އިޒްރާއިލުން ދީފައިވާ ހަމަލާތަކުގައި ހަލަކުވެފައިވާ ޢިމާރާތްތައް. ފޮޓޯ: ޤުދުސް ނެޓްވޯކް
ހަބަރު
17 Oct 2023 | 10:48
ފަލަސްޠީން އިޒްރާއިލް ހަނގުރާމަ: ހަމަލާތަކުގެ ސަބަބުން ޣައްޒާގެ 18 ސްކޫލެއް ސުންނާފަތިވެފައިވޭ

އިޒްރާއިލްގެ ހައްދުފަހަނަ އެޅި ޔަހޫދީން ފަލަސްޠީނުގެ ރައްޔިތުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ 18 ސްކޫލެއް ބޭނުން ނުކުރެވޭ ވަރަށް ސުންނާފަތިވެފައިވާކަމަށް ފަލަސްޠީނުގެ ދައުލަތުގެ މީޑިއާއިން ބުނެފިއެވެ.

އިޒްރާއިލްގެ ހަމަލާތަކުގެ ސަބަބުން 18 ސްކޫލެއް ސުންނާފަތިވެފައިވާއިރު 150 ސްކޫލަކަށް އެކިވަރުގެ ގެއްލުން ލިބި މަރާމާތައް ވަނީ ބޭނުންވެފައެވެ.

އިޒްރާއިލްގެ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން މިހާތަނަށް ޝަހީދުވި މީހުންގެ ތެރޭގައި 127 މުދައްރިސެއްވެސް ހިމެނޭ ކަމަށް ފަލަސްޠީނުގެ ދައުލަތުގެ މީޑިއާއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ހަމަލާތަކުގެ ސަބަބުން އަނިޔާލިބޭ މީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތުގައި ދުވާލާއި ރޭގަނޑު އެއްކޮށްލައިގެން މަސައްކަތްކުރަމުން އަންނަ މެޑިކަލް އޮފިސަރުންގެ ތެރެއިން 37 މީހަކު އިޒްރާއިލްގެ ލާއިންސާނީ ހަމަލާތަކުގައި ޝަހީދުވެފައިވެއެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް އިޒްރާއިލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން އެތައް ބަޔަކު ޝަހީދު ވެފައިވާ އިރު އޭގެ ތެރެއިން 64 ޕަސެންޓް ޚިއްސާ ކުރަނީ ކުޑަކުދިންނާއި އަންހެނުން ކަމަށްވެސް ފަލަސްޠީނުގެ ދައުލަތުގެ މީޑިއާއި އިން ވަނީ ބުނެފައެވެ.

މީގެއިތުރުން ޣައްޒާގެ ހާލަތު ކަވަރުކުރަމުންދިޔަ ނޫސްވެރިންގެ ތެރެއިން 11 ނޫސްވެރިޔަކުވެސް އިޒްރާއިލްގެ ހަމަލާތަކުގެ ސަބަބުން ޝަހީދުވެފައިވެއެވެ.

ފަލަސްޠީންގެ ޣައްޒާގައި ޝަހީދުވާ މީހުންގެ ޢަދަދު ގިނަވެ މޯޗަރީތައް ފުރި ބާރުވެގެން އައިސްކްރީމް ޓްރަކްތައް ޝަހީދުވެފައިވާ މީހުންގެ ހަށިތައް ބެހެއްޓުމަށް މިހާރު ދަނީ ބޭނުންކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.