އިންތިޤާލީ މުައްދަތުގެ ތަރުޖަމާނު ފިރުޒުލް
ހަބަރު
16 Oct 2023 | 12:52
އައިޖީއެމްއެޗުން 5.3 މިލިއަން ޑޮލަރުގެ ދަރަނި ނުދައްކާ އެބަހުރި: ފިރްޒުލް

އައިޖީއެމްއެޗްގެ ދެ ސެންޓަރަކަށް ހިދުމަތް ފޯރުކޮށްދޭ ކުންފުންޏަކަށް ދައްކަން ޖެހޭ 5.3 މިލިއަން ޑޮލަރު އެ ކުންފުންޏަށްް ނުދައްކާ އެބަ އޮތް ކަމަށާއި ސަރުކާރުން މި އަހަރު އެ ހޮސްޕިޓަލަށް ކަނޑައަޅާފައިވާ ބަޖެޓްގެ ތެރެއިން މަސައްކަތްތައް ކުރުމަށް ފައިސާއެއް ނެތް ކަމަށް ކަމުގައި އިންތިހާބީ ރައީސްގެ އޮފީހުން ހާމަކޮށްފިއެވެ. 

މިއަދު އިންތިހާބީ ރައީސްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިގާލީ މުއްދަތުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ އައިޖީއެމްއެޗް ތެރޭގައިި ގާއިމްކޮށްފައިވަ ހާއްސަ ފަރުވާދޭ ބައެއް ސެންޓަރުތަކަށް ބައެއް ފަހަރު ބޭރުގެ އެކި ހޮސްޕިޓަލްތަކުންނާއި ކުންފުނިތަކުން ހިދުމަތް ފޯރުކޮށްދެމުން ގެންދާ ކަމަށެވެ.

އޭގެ ތެރޭގައި ހިތުގެ ބަލީގެ ސެންޓަރާއި ނާރުގެ ސެންޓަރާއި ގުޅޭގޮތުން ފާހަގަކުރެވިފައިވާ ކަމަކީ އެ ދެ ސެންޓަރަށް ހިދުމަތް ފޯރުކޮށްދެމުންދާ ކުންފުންޏަށް ބިލްގެ ގޮތުގައި ނުދައްކާ 5.3 މިލިއަން ޑޮލަރު ހުރި ކަން ކަމުގައި ވިދާޅުވެ ފިރުޒުލް ވަނީ، އޭގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އެ ކުންފުނިތަކުން ސެންޓަރުތައް ފޯރުކޮށްދެމުންދާ އެކި އެކި ސާމާނުތަކާއި ގުޅޭ ބިލްތައް ކަމުގައި ވިދާޅުވެފައެވެ.

މިގޮތުން ހިތުގެ ފަރުވާއަށް ބޭނުންވާ ސްޓަންޓް، ބެލޫން، އެންޖީއޯ ގްރާމް ހެދުމަށް ބޭނުންކުރާ އެކި ކަހަލަ ސާމާނު ހިމެނެ އިރު މި ބިލްތައް ނުދައް ހުރުމުގެ ސަބަބުން ސެންޓަރުތަކުގެ ހިދުމަތް ހުއްޓުމަކަށް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އިންތިހާބީ މުއްދަތުގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ. 

އައިޖީއެމްއެޗްއަށް މި އަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ ބަޖެޓްގެ ތެރެއިން އަހަރުގެ ބާކީ އޮތް މުއްދަތަށް ފައިސާ ހަމަޖެހިފައިވަނީ މުވައްޒަފުންގެ މުސާރައަށް ބޭނުންވާ މިންވަރަށް އެކަނި އެހެނިކަން ކަންކަން، މިސާލަކަށް ތަނުގެ މަރާމާތާއި މެޝިނަރީގެ މަރާމާތާއި ގުޅޭ ވަރަށް ގިނަ ކަންކަން ވެސް ބަޖެޓްގައި ފައިސާ ނެތުމުގެ ސަބަބުން ހުއްޓުމަކަށް އައިސްފައިވާކަން ފާހަގަކޮށްފައިވޭ. މިއީ ވަރަށް ކަންބޮޑުވާ ކަމެއް.

ފިރުޒުލް

މީގެ އިތުރުންވެސް ފިރުޒުލް ވިދާޅުވީ، ހެލްތް މިިނިސްޓްރީގެ ތެރެއިން ހޮސްޕިޓަލްގައި ހިދުމަތްތައް ފޯރުކޮށްދިނުމާއި ގުޅޭގޮތުން ސާވިސް ޗާޓަރެއް ކަނޑައެޅިފައި އޮންނަ ކަމަށެވެ. އެ ސާވިސް ޗާޓަރުގެ ތެރެއިން ހާސިލް ކުރަން ބޭނުންވާ ކަމެއްގެ ގޮތުގައި އެ ބޭފުޅުން ކަނޑައަޅާފައި އޮންނަނީ ހިދުމަތުގެ ފެންވަރު ވަކި މިންގަނޑެއްގައި ހިފަހައްޓައިގެން ގެންދިއުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއްހަމައަކުން އެއް އުސޫލަކުން ހިދުމަތްތައް ފޯރުކޮށްދެމުން ގެންދިއުން ކަމަށް ފިރުޒުލް ފާހަގަކުރެއްވިއެވެ.

އެހެން ނަމަވެސް މި މޮޑެލް ބޭނުން ކުރުމުގެ ތެރޭގައި ހެލްތް މިނިސްޓްރީގެ ދައުރު ހޮސްޕިޓަލުތައް ހިންގުމުގައި ނުހިމެނުމުގެ ނަތީޖާއެއްގެ ގޮތުން އެތަންތަން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރުގައި ވަރަށް ބޮޑެތި މައްސަލަތައް ކުރިމަތި ވެފައިވާ ކަމަށާއި އެތަންތަނުން އެއް ހަމައަކުން ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކުގައި ބޮޑެތި ފަރަގުތަކެއް ހުރިކަމުގައިވެސް ފިރުޒުލް ވަނީ ވިދާޅުވެފައެވެ. 

މި ހިދުމަތްތައް މި ގޮތަށް ބައްޓަންވުމުގެ ސަބަބުން ގާނޫނީ ގޮތުން މައްސަލަތަކެއް ކުރިމަތިވަމުންދާކަމަށް ވިދާޅުވިއެވެ. ރާއްޖޭގެ ސިއްހީ ގާނޫނު ބުނާގޮތުން ހޮސްޕިޓަލުތަކުން ފޯރުކޮށްދޭ ހިދުމަތްތަކަށް ޖަވާބުދާރީ ވާންޖެހޭ ފަރާތަކީ ހެލްތް މިނިސްޓަރު ކަމަށާއި ނަމަވެސް ހެލްތް މިނިސްޓްރީގެ ބޭރުން ހޮސްޕިޓަލްތަކުގެ މަސައްކަތްތައް ކުރިއަށްދާތީ ޖަބާވު ދާރީވުމަށް ދަތިތަކެއް ކުރިމަތިވަމުންދާނެ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.