އިޒްރާއިލްގެ ހަމަލާގައި ޝަހީދުވި ހަދީލް. ފޮޓޯ: ޤުދުސް ނެޓްވޯކް
ހަބަރު
16 Oct 2023 | 20:30
ހަދީލް ޝަހީދުވީ ކައިވެނި ކުރަން އޮތް ދުވަހު

އިޒްރާއިލް އިން ޣައްޒާއަށް ދެމުންދާ ހަނގުރާމައިގައި މިއަދު ކައިވެނި ކުރަން ހަމަޖެހިފައިވާ ޣައްޒާގެ އަންހެނެއް ކަމުގައިވާ ހަދީލް ޝަހީދުވެއްޖެއެވެ.

އިޒްރާއިލްގެ ޔަހޫދީން ދިން ހަމަލާގައި ހަދީލް ޝަހީދުވެފައިވާއިރު ހަދީލްގެ އާއިލާގެ ގިނަ ބަޔަކު ވެސް ވަނީ ޝަހީދުވެފައެވެ.

މިމަހުގެ ހަތްވަނަ ދުވަހުން ފެށިގެން މެދުކެނޑުމެއް ނެތި އިޒްރާއިލްގެ ޔަހޫދީން ދެމުންދާ ހަމަލާތަކުގެ  ސަބަބުން ޣައްޒާގައި 2750 މީހުން ޝަހީދުވެ 9700 މީހުން ޒަޚަމްވެފައިވެއެވެ.

ޣައްޒާގެ އިތުރުން ހުޅަނގު އައްސޭރީގެ ސަރަހައްދުތަކަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން 58 މީހަކު ޝަހީދުވެ 1250 މީހަކު ވަނީ ޒަޚަމްވެފައެވެ.

އިޒްރާއިލްގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ގިނަ ޢަދަދެއްގެ ކުޑަކުދިން ވަނީ ޝަހީދުވެފައެވެ. ގިނަ ކުޑަކުދިން ތަކެއް ވަނީ ޔަތީމުވެފައެވެ.

އިޒްރާއިލްގެ ޔަހޫދީން ހިންގަމުންގެންދާ ލާއިންސާނީ ޖަރީމާތަކުގެ ތެރެއިން ރޭ އިޒްރާއިލުގެ ޔަހޫދީން ވަނީ އެބައިމީހުންގެ ހަމަލާތަކެއްގައި ޒަޚަމްވި ބަޔަކަށް އަވަސްފަރުވާ ފޯރުކޮށްދިނުމަށް ދަތުރުކުރި  ސިވިލް ޑިފެންސް ކުރޫ އަކަށް ސީދާ އަމާޒުކޮށް ހަމަލާތަކެއް ދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.