އާމިރު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
16 Oct 2023 | 12:43
އިންޑަސްޓްރިއަލް ރިލޭޝަންސް ބިލަށް ދިވެހި ނަމެއް ކިޔަން އިސްލާހެއް!

ސަރުކާރުގެ ފަރާތުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ހުށައަޅުއްވާފައިވާ އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލަށް ދިވެހި ނަމެއް ކިޔުމަށް އިސްލާހެއް ހުށައަޅައިފި އެވެ. 

2023 ވަނަ އަހަރުގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 11 ވަނަ ޖަލްސާގައި "އިންޑަސްޓްރިއަލް ރިލޭޝަންސް" ބިލަށް ވަނީ ފުޅާދާއިރާއެއްގައި ބަހުސްކޮށްފަ އެވެ. 

އެ ބިލަށް ބަހުސްކުރައްވަމުން މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވަނީ ބިލުގެ ނަމަށް އިންޑަސްޓްރިއަލް ރިލޭޝަންސް ކިޔުމުގެ ބަދަލުގައި ދިވެހި ނަމެއް ކިޔުމަށް ހުށައަޅާފަ އެވެ. އާމިރު ވިދާޅުވީ އެ ބިލަށް ދިވެހިބަހުން ވެސް ރީތި ނަމެއް ދެވިދާނެ ކަމަށެވެ. 

އެގޮތުން ބިލަށް އިންޑަސްޓްރިއަލް ރިލޭޝަންސް ބިލުގެ ނަމުގައި މަސައްކަތްތެރިންގެ ޖަމުއިއްޔާ އުފެއްދުމުގެ ބިލަށް ނަން ބަދަލުކުރުމަށް އާމިރު ހުށައެޅުއްވި އެވެ. 

"މިއަދު އިންޑަސްޓްރިއަލް ރިލޭޝަންސް ބިލެއް ހުށައެޅިގެންދާއިރު، އަޅުގަނޑު ހިތަށް މި އަރަނީ މިއަށް އިނގިރޭސި ނަމެއް ކިޔުމުގެ ބަދަލުގައި ދެވަނަ ނަންބަރުގައި ބުނާ މަސައްކަތްތެރިންގެ ޖަމުއިއްޔާ އުފެއްދުމާއި ބެހޭ ބިލު ނުކިޔުނީ ކީއްވެބާއޭ. އެހެންވީމަ އިސްލާހެއްގެ ގޮތުގައި މި މަރުހަލާގައި އެކަން އަޅުގަނޑު ހުށައަޅަން"

ކުޑަހުވަދޫ ދާއިރާގެ މެމްބަރު އާމިރު

އިންޑަސްތެރިއަލް ރިލޭޝަންސް ބިލަށް ބަހުސްކުރި ގިނަ މެމްބަރުން ވަނީ އެ ބިލުގައި ހުރި ކަންކަމަށް ތާއީދުކޮށްފަ އެވެ. މަސައްކަތްތެރިންގެ ހައްގުތަކާއި ވަޒީފާ ދޭ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުމަށް، އެފަދަ ބިލެއް އޮތުން މުހިންމު ކަމަށާއި، އަދި އެ ބިލުގެ މަސައްކަތް އަވަސްކުރުމަކީ މުހިންމު ކަމެއް ކަމަށް މެމްބަރުން ވަނީ ފާހަގަކުރައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.