މޫސާ ޝިފާއު/ ފޮޓޯ: އިންޓަނެޓް
ހަބަރު
15 Oct 2023 | 11:25
ޝިފާއުގެ "ކަރުނަ" މަދަހައިން ފަލަސްތީނުގެ ހާލުގެ ދުލުން ކިޔައިދޭ އެތައް ވާހަކަތަކެއް!

ފަލަސްތީނުގެ މައުސޫމު ރައްޔިތުންނަށް އަނިޔާވެރިކަމުގައި ހައްދުފަހަނަ އަޅާފައިވާ އިޒްރާއިލްގެ ޔަހޫދީން ދެމުންދާ އަނިޔާތަކާއެކު، ފަލަސްތީނުގެ މުސްލިމުން އުޅެމުންދާ ހާލުގެ މައްޗަށް ޓްރިއޯ ބޭންޑުގެ ކުރީގެ ލީޑް ވޯކްލިސްޓު މޫސާ ޝިފާއު ޚާއްސަ މަދަހައެއް ތައްޔާރުކޮށްފި އެވެ. 

އަހުމަދު ރިފާއު ލިރިކްސް ހަދައި، އަބްދުލްއަލީމުގެ މެލޮޑީއަކަށް ޝިފާއު ކިޔާފައިވާ މި މަދަހައިގެ ނަމަކީ "ކަރުނަ" އެވެ. މި މަދަހައިގައި ސާދާ އިބާރާތުން ވަނީ ފަލަސްތީނުގެ ރައްޔިތުންގެ އުޅޭ ހިތްދަތި ހާލާއި، އެ ރައްޔިތުންގެ ހާލުގެ ދުލުން ކުރަމުންދާ އެތައް އާދޭހެއް ހިއްސާކޮށްފަ އެވެ. 

ފަލްސްތީނުގެ އަޚުންނާއި އުޚުތުންނަށް އަމާޒުކޮށް އިޒްރާއިލްގެ ޔަހޫދީން ދެމުންދާ ހަމަލާތަކުގައި އެތައް ބަޔަކު ޝަހީދުވެ، އެތައް ބަޔަކު ޒަޚަމްވެފައިވާއިރު، އެ އަނިޔާތަކުގައި ތަދު މުޅި އިސްލާމީ އުންމަތް ތަހަންމަލް ކުރާކަން އެ މަދަހައިގައި ވަނީ ބަޔާންކޮށްފަ އެވެ.

އަދި ފަލަސްތީނުގެ ހާލާތައި މެދު މުސްލިމު އުންމަތް ހިތާމަކުރާ ކަމަށާއި، އެއް އުންމަތެއްގެ ގޮތުގައި އިސްލާމުން ލައްވާފައިވާއިރު، ފަލަސްތީނުގެ ކޮންމެ މުސްލިމަކަށް ލިބޭ އަނިޔާގައި މުޅި އުންމަތް ޝާމިލުވާހެން، އެ ވޭން އިހުސާސްކުރާކަން އެ މަދަހައިގައި ވަނީ ސިފަކޮށްދީފަ އެވެ. 

ޝިފާއުގެ "ކަރުނަ" މަދަހައަކީ އަސަރާއި އާހު އޭގައި އެކުލެވޭ މަދަހައެކެވެ. އިޒްރާއިލުން ހުއްޓުމެއްނެތި ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި މައުސޫމު ކުދިންނާއި އަންހެނުންނަށް ޖިސްމާނީގޮތުންނާއި ނަފްްސާނީގޮތުން ލިބެމުންދާ އަނިޔާތަށް ހިތަށްވެސް ނުގެނެވޭނެކަމަށް މަދަހައިގައި ވަނީ ކިޔައިދީފަ އެވެ. 

މުޅި މަދަހަ ބިނާކޮށްފައިވަނީ ފަލަސްތީނުގެ މައުސޫމު ރައްޔިތުންނަށް ޔަހޫދީ އިޒްރާއީލުން ދެމުންދާ ލާއިންސާނީ އަނިޔާތަކުގެ ސަބަބުން އެ އަޚުންނާއި އުޚުތުން އުފުލަމުންދާ ތަކުލީފުތަކުގެ މައްޗަށެވެ. އަދި އެއީ މުސްލިމުންގެ ހައިސިއްޔަތުން ބަލަން ތިބެން ހިތްދަތި މަންޒަރުތަކެއް ކަމަށް މަދަހައިގައި ސިފަކޮށްފައި ވެއެވެ. 

މީ މުސްލިމު އުންމަތް އެކަތިގަނޑަކަށްވާންވީ ވަގުތުކަންވެސް މަދަހައިގައި ވަނީ ސިފަކޮށްފައެވެ. އަދި މިއީ ފަލަސްތީނުގެ ރައްޔިތުންނަށް ކުރަމުންދާ އަނިޔާތައް ބަލަން ތިބެންވީ ވައުތު ނޫންކަމަށާއި، މިއީ އެ ރައްޔިތުންނަށް އެހީތެރިވުމަށް މުޅި އިސްލާމީ އުންމަތް ތެދުވާންވީ ވަގުތުކަމަށް ވެސް މަދަހައިގައި ވަނީ ބަޔާންކޮށްފައެވެ. 

ފަސްމިނެޓުގެ އެ މަދަހައިގައި ފަލަސްތީނުގެ ރައްޔިތުން ހާލުގެ ދުލުން ގޮވާ އެތައް ވާހަކަތަކެއް ވަނީ ތިލަކޮށްފައެވެ. ސާދާ އިބާރާތުން ފަލަސްތީނު ރައްޔިތުންގެ ކެކުޅުމުގެ ވާހަކަތައް ވަނީ ހިއްސާކޮށްފައެވެ. އަދި މުސްލިމު އުންމަތަށް ވަރުދަމަ މެސެޖުތަކެއްވެސް ރައްދުކޮށްފައި ވެއެވެ. 

ފަލަސްތީނުގެ މަންޒަރުތައް އަދާހަމަކޮށް ހިމަނާފައިވާ ވީޑިއޯއާއެކު، ޖަޒުބާތުން ފުރިގެންވާ ވާހަކަތަކުގެ މައްޗަށް އެކުލަވާލާފައިވާ "ކަރުނަ" މަދަހަ އަޑުއަހާލާ ކޮންމެ މީހެއްގެ ދެދޮލުންވެސް ކަރުނަ ފާއްދާލާނެކަން ޔަގީނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.