނެފައެވެ.

ޣައްޒާގެ އުތުރުގައި ދިރިއުޅޭ ގިނަ ބަޔަކު މިހާރު ވަނީ ރަފާ އަށާއި ޚާންޔޫނިސް އަށް ބަދަލުވެފައި ކަމަށްވެސް މުރާސިލުން މައުލޫމާތުދެއެވެ.

ޣައްޒާގައި އިންޓަރނެޓާއި ފޯނުގެ ނެޓްވޯކް ދަށްވެފައިވާތީ މަޢުލޫމާތު ހޯދުމަށާއި މަޢުލޫމާތު ދިނުމަށް ދަށްވެފައިވާ ކަން މުރާސިލުން ފާހަގަ ކުރައްވައެވެ.

އަލްޖަޒީރާގައި ބުނެފައިވަނީ އިއްޔެ ޣައްޒާގެ އެއްފަރާތުން އަނެއްފަރާތައް ބަދަލުވުމަށް ދަތުރުކުރަމުން ދިޔަ  މީހުންނަށް ދިން ހަމަލާތަކުގެ ސަބަބުން ޣައްޒާގެ 320 މީހަކު ޝަހީދުވެފައިވާ ކަމަށެވެ.

"ވޮއިސް" ގެ މުރާސިލުން ވިދާޅުވީ ޣައްޒާގެ ޙާލަތު ވިވަގުތު އޮތީ ވަރަށް ބޮޑަށް ގޯސްވެފައި ކަމަށާއި، އަވަސް އަރުވާލައިގެން ދަތުރު ކުރަމުންދާ މީހުން ވަރަށް ގިނަ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.