އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް-- ފޮޓޯ/ އިންތިޚާބީ ރައީސް ގެ އޮފީސް
ހަބަރު
16 Oct 2023 | 12:25
މިހެން ދާނަމަ ނޮވެމްބަރު މެދަކާ ހަމައަށް ވަރަށް ގިނަ ސިއްހީ ޚިދުމަތް ހުއްޓުމަކީ އެކަށީގެންވާކަމެއް: ފިރުޒުލް

ޞިއްޙީ ދާއިރާގެ ކަންކަން މިހާރު ދާ ގޮތަށް ކުރިއަށްދާ ނަމަ، މި ނޮވެމްބަރު މަހުގެ މެދާއި ހަމައަށް އަންނަ އިރު، ބައެއް ހެލްތު ސެންޓަރު ތަކާއި ހޮސްޕިޓާ ތަކުންދޭ ޚިދުމަތްތައް ހުއްޓުމަކަށް އައިސްދާނެ ކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ. 

އިންތިޚާބީ ރައީސްގެ އޮފީހުގެ ފަރާތުން ސިލްސިލާކޮށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިރުޒުލް ވަނީ، އިންތިގާލީ ކޮމިޓީތަކުން މިހާރު ކުރަމުންދާ މަސައްކަތްތަކުން، ބައެއް ދާއިރާ ތަކާއި މުވައްސަސާ ތަކުގައި އެބޭފުޅުން ކަންބޮޑުވާ ކަންތައްތައް ހުރިކަން ފާހަގަކުރައްވާފައެވެ. 

އެގޮތުން ފިރުޒުލް ވިދާޅުވީ، ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކަށް ބޭނުންވާ ކޮންޒިއުމަބަލްސްއަކީ، ގަވާއިދުން ވަކި އުސުލުން އޯޑަރުކޮށް ސްޓޮކް މެއިންޓެއިން ކުރަންޖެހޭ ތަކެތި ކަމަށާ، ސިއްހީ ދާއިރާގައި މިހާރު އަމަލު ކުރަމުންދާ އުސޫލުގެ މަތިން ކޮންމެ އަހަރަކު ދެފަހަރު އެ ތަކެއްޗަށް ޕްރީ-އޯޑަރ ކޮށްގެން ރާއްޖެ ގެންނަންޖެހޭ ކަމަށެވެ.

ނަމަވެސް މިއަހަރުގެ މިހާތަނަށް އައި އިރުވެވެސް 2 ވަނަ ހަމަސްދުވަހަށް ބޭނުންވާ ތަނެތި އޯޑަރުކޯށްފައިނުވާކަން ފާހަގަކުރައްވައި ފިރުޒުލް ވަނީ ކޮންޒިއުމަބަލްސް ނެތީގެން ބައެއް ސިއްޙީ މަރުކަޒުތަކާއި، ހޮސްޕިޓަލްތަކުން ޚިދުމަތް ނުދެވި ޚިދުމަތް ދިނުން ހުއްޓުމަކަށް އަންނަމުންދާ ކަމަށް ވިދާޅުވެފައެވެ. 

"އަޅުގަނޑުމެންނަށް ފާހަގަކުރެވޭ މިހާރުވެސް ހެލްތު މިނިސްޓްރީގެ ދަށުން ހިންގަމުންދާ ހޮސްޕިޓާތަކާއި ޞިއްޙީ މަރުކަޒުތަކުގެ ޚިދުމަތްތައް ހުއްޓުމަކަށް އަންނަމުންދާކަން. އަދި ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަކީ މިހާލަތު މިގޮތަށް ދެމިގެން ގޮސްފިނަމަ ނޮވެންބަރު މަހާ ހަމައަށް އަންނަންވާއިރަށް ނުވަތަ ނޮވެންބަރު މަހުގެ މެދަކާ ހަމައަށް ދާއިރަށް މި ހޮސްޕިޓާތަކާއި ހެލްތު ސެންޓަރުތަކުގެ ދެމުންދާ ވަރަށް ގިނަ ޚިދުމަތްތައް އެކީ އެކައްޗަކަށް ހުއްޓުމަކީ އެކަށީގެންވާ ކަމެއް،"

އިންތީޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް 

ފިރުޒުލް ވިދާޅުވީ، ކޮންޒިއުމަބަލްގެ އިތުރުން ލެބޯޓްރީއަށް ބޭނުންވާ ވަސީލަތްތައްވެސް ބައެއް ސިއްޙީ މަރުކޒުތަކާއި ހޮސްޕިޓަލްތަކުން ހުސްވަމުންދާއިރު މިހާރު އެތަން ތަނުން ފަރުވާދެމުން އަންނަނީ އެމަޖެންސީ ސްޓޮކް ބޭނުންކޮށްގެންކަމަށެވެ. 

އަދި މިހާތަނަށް އައި އިރުވެސް ޕްރީ އޯޑަރ ކުރެވިފައި ނުވަނީ، ބަޖެޓްގެ ތެރެއިން ހަމަޖެހެންޖެހޭ ފައިސާ ހަމަޖެހިފައިވާ ނުވާތީކަންވެސް ފިރުޒުލް ފާހަގަކުރެއްވިއެވެ. 

މީގެ އިތުރުން، ފިރުޒުލް ވިދާޅުވީ، އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ޚާއްޞަ ބަލިތަކަށް ފަރުވާ ދިނުމަށް ޤާއިމުކޮށްފައިވާ މަރުކަޒުތަކުގެ ތެރެއިން، ބައެއް މަރުކަޒުތަކަކީ ބޭރުގެ ހޮސްޕިޓާތަކާ ގުޅިގެން ހިންގާ މަރުކަޒުތައް ކަމަށެވެ. އެގޮތުން ހިތުގެ ބަލީގެ މަރުކަޒާއި ނާރުގެ ބަލީގެ މަރުކަޒު ހިންގާ ބޭރުގެ ކުންފުންޏަށް ދައްކަންޖެހިފައި ހުރި ބިލުތަކުގެ ތެރެއިން ނުދައްކައި 5.3 މިލިއަން ޑޮލަރު ނުވަތަ 81.7 މިލިއަން ރުފިޔާ ހުރިކަން ފާހަގަވެފައިވާކަމަށް ފިރުޒުލް ވިދާޅުވިއެވެ.

މި ބިލުތަކުގެ ތެރެއިންވެސް އެންމެ ގިނައީ އެ ސެންޓަރުތަކުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ބޭނުންވާ ކޮންޒިއުމަބަލްސްއާ ގުޅުންހުރި ބިލުތައް ކަމަށާއި، އޭގެ ތެރޭގައި ހިތުގެ ބަލިތަކަށް ފަރުވާ ކުރުމަށް ބޭނުންވާ މުހިންމު ކޮންޒިއުމަބަލްސް ހުރިކަން ފިރުޒުލް ފާހަގަކުރެއްވި އެވެ. އަދި އެ ފައިސާ ނުދައްކައި ހުރުމުގެ ސަބަބުން އެ ޚިދުމަތްތައް ހުއްޓިދާނެތީ ކަންބޮޑުވެވަޑައިގަންނަވާކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް
ާާޢަލިފުޅުބެ
ކޮނުނު ވަރަކަށް ފަސްގިނަވޭ ބުނެއުޅޭ.
16 Oct 2023
ގުޅޭ ލިޔުންތައް
11 Oct 2026
ހުއްދަ ނުނަގައި މިހާރުވެސް ގިނަ ފަރާތްތަކަކުން ކެމިކަލް ވިއްކަމުންދޭ
ކެމިކަލް އިމްޕޯޓް ނުކުރި ނަމަވެސް، މާލޭގެ ބޮޑެތި ފިހާރަތަކުން ގަނެގެން ކުދި ފިހާރަތަކުގައި ވިއްކާ ފަރާތްތަކާއި، ރަށްރަށަށް ގެންގޮސްގެން ވިއްކާ ފަރާތްތަކުން ވެސް ފިހާރަ ރަޖިސްޓްރީކޮށް ހުއްދަ ނަގަންޖެހޭނެ ކަމަށް ޒިދްނާ ވިދާޅުވިއެވެ. އަދި ކުދި ބޯޓުފަހަރުގެ އިތުރުން 200 ކިލޯއަށް ވުރެ ގިނައިން ގެންގުޅޭ ފަރާތްތަކުންވެސް ހުއްދަ ނަގަންޖެހޭ
11 Oct 2026
ތިން މީހުން އަރުވައިގެން ސައިކަލް ދުއްވީ، ބަންދުގައި ހުއްޓައި ފުލުހުން ދޫކޮށްލި މީހެއް
މިފަހުން އެކްސިޑެންޓް ހިނގާފައިވަނީވެސް ކްރިމިނަލް ކޯޓުން ކުރިއަށްދިޔަ މައްސަލައެއްގައި ބަންދުގެ މުއްދަތު ހަމަނުވަނީސް ފުލުހުން އޭނާ ދޫކޮށްލާފައިވަނިކޮށެވެ. އަދި އެކްސިޑެންޓް ހިނގީ އޭނާ ދޫކޮށްލި ދުވަހުކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ. ކޯޓުން ޖެހި ބަންދުގެ މުއްދަތު ހަމަވާން އޮތީ މިމަހުގެ 16 ވަނަ ދުވަހުއެވެ.
11 Oct 2026
ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން މިހާރު ދަނީ ރޮނާލްޑޯއާ މެދު އަމަލުކުރާނެ ފައިނަލް ގޮތެއް ނިންމުމަށް ޑިސިޕްލިނަރީ މައްސަލަ ބަލަމުންނެވެ
11 Oct 2026
ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
މެޗަށްފަހު ރެއާލް މެޑްރިޑް ޕޮއިންޓް ތާވަލްގެ ތިންވަނައަށް ޖެހިލިއިރު ވިޔަރެއާލް އުޅެނީ ތާވަލްގެ 10 ވަނާގައެވެ.
11 Oct 2026
މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފަހުބައި ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ
11 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ
ސައުޒީ ގެޒެޓުން މިއަދު ބުނީ ސައުދީގެ ސިވިލް އެވިއޭޝަން އޮތޯރިޓީން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސައުދީ އަރަބިއްޔާގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، މިސްރު، އުރުދުން، ސޫރިޔާ، ފަލަސްތީން އަދި ސޫދާނަށް ނިސްބަތްވާ މީހެކެވެ
11 Oct 2026
އަންހެން ދަރިންނަށް ކުރާ އިންވެސްޓްމަންޓް ވެގެންދާނީ، ފާގަތި މުސްތަގްބަލަކަށް ކުރެވޭ އިންވެސްޓްމަންޓަކަށް
އަންހެން ދަރިންގެ ކުރިއެރުމަށްޓަކައި ކުރާ ކޮންމެ ހޭދައަކާއި އިންވެސްޓްމަންޓަކީ، މުޅި މުޖުތަމައުގެ ހަމަހަމަކަމާއި އެންމެންގެ ބައިވެރިވުން ހިމެނޭ، އުޖާލާ އަދި ފާގަތި މާދަމައެއް ބިނާކުރުމަށްޓަކައި އެޅޭ އެންމެ މުހިންމު ބިންގާ
11 Oct 2026
އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި