ޚާން ޔޫނިސްއަށް ރޭ ދިން ހަމަލާތަކުގައި ޢިމާރާތްތައް ހަލާކުވެފައި. ފޮޓޯ: ޤުދުސް ނެޓްވޯކް
ހަބަރު
17 Oct 2023 | 13:09
ފަލަސްޠީން އިޒްރާއިލް ހަނގުރާމަ: ޚާންޔޫނިސްއަށް ބާރުގަދަ ހަމަލާތަކެއްދީ، އެތައް ބަޔަކު ޝަހީދު ކޮށްލައިފި

ފަލަސްޠީނުގެ ރައްޔިތުންނަށް އަމާޒުކޮށް އިޒްރާއިލްގެ ހައްދުފަހަނައެޅި ޔަހޫދީން ދެމުންދާ ހަމަލާ ތަކުގެ ތެރެއިން ރޭ އިޒްރާއިލުން ޚާން ޔޫނިސް އަށް ބާރުގަދަ ހަމަލާތަކެއް ދީފިއެވެ.

ރޭ އިޒްރާއިލުން ދިން މިހަމަލާތަކިގެ ސަބަބުން ޚާންޔޫނިސްގެ މީހުން ދިރިއުޅޭ ރެޒިޑެންޝަލް ކޮމްޕްލެކްސް އަކަށް އަމާޒުކޮށް ދިން މިހަމަލާގެ ސަބަބުން އެތަން ވަނީ އެއްކޮށް ހަލާކުވެފައެވެ. މި ހަމަލާގެ ސަބަބުން ގިނަ ބަޔަކު ޝަހީދު ވެފައިވާއިރު އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ. އެކި ވަރުގެ ޒަޚަމްތައް ލިބިފައިވާ މީހުންގެ ޢަދަދު ގިނަ އިރު ޒަޚަމްވީ މީހުންގެ ޢަދަދު ލަފާކުރަންވެސް އަދި ވަނީ ނޭގިފައެވެ.

ޚާންޔޫނިސްގެ އިތުރުން ރޭ ވަނީ ރަފާހް އަށްވެސް ރޮކެޓް ހަމަލާތަކެއް ދީފައެވެ. މިހަމަލާތައްވެސް ދީފައިވަނީ ޢާންމުން ދިރިއުޅޭ ގެތަކަށެވެ.

ފަލަސްޠީނުގެ އެތައްމިތަނަށް ވައިގެ މަގުންނާއި، ކަނޑުގެ މަގުން އަދި ފަލަސްޠީނުގެ ބިމުގައި ތިބެގެންވެސް އިޒްރާއިލްގެ ޔަހޫދީން ދަނި ނުރައްކާތެރި އެތައް ހަމަލާތަކެއް ދެމުންނެވެ. މިހަމަލާ ތަކުގެ ނަތީޖާއަކަށް ވެފައިވަނީ ޒަޚަމްވެފައިވާ މީހުން ގިނަވެ ހޮސްޕިޓަލްތައް ފުރުމެވެ. ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ އަލް ޝިފާ ހޮސްޕިޓަލްގައި މިހާރު ފަރުވާ ދެމުންދާ މީހުންގެ ޢަދަދު އެތަނުގައި އެންމެ ގިނަވެގެން ފަރުވާ ދެވޭނެ ކަމަށް ކަނޑައަޅާއިފައިވާ ޢަދަދަށްވުރެ ގިނައެވެ.

ރަފާހް ގެ ހޮސްޕިޓަލްވެސް ވަނީ ޒަޚަމްވެފައިވާ ކުޑަކުދިންނާއި މީހުންނުން ފުރިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.