ދުކްތޫރް ވާއިލް އަލް ޒަރްދް. ފޮޓޯ: ޤުދުސް ނެޓްވޯކް
ހަބަރު
16 Oct 2023 | 12:29
ޣައްޒާގެ ދީނީ ޢިލްމު ވެރިއެއްކަމަށްވާ ޑރ ވާއިލް އަލްޒަރްދު ޝަހީދުވެއްޖެ

ފަލަސްޠީނުގެ ޣައްޒާއަށް އިޒްރާއިލްގެ ޔަހޫދީން ދެމުންދާ ނުރައްކާތެރި ހަމަލާތަކުން ހަމަލާއެއްގައި ޣައްޒާއަށް ނިސްބަތްވާ މަޝްހޫރު ދީނީ ޢިލްމުވެރިޔެއް ކަމަށްވާ ދުކްތޫރް ވާއިލް އަލްޒަރްދު ޝަހީދުވެއްޖެއެވެ.

ޑރ ވާއިލް ޝަހީދު ވެފައިވަނީ އޭނާގެ ގެޔަށް އިޒްރާއިލްގެ ޔަހޫދީން ވައިގެ މަގުން ދިން ހަމަލާއެއްގައެވެ. މިހަމަލާގެ ސަބަބުން ޑރ ވާއިލްގެ މުޅި ގެ އެއްކޮށް ވަނީ ބިމާއި ހަމަވެފައެވެ.

ޑރ ވާއިލް އަކީ އިސްލާމީ ދަޢުވަތު ފެތުރުއްވުމާއި ދީނީ ޢިލްމު ފެތުރުމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ.

ޑރ ވާއިލްގެ އިތުރުން ފަލަސްޠީނުގެ ސިޔާސީ ދާއިރާގެ ފުންނާބު އުސް ބޭފުޅެއްކަމަށްވާ ޢަބްދުالله އަލް އައްޣާދް އާއި އޭނާގެ އަނބިމީހާ އާއި ހަތަރު ދަރިންވެސްވަނީ ޣައްޒާގެ ޚާން ޔޫނިސް އަށް އިޒްރާއިލުން ވައިގެމަގުން ދިން ހަމަލާއެއްގައި ވަނީ ޝަހީދުވެފައެވެ.  

އިޒްރާއިލުން ޣައްޒާގެ އަހްލުވެރިންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ސަބަބުން 2670 މީހަކު ޝަހީދުވެފައިވާ ކަމަށް ފަލަސްޠީނުގެ ސިއްޚީ ވުޒާރާއިން ވަނީ ބުނެފައެވެ. އަދި 9600 މީހަކަށް ޒަޚަމްވެފައިވާ ކަމަށްވެސް ރޭ އެ ވުޒާރާއިން ހާމަކުރި އަދާހަމަތަކުގައި ބުނެފައިވެއެވެ.

މީގެއިތުރުން ފަލަސްޠީނުގެ ސިވިލް ޑިފެންސްއިން ބުނެފައިވަނީ ހަލާކުވެފައިވާ ޢިމާރާތްތަކުގެ ބައިތަކުގުގެ ދަށުގައި 1000 އަށްވުރެ ގިނަމީހުން ގެއްލިފައިވާނެ ކަމަށް ލަފާކުރާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.