ޣައްޒާއަށް އިޒްރާއިލުްނ ދެމުންދާ ހަމަލާތަކުގެ ތެރެެއިން. ފޮޓޯ: ޤުދުސް މީޑިއާ
ހަބަރު
15 Oct 2023 | 18:25
ޔަހޫދީންނާއި ދެކޮޅަށް ތެދުވުމަށް އަލް އަޒްހަރުން ގޮވާލައިފި

މިޞްރުގެ އެންމެ ބޮޑު އަދި އެންމެ ދުވަސްވީ ޔުނިވާސިޓީ އަލް އަޒްހަރުން، އިޒްރާއިލުގެ ޔަހޫދީންނާއި ދެކޮޅަށް ތެދުވުމަށް އެންމެހާ މުސްލިމުންނަށް ގޮވައިލައިފިއެވެ.

އަލް އަޒްހަރު ޔުނިވާސިޓީ އިން ބުނެފައިވަނީ   އިޒްރާއިލުން ފަލަސްޠީނުގެ ރައްޔިތުންނާއި މެދު ހިންގަމުންގެންދާ ލާއިންސާނީ ޢަމަލުތައް ބައިނަލް އަޤްވާމީ މިންގަނޑަކުން ތަހްޤީޤު ކުރަން ޖެހޭ ކަމަށެވެ.

އަޒްހަރުން ޢަރަބި އިސްލާމީ ޤައުމަތަކަށް ގޮވައިލައިފައިވަނީ އެބައިމީހުންގެ ދީނީ އަދި ތާރީޚީ ވާޖިބު އަދާ ކުރުމަށެވެ. އަދި ފަލަސްޠީންގެ ޣައްޒާގައި ޙާލުގައި ޖެހިފައިވާ ފަރާތްތަކަށް އެންމެ އެކަށީގެންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށެވެ.

އަޒްހަރުން ވަނީ ހުޅަނގުގެ ޤައުމުތަކުން ސުވާލުކުރުމެއް ނެތި އަދި ހިފެހެއްޓެމެއްނެތި އިޒްރާއިލްއަށް ވަމުންދާ މަދަދަށްޓަކައެ އެޤައުމުތަކަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ.

އަދި ނަންމަޝްހޫރު ހުޅަނގުގެ މީޑިއާ ތަކުން ފަލަސްޠީނުގެ މައްސަލައިގައި ދޮގު ޚަބަރު ފެތުރުމާއި ފަލަސްޠީނާއި މެދު ހަދަމުންދާ ދޮގު ތަކަކީ މިނިވަން މީޑީއާގެ އުސޫލެއް ކަމަށް ދައްކަން އުޅޭ ދެއްކުމާއި މެދު ވެސް އަޒްހަރުން  ވަނީ ފާޑުކިޔައިފައެވެ.

"ޢާންމުންނަށް އަމާޒުކޮށް ހަމަލާދިނުން، ޚާއްސަކޮށް އެމީހުންގެ ދިފާޢުގައި އެއްވެސް ކަމެއް ނުކުރެވޭނެ، ކުޑަކުދިންނާއި، ޢުމުރުން ދުވަސްވީ މީހުންނަށް އަންހެނުންނަށް ހަމަލާދިނުމާއި، ސިއްޚީ ފަރުވާދޭ ހޮސްޕިޓަލް ތަކަށާއި،  ބާޒާރުތަކަށާއި، އެމްބިޔުލާންސް، މިސްކިތް އަދި ޢާންމުން ވަގުތީ ހިޔަލުގެ ގޮތަގައި ބޭނުން ކުރަމުންދާ ސްކޫލްތަކަށް ހަމަލާދިނުމަކީ ބައިނަލްއަޤްވާމީ ޤާނޫނު ތަކުންވެސް މަނާކޮށްފައިވާ ކަމެއް" އަޒްހަރުން ބުނެފައިވެއެވެ.

އެތަނަށް ދެމުންދިޔަ ކަރަންޓާއި ފެން ފަދަ ޒަރޫރީ ޚިދްމަތްތައް ކަނޑާލުމާއި ހަމަލާދިނުމަށް އެންމެ ބާރުގަދަ ގެއްލުންދެނިވި ނުރައްކާތެރި ހަތިޔާރު ބޭނުންކުރުމާއި ކާބޯތަކެއްޗާއި ޙާލުގައި ޖެހިފައިތިބި މީހުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބޭނުންވާ މަގު ބަންދު ކުރުމަކީ އިންސާނިއްޔަތާއި ޚިލާފު ގެއްލުންދެނިވި ޢަމަލު ތަކެއް ކަމުގައި އަޒްހަރުން ވަނީ ސިފަކޮށްފައެވެ.  

ކޮމެންޓް
ނުރަބޯ
މީހަކު ގޮވާ ގޮވެއްޔަކަށް އިޖާބަ ދިނުމަށްވުރެ އެމީހުންގެ ފިނޑިކަމާ ހަރުކަށިކަމާ ޖައްބާރުކަން މާބޮޑު.
15 Oct 2023
ނުރަބޯ
ކޮން ބައިނަލް އަގުވާމީއެއްތޯ؟ ބައިނަލް އަގުވާމީ ފަރާތްތަކަށް ކަމެއްކުރެވޭނަމަ، ފަލަސްތީނު މީހުންނަކީ އަރަބީންގެ މަދަދާއެކު ޔަހޫދީން ކަތިލަން ގެންގުޅޭ ގެރި ބަކަރި ތަކެއްހެން ވީސްތޯ….؟
15 Oct 2023
ގުޅޭ ލިޔުންތައް
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.