ބޮން އެޅުމުގެ ސަބަބުން ހަލާކުވި ޣައްޒާގެ މިސްކިތެއް. ފޮޓޯ: ވޮއިސް މުރާސިލް
ހަބަރު
15 Oct 2023 | 13:29
ފަލަސްޠީން އިޒްރާއިލް ހަނގުރާމަ: އިޒްރާއިލްގެ ހަމަލާތަކުގެ ސަބަބުން 11 މިސްކިތެއް ހަލާކުވެއްޖެ

ފަލަސްޠީންގެ ޣައްޒާއަށް އިޒްރާއިލުން ދެމުންދާ ހަމަލާތަކުގައި ޣައްޒާގެ 11 މިސްކިތެއް ހަލާކުވެފައިވާ ކަމަށް ފަލަސްޠީނުން މަޢުލޫމާތު ދެއްވި ވޮއިސްގެ މުރާސިލް ވިދާޅުވެއްޖެއެވެ.

ޣައްޒާއަށް އިޒްރާއިލްގެ ޔަހޫދީން ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން މިމަހުގެ 12 ވަނަ ދުވަހާއި ޣައްޒާގައި ތަޢުލީމު ދިނުމަށް ބޭނުންކުރާ 90 ޢިމާރާތެއް އެއްކޮށް ހަލާކުވެފައިވާ ކަމަށާއި، އޭގެ ތެރޭގައި ޔޫ.އެން.އާރް.ޑަބްލިޔު.އޭ ގެ 6 ސްކޫލެއް ހިމެނޭ ކަމަށާއި އޭގެ ތެރެއިން 2 ސްކޫލެއް ޣައްޒާގެ ރައްޔިތުން ބޭނުން ކުރަމުން ދިޔައީ ވަންނާނެ ތަނެއްނެތި ގެދޫކުރަން ޖެހުނު ޣައްޒާގެ ރައްޔިތުންގެ ވަގުތީ ހިޔާގެ ގޮތުގައި ކަމަށާއި، އަދި ފަލަސްޠީނުގެ 70 އޮތޯރިޓީއަކުންވެސް އޭގެ ބައެއް ސްކޫލްތައް ބޭނުންކުރަމުން ދިޔަ ކަމަށް ވޮއިސްގެ މުރާސިލް ވިދާޅުވިއެވެ.

މީގެ އިތުރުން ޣައްޒާގެ 11 މިސްކިތަކަށް އަމާޒުކޮށް ހަމަލާދީ 11 މިސްކިތެއް ވަނީ ހަލާކުކޮށްލައިފައި ކަމަށާއި ބައެއް ފައްޅިތަކަށްވެސް ހަމަލާދީފައިވާ ކަމަށް ބުނެފައިވެއެވެ.

މީގެއިތުން އިޒްރާއިލްގެ ޔަހޫދީން ޣައްޒާއަށް ދިން ހަމަލާތައް ފެނާއި ނަރުދަމާގެ ނިޒާމަށްވެސް އަރައިފައިވާ ކަމަށާއި ހަނގުރާމަ ފެށުނު ފަހުން ޣައްޒާގެ 6 ފެން ވަޅަކާއި، 3 ފެން ޕަމްޕު ސްޓޭޝަކަށް، ފެން ފޯރުކޮށްދޭ އެއް ފެންގަޑަކާއި އަދި 1،100،000 ބަޔަކަށް ފެން ފޯރުކޮށްދޭ ފެން ސާފު ކޮށްދޭ ޕްލާންޓަކަށް ވަނީ އަރައިފައެވެ.

އޮކްޓޫބަރު 11 ވަނަ ދުވަހުން ފެށިގެން ޣައްޒާގެ ކަރަންޓު ކަނޑާލުމާއި ކަރަންޓު އުފައްދާ ޖަނެރޭޓަރު ތަކަށް އަޅާ ތެލުގެ ސަޕްލައި ކަނޑާލުމުގެ ސަބަބުން ޣައްޒާ ވަނީ ކަނު އަނދިރި ކަމެއްގެ ތެރޭގައި ކަމަށް ޣައްޒާގެ ޕަވަރ ޕްލާންޓްގެ އޮފިޝަލުން ވިދާޅުވެފައިވާ ކަމަށް ޣައްޒާއިން މަޢުލޫމާތު ދެއްވި ވޮއިސްގެ މުރާސިލް ވިދާޅުވިއެވެ.

ކަރަންޓު ކެނޑުމުގެ ސަބަބުން ޣާއްޒާގެ ނަރުދަމާގެ ނިޒާމުގެ މަސައްކަތް ކުރާ 65 ޕްލާންޓްގެ ތެރެއިން 53 ޕްލާންޓްގެ މަސައްކަތް ހުއްޓިފައިވުމުގެ ސަބަބުން ނުތާހިރު ފެނުން މަގުތައް ޚަރާބުވެ ބަލިމަޑު ކަމެއް ފެތުރި ސިއްޚީ ނުރައްކާތެރިކަމެއް އަތުވެދާނެ ކަމުގެ ބިރުވެސް އޮތީ ފެތުރިފައެވެ.

ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ޒަޚަމްވަމުންދާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުން ކުރަމުންދާ 13 ހޮސްޕިޓަލެއް ފުރިބާރުވެފައިވާ އިރު އެހޮސްޕިޓަލްތަކުގެ ސިސްޓަމްތައްވެސް ބަރޯސާވެފައިވަނީ ޖަނެރޭޓަރުތަކުން ދޫކުރަމުންދާ ކަރަންޓަށެވެ. އަދި މިވަގުތު އެހޮސްޕިޓަލްތައް ވެސް އޮތީ ޖަނެރޭޓަރުތަކަށް ބޭނުންކުރާ ތެޔޮ ހުސްވެ ކަރަންޓަށާއި ތެލަށް ޖެހުމުގެ ނުރައްކާތެރި ފައްތަރެއް ގައެވެ.

މިވަގުތައް ޣައްޒާދެކެމުން ދަނީ ބިރުވެރި އަދި ދަތި ޙާލަތްތަކެކެވެ. ރައްކާތެރިކަން ހޯދަން އެއްތަނުން އަނެއްތަނަށް ދަތުރުކުރަމުންދާ މީހުންނަށް މަގުމަތިންވެސް ދަނީ ޙަމަލާތައްދެމުންނެވެ. ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އުތުރުގެ ހޮސްޕިޓަލްތައް ފުރި ބާރުވެފައިވާއިރު އިޒްރާއިލްގެ ޔަހޫދީން ވަނީ އެތަންތައް ހުސްކުރުމަށްވެސް އަންގައިފައެވެ.

ކޮމެންޓް
ނުރަބޯ
މިސްކިތް ހަލާކުވީމާ މަރާމާތު ކުރެވޭނެ. އަދި އައު މިސްކިތެއްވެސް ބިނާކުރެވިދާނެ އެކަމަކު ޔަހޫދީން ގަސްދުގައި އެ މަރާ މީހުން އަލުން ދިރުވޭނެތަ؟
15 Oct 2023
ގުޅޭ ލިޔުންތައް
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.