އެސްޓީއޯ ގްރޫޕްގެ ފަރާތުން ޣައްޒާ ފަންޑަށް އެއް މިލިއަން ރުފިޔާ ހަދިޔާ ކުރުން
ހަބަރު
17 Oct 2023 | 20:50
ޣައްޒާ ފަންޑަށް އެސްޓީއޯ ގްރޫޕުން އެއް މިލިއަން ރުފިޔާގެ އެހީއެއް

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން ފަލަސްތީނުގެ އާންމު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ރާއްޖޭގައި ކުރިއަށް ގެންދާ ޓެލެތޯންއަށް އެސްޓީއޯގެ ފަރާތުން އެއް މިލިއަން ރުފިޔާ ހަދިޔާ ކޮށްފިއެވެ. 

ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ އެ މުސްލިމު އަޚުންނާއި އުޚުތުންނަށް އެހީތެރިވުމަށް އިންޓަނޭޝަނަލް އެއިޑް ކެންޕެއިން އިން "ޣައްޒާ އެމެޖެންސީ ރިލީފް ފަންޑް" ގެ ނަމުގައި މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު ފަންޑެއް ހުޅުވާލާފައިވާއިރު އެ ފަންޑަށް ގިނަ އަދަދެއްގެ ފަރާތްތަކުން އަންނަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. 

މި ފައިސާ ހަދިޔާ ކުރިިކަން ހާމަކޮށް އެސްޓީއޯ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭ އިސްލާމްވީ ދުވަސް މި ފަހަރު ދިމާވެފައި މިވަނީ  ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިސްރާއީލުން ލާއިންސާނީ އުދުވާނެއް ހިނގަމުންދާ ދަނޑިވަޅުކާއި ކަމުގައެވެ. 

އެހެންކަމުން ރާއްޖޭގެ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، ދިވެހި ރައްޔިތުންގެ މި ހަރަކާތުގައި އެސްޓީއޯ ގްރޫޕްގައި ހިމެނޭ، އެސްޓީއޯ، މިފްކޯ، އެލައިޑް އިންޝުއަރެންސް، އެފްއެސްއެމް، މޯލްޑިވްސް ގޭސް އަދި އެމްއެމްއެސް އިން ރައްޔިތުންނާއި އެކުގައި ތިބިކަމުގެ ޔަގީންކަން އަރުވާކަމުގައި އެ ބަޔާނުގައި ވެއެވެ. 

އެގޮތުން "އަހަރުމެން ފަލަސްތީނާއެކު" ޓެލެތޯންއަށް އެ ކުންފުނިތަކުގެ މުވައްޒަފުންނާއި ހިއްސާދާރުންގެ ނަމުގައި އެއް މިލިޔަން ރުފިޔާ މިހާރު ހަވާލުކުރެވިފައިވާކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ