ފޮޓޯ: ޤުދުސް ނެޓްވޯކް
ހަބަރު
15 Oct 2023 | 16:52
ފަލަސްޠީނުގެ ޚަބަރުތައް ގެނެސްދޭ ޤުދުސް ނެޓްވޯކްގެ ފޭސްބުކް ޕޭޖް "ރިމޫވް" ކޮށްފި

އިޒްރާއިލުން ފަލަސްޠީނަށް ދެމުންދާ ހަމަލާތަކާއި ފަލަސްޠީނުގައި ވަމުންދާ ކަންކަމުގެ އަސްލު ހަޤީޤަތް ދުނިޔެއަށް އަންގައިދިނުމަށް މަސައްކަތް ކުރާ ޤުދުސް ނިއުސް ނެޓްވޯކްގެ ފޭސްބުކް ޕޭޖް ފޭސްބުކުން "ރިމޫވް" ކޮށްފިއެވެ.

މިކަމާއި ގުޅިގެން ޤުދުސް ނެޓްވޯކް އިން ބުނެފައިވަނީ މެޓާ ކުންފުނިން ދަނީ ޤުދުސް ނެޓްވޯކް އިން ފަލަސްޠީނުގެ ޙާލަތި ގެނެސްދިނުމަށް ކުރާ މަސައްކަތައް އެކިފަހަރު މަތިން ހުރަސް އަޅަމުން ކަމަށާއި، ޤުދުސް ނިއުސް ނެޓްވޯކްގެ ފޭސްބުކް ޕޭޖް ފޭސްބުކުން ރިމޫވް ކޮށްފައިވާ ކަމަށެވެ.

ޤުދުސް ނެޓްވޯކުން ބުނެފައިވަނީ ޤުދުސް ނިއުސް ނެޓްވޯކަކީ ޢަރަބި ބަހާއި އިނގިރޭސި ބަހުން ހިންގާ ފަލަސްޠީނުގެ ޚަބަރު ފަތުރާ އެންމެ ބޮޑު ނެޓްވޯކެވެ. އަދި ޤުދުސް ނެޓްވޯކް ސޯޝަލްމީޑިއާގެ އެކި ވަސީލަތްތަކުގައި ޚާއްސަކޮށް ފަލަސްޠީނާއި މެދުއިރުމަތީގެ އެކި އެކި ޚަބަރުތައް ގެނެސްދޭތާ ވަރަށް ގިނަދުވަސް ތަކެއް ވެފައިވެއްޖެއެވެ.

ޤުދުސް ނެޓްވޯކުން ބުނެފައިވަނީ މެޓާ އިން ފަލަސްޠީނުގެ ޚަބަރުތައް ގެނެސްދޭ މިފަދަ ނެޓްވޯކެއްގެ މަސައްކަތް ހުއްޓުވުމަކީ އިޒްރާއިލްގެ ޑިމާންޑާއި އެއްގޮތައް ކުރާ ކަމެއް ކަމަށާއި، މިއީ ބަސްބުނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ޚިލާފު ކަމެއް ކަމަށެވެ.

ޤުދުސް ނެޓްވޯކުން ބުނެފައިވަނީ މެޓާ ކުންފުނީގެ ޢަމަލުތައް މިހެން ހުރި ނަމަވެސް ޤުދުސް ނެޓްވޯކްގެ މަސައްކަތް ހުއްޓުމަކާއި ނުލައި ކުރިއަށްގެންދާނެކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.