އިޒްރާއިލުން ޣައްޒާއަސް ހަމަލާދެނީ. ފޮޓޯ:އިންޓަރނެޓް
ހަބަރު
16 Oct 2023 | 08:16
އިޒްރާއިލުން ޣައްޒާއަށް ހުދު ފޮސްފަރެސްއިން ހަމަލާދީފައިވޭ: ޓްރާންސްޕޭރެންސީ

އިޒްރާއިލުން ފަލަސްޠީންގެ ޣައްޒާ އަށް ހަމަލާދިނުމަށް ހުދު ފޮސްފަރެސް ބޭނުން ކޮށްފައިވާ ކަމަށް އެމްނެސްޓީ އިންޓަރނޭޝަނަލް ގައި ބުނެފައިވެއެވެ.

އެމްނެސްޓީ އިން ބުނެފައިވަނީ އިޒްރާއިލުން ހުދު ފޮސްފަރެސް ބޭނުން ކޮށްފައިވާ ކަމުގެ ހެކި އެބަހުރި ކަމަށެވެ.

އިންސާނީ ހައްޤުތަކަށް ގޮވާލާ ޖަމިއްޔާއެއް ކަމަށްވާ އެމްނެސްޓީ އިން ބުނެފައިވަނީ  ޣައްޒާގެ ކަނޑުގެ ބަނދަރާއި އެސަރަހައްދުގައި ހުރި ޓުވަރިސްޓް ހޯޓާތަކަށް މިމަހުގެ 11 ވަނަ ދުވަހު ދިން ހަމަލާތަކުގައި ހުދު ފޮސްފަރެސް ބޭނުން ކޮށްފައިވާ ކަމަށެވެ.

އެމްނެސްޓީ އިން ބުނެފައިވަނީ މިޙަމަލާތައް ދިން ވަގުތު ނަގައިފައިވާ ސެޓެލައިޓް ފޮޓޯ ތައް، ކްރައިސިސް އެވިޑެންސް ލެބޯރެޓަރީގައި ތަހުލީލުކުރުމުން، ހަމަލާދިނުމަށް ބޭނުން ކޮށްފައިވަނީ ހުދު ފޮސްފަރެސް ބޮންކަން ކަށަވަރުވާ ކަމަށް ބުނެފައިވެއެވެ.

ހުދު ފޮސްފަރެސް އަކީ ބައިނަލް އަޤްވާމީ ޤާނޫނު ތަކުގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ބޭނުން ކުރުން މަނާ ކޮށްފައިވާ އެއްޗެކެވެ. ހުދު ފޮސްފަރެސް އަކީ އެ ބޭނުން ކުރުމުން އޭގެ ތެރެއަށް ނޭވާލެވިއްޖެނަމަ، ނޭވާލާ ނިޒާމަށް ވަގުތުން ލިބޭ ގެއްލުމުގެ ސަބަބުން ނޭވާ ހާސްވުމާއި، ގައިގައި ޖެހިއްޖެނަމަ ހަށިގަނޑު ފިހުން ފަދަ ކަންކަން ދިމާވާ އެއްޗެކެވެ. އަދި އެ ބޭނުންކޮށްގެން ހަދާ ބޮމުގެ ހަމަލާދިނުމުން ވަގުތުން އެތަނެއްގައި ރޯވެ ބޮޑެތި ގެއްލުންތައް ލިބެއެވެ.

މީގެ ކުރިންވެސް ދެފަހަރެއްގެ މަތިން އިޒްރާއިލުން ވަނީ ފަލަސްޠީނަށް ހުދު ފޮސްފަރެސް ބޭނުން ކޮށްގެން ހަމަލާދީފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.