އަލް ޝިފާ ހޮސްޕިޓަލަށް އެމެޖެންސީގައި ބަޔަކު ވައްދަނީ. ފޮޓޯ: އިންޓަރނެޓް
ދުނިޔެ
16 Oct 2023 | 09:11
ޣައްޒާ އޮތީ ބޭހާއި ސިއްޚީ އެހީތެރިންނަށް ބޭނުންވެފައި: ޑރ މަރްވާން

ފަލަސްޠީނުގެ ޣައްޒާ އޮތީ ބޭހާއި ސިއްޚީ އެހީތެރިންނަށް ބޭނުންވެފައި ވާކަމަށް ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލްގެ ޑިރެކްޓަރ އޮފް ސާޖަރީ ޑޮކްޓަރ މަރްވާން އަބޫ ސަޢްދާ ވިދާޅުވެއްޖެއެވެ.

ޑރ މަރްވާން މިހެން ވިދާޅުވީ "ވޮއިސް" އަށް އޭނާ ދެއްވެވި އެކްސްކްލޫސިވް އިންޓަރވިއުއެއްގައެވެ.

ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް އަލް ޝިފާ ހޮސްޕިޓަލްގެ ކުރިމަތީ ހުންނަވައިގެން ދެއްވި އިންޓަރވިއުގައި ޑރ މަރްވާން ވިދާޅުވީ ޣައްޒާގެ ހިއުމަނިޓޭރިއަން ޙާލަތު ދަނީ ދުވަހަކަށްވުރު ދުވަހެއް ދަށްވަމުންކަމަށެވެ. ފެނާއި ކަރަންޓު އަދި މުވާޞަލާތީ ޙިދުމަތްވެސް ރަނގަޅަށް ނުލިބޭ ކަމަށާއި، ޣައްޒާގެ ސިއްޚީ ހާލަތުވެސް ދަނީ ގޯހުން ގޯހަށް ކަމަށެވެ.

މީގެ އިތުރުން ޒަޚަމް ވެފައިވާ މީހުންގެ އަދަދު 9000 އަށްވުރެ ގިނަ ކަމަށާއި، ޒަޚަމްވާ މީހުންގެ ޢަދަދުގެ އިތުރުވަމުންދާ މިންވަރުވެސް ދަނީ މަތިވަމުން ކަމަށެވެ. މިއާއި އެކު ޝަހީދުވެފައިވާ މީހުންގެ ޢަދަދު 2300 އަށްވުރެ ގިނަ ވެފައި ވާ ކަމަށާއި ހުރިހާ ހޮސްޕަޓަލެއްވެސް ވަނީ ޒަޙަމްވެގެން ފަރުވާ ހޯދާ މީހުން އެނދުމަތި ކުރެވި ފުރި ބާރުވެފައި ކަމަށެވެ.

"ހޮސްޕިޓަލްގެ ގިނަ ޑިޕާޓްމެންޓްތައް ވަނީ ފުރިފައި، މިވަގުތު އަޅުގަނޑު މިހުރީ ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލްކަމަށްވާ ޝިފާ ހޮސްޕިޓަލް ކުރިމަތީގައި، މި ހޮސްޕޓަލްގައި 700 އަށްވުރެ ގިނަ އެނދުގެ ޖާގަވޭ، މިވަގުތު ޒަޙަމްވެފައިވާ 550 އަށްވުރެ ގިނަ މީހުން މިހޮސްޕިޓަލްގައި އެބަތިބި، ބާކީ އެނދުތައް ބޭނުންކުރެވެމުން ދަނީ ޑައިލިސިސް ހެދުމާއި ވިހެއުމާއި ގާތުންދިނުން ފަދަ ކަންކަމަށް" ޑރ މަރްވާން ވިދާޅުވިއެވެ.

އަލް ޝިފާ ހޮސްޕިޓަލްގެ އައިސީޔޫ އަކީ އައިއޭސީ މެދުވެރިވެ ދިވެހިންގެ އެހީގައި ތަރައްޤީ ކޮށްފައިވާ ތަނެއްކަން ފާހަގަ ކޮށްލަން ޖެހެއެވެ.

މިވަގުތު އަލް ޝިފާ ހޮސްޕިޓަލްގެ ބޮޑު ބައެއް ޙާއްސަ ކުރެވިފައި ވަނީ ޒަޙަމްވި މީހުނަށް ފަރުވާ ދިނުމަށް ކަމަށް ޑރ މަރްވާން ވިދާޅުވިއެވެ.

 "ސިއްޚީ މުވައްޒަފުންވެސް ވަރަށް މަދު، އެހެންކަމުން ސިއްޚީ މުވައްޒަފުންނާއި ބޭސް ފޯރު ކޮށްދިނުމަށް އަޅުގަނޑުމެން އެދެން" ޑރ މަރްވާން ވޮއިސް އަށް ދެއްވި ޚާއްސަ ބަސްދީގަތުމުގައި ވިދާޅުވިއެވެ.

  މީގެ އިތުރުން ޑރ މަރްވާން ވިދާޅުވީ ލެބް އެކުއިޕްމެންޓާއި ބްލަޑް ބޭންކުގައި ލޭ މަދުވެ، ލޭ ހޯދުމަށްވެސް ވަނީ  ދަތި ވެފައިކަމަށާއި،  ޕޭޝަންޓް މޮނީޓަރާއި އެކްސްރޭ މެޝިނާއި މިނޫންވެސް މެޑިކަލް އެކުއިޕްމެންޓްތައް ވަރަށް މުހިންމު ކަމަށެވެ. އެތަކެތިވެސް މިވަގުތު ހުރީ ވަރަށް މަދުވެފައި ކަން ޑރ މަރްވާން ފާހަގަކުރެއްވިއެވެ.

 ހޮސްޕޓަލްތަކުގައި ޒަޚަމްވެފައިވާ މީހުން ފެސިލިޓޭޓް ކުރަން އެމީހުނަށް ފަރުވާދޭ ބައި ފުޅާކޮށް ފައިވީނަމަވެސް އެންމެ އެދެވިގެންވާ ގޮތަށް ފަރުވާ ދެވެމުންނެއް ނުދާ ކަމަށް މަރްވާން ވިދާޅުވިއެވެ.

ޑރ މަރްވާން ވިދާޅުވީ އެހެން ޤައުމުތަކުގެ ސަރުކާރުތަކަށާއި މުއައްސަސާތަކަށް އެބޭފުޅުންގެ މަސައްކަތް ކުރިއަށް ގެންދިޔުމުގައި އެއްބާރުލުން ދެއްވުމަށް ގޮވައިލައްވާ ކަމަށެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންނަށް ދެވެނެ އޮތް އެހީއެއް ދިނުމަށާއި ޚާއްސަކޮށް ވެސް ސިއްޚީ ގޮތުން ދެވެން އޮތް އެހީއެއް ދިނުމަށް އެދި އެންމެނަށްވެސް ގޮވާލައްވާ ކަމަށް ޑރ މަރްވާން ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.