ޢައްޒާގެ ރައްޔިތުން އުތުރުންދެކުނަށް ދަތުރުކުރަމުންދަނީ. ފޮޓޯ: އައިއޭސީ
ހަބަރު
15 Oct 2023 | 11:28
ފަލަސްޠީނުން ގެތައް ދޫކޮށް ދަތުރުކުރަމުންދިޔަ މީހުންނަށް ހަމަލާދީ 70 މީހަކު ޝަހީދު ކޮށްލައިފި

ފަލަސްޠީނުގެ ޣައްޒާގެ އުތުރުގައި ހުރި އަމިއްލަ ގެތައް ދޫކޮށް ރައްކާތެރިކަން ހޯދުމުގެ ގޮތުން ޣައްޒާގެ ދެކުނަށް ދަތުރުކުރަމުން ދިޔަ ޣައްޒާގެ ރައްޔިތުންގެ ތެރެއަށް ދިން ހަމަލާތަކުގައި 70 މީހަކު ޝަހީދުވެފައިވާ ކަމަށް ފަލަސްޠީނުގެ ސިއްޚަތާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

ފަލަސްޠީނުން "ވޮއިސް" އަށް މަޢުލޫމާތު ދެއްވި މުރާސިލަކު ވިދާޅުވީ އޮކްޓޫބަރު 13 ވަނަ ދުވަހު އިޒްރާއިލްގެ ޔަހޫދީން ޣައްޒާގެ އުތުރުގައި ދިރިއުޅެމުންދާ ރައްޔިތުން އެސަރަހައްދު ދޫކޮށް ދިޔުމަށް 24 ގަޑިއިރުގެ މުހުލަތެއް ދިން ކަމަށެވެ. އެސަރަހައްދުގައި ގާތް ގަނޑަކަށް 1.1 މިލިއަން މީހުން ދިރިއުޅޭ ކަމަށް ލަފާ ކޮށްފައިވެއެވެ.

ޔަހޫދީން ޣައްޒާގެ އުތުރު ދޫކޮށް ދިޔުމަށް އެންގުމުގެ ކުރިންވެސް އެތައް ހާސްބަޔަކުވަނީ ޣައްޒާގެ އެސަރަހައްދު ދޫކޮށް ޣައްޒާގެ ދެކުނަސް ބަދަލުވެފައެވެ.

"ވޮއިސް"ގެ މުރާސިލް ވިދާޅުވީ މިހާތަނަށް 400،000 މީހަކު ވަނީ ބޯހިޔާވަހިކަން ނެތި ގެއްލިފައިކަމަށެވެ. އަދި ގިނަ ޢަދަދެއްގެ ބަޔަކަށް ވަނީ ސާފު ބޯފެން ލިބުމުން މަޙްރޫމްވެފައި ކަމަށާއި، ފެން ދޫކުރާ  އަދި ފެން ސާފުކުރާ ޕްލާންޓްސްގެ ޚިދްމަތްތައްވެސް ވަނީ ކަނޑާލައިފައި ކަމަށެވެ.

އަދި ގިނަ ބަޔަކު ބުއިމަށް ބޭނުން ކުރަމުންދަނީ ދަނޑުވެރިކަމަށް ބޭނުންކުރާ ފެން ކަމަށެވެ. އަދި އެފެނަކީ ބުއިމަށް ރައްކާތެރި ފެނެއް ނޫނެވެ. އެފެން ބޯން ބޭނުން ކުރުމުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރުމުގެ ބިރުވެރިކަންވެސް އޮތް ކަމަށް ވަނީ ޤަބޫލު ކުރެވިފައެވެ.

މުރާސިލް ވިދާޅުވީ މިޙާލަތު މިހެން އޮވެ ޣައްޒާގެ ރައްޔިތުން އުތުރުން ދެކުނަށް ދަތުރު ކުރަމުން ދިޔަވަގުތުވެސް އިޒްރާއިލްގެ ޔަހޫދީން ދިޔައީ ވައިގެ މަގުންނާއި، ކަނޑުމަގުން އަދި އެއްގަމުން ވެސް ހަމަލާތައް ދެމުންނެވެ.

"ވޮއިސް"ގެ މުރާސިލް ވިދާޅުވެފައިވަނީ ހުކުރުދުވަހާއި ހަމައަށް އިޒްރާއިލްގެ ހަމަލާތައް ހުއްޓުމެއްނެތި ދެމުންދިޔައިރު ހުކުރުދުވަހާއި ހަމައަށް ޝަހީދުވި މީހުންގެ ޢަދަދު 1900 އަށް ވަނީ އަރައިފައެވެ. އޭގެ ތެރޭގައި 614 ކުޑަކުދިން ހިމެނޭއިރު 370 އަންހެނުން ހިމެނެއެވެ. ހުކުރުދުވަހާއި ހަމައަށް 7696 މީހަކު ވަނީ ޝަހީދުވެފައެވެ.

ޣައްޒާގެ ރައްޔިތުންގެ ތެރެއިން ޣައްޒާގެ އުތުރު ދޫކޮށް ދެކުނަށް ދަތުރުކުރަމުންދިޔަ ރައްޔިތުންގެ ތެރެއިން 70 މީހަކު ޝަހީދުވެ 200 މީހަކު ވަނީ ޒަޚަމްވެފައި ކަމަށް ފަލަސްޠީނުގެ ސިއްޚީ ވުޒާރާއިން  ބުނިކަމަށް  "ވޮއިސް"ގެ މުރާސިލް ވިދާޅުވިއެވެ.

ޣައްޒާގެ މީހުން ދިރިއުޅޭ، އަދި އެހެންބޭނުންތަކުގައި ބޭނުންކުރާ 1324 ޢިމާރާތެއް ހަލާކުވެފައިވާކަމަށާއި، މީހުން ދިރިއުޅޭ 5540 ތަނެއް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާއިރު، މީހުން ދިރިއުޅޭ 3743 ތަނެއްވަނީ ވަރަށް ބޮޑަށް މަރާމާތައް ބޭނުންވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.