ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ . (ފޮޓޯ/ މަޖިލީސް)
ހަބަރު
18 Oct 2023 | 09:58
"ދައުލަތުން ރައްޔިތުންނަށް ދޭންޖެހޭ ފައިސާ ނުދިނީމާ ދައުލަތްވެސް ޖޫރިމަނާ ކުރާ ގާނޫނެއް ހަދަންޖެހޭ"

ދައުލަތުން ރައްޔިތުން ލައްވާ މަސައްކަތް ކުރުވާފައި، އެ ފައިސާ ނުދިނުމުން، ދައުލަތް ޖޫރިމަނާ ވާގޮތަށް ގާނޫނެއް ހެދުމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ގޮވާލައްވައިފިއެވެ. 

އާމިރު މިފަދައިން ގޮވާލެއްވީ، މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ، ފެނަކައިން ކުދި ވިޔަފާރިތަކާއި ކުންފުނިތަކަށް ދޭންޖެހޭ ފައިސާދިނުން އަވަސްކުރުމަށާއި ފެނަކައިގެ މެނޭޖްމަންޓް އަދި ފައިނޭންޝަލް އޮޑިޓެއް ހެދުމަށާއި ދަރަނިތައް އަދާކުރާނެގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ގޮވާލައި ހުށަހަޅާ ޤަރާރަށް ބަހުސް ކުރައްވަމުންނެވެ. 

އެގޮތުން އާމިރު ވިދާޅުވީ، އެކިއެކި ބޭނުމަށް ފެނަކައަށް ވަޑައިގަންނަވާއިރު، ފެނަކައިން ފައިސާ ދޭންޖެހޭ ފަރާތްތައް އެ ފައިސާ ނުދީގެން އެތަނުގެ ކައުންޓަރު ކުރިމަތީގައި ތިބޭތަން ފެންނަމުންދާ ކަމަށެވެ.

އަދި އައު ސަރުކާރެއް ފެށެން އުޅޭ އިރު އެކަންކަމަކީ ބަލަންޖެހޭ ކަންކަމަށް ވާއިރު، ފެނަކައަކީ ނަގައި ކޮޅަށް ޖަހަންޖެހޭ ކުންފުންޏެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެނީ އެއީ އަސާސީ ޚިދުމަތެއް ފޯރުކޮށްދެމުންދާ ތަނެއް ކަމަށާ، އެހެންކަމުން އެތަން ރަނގަޅަށް އޮތުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމަށް އާމިރު ވިދާޅުވި އެވެ. 

އެހެންވީމާ އަޅުގަނޑު ދަންނަވާނީ ކޮންމެ ތަނަކުން ލޯނު ނަގައިގެން ވިޔަސް، އަދި ދައުލަތުގެ އެހެން ތަނަކުން ފައިސާ ފޯރުކޮށްދީގެން ނަމަވެސް އެންމެ ފުރަތަމަ ކުރަންވީ ކަމަކީ އެތަނުން(ފެނަކައިން) އާއްމު ފަރާތްތަކަށް ދޭންޖެހޭ ފައިސާތައް ދިނުން. ގާތްގަނޑަކަށް ދެތިން ހަތަރު މިލިއަން ރުފިޔާ އިންވެސްޓް ކޮށްގެން އުޅޭ ފަރާތްތަކަށް ދޭންޖެހޭ ފައިސާގެ ގޮތުގައި މިލިއަނުން މިލިއަނުން ފައިސާ ދޭންޖެހިފައި އޮތީމާ، އެ ވިޔަފާރި ކިހިނެއްތޯ ގެންދާނީ. 

އަހުމަދު އާމިރު

މިއާއެކު އާމިރު ވިދާޅުވީ ފެނަކައިން ދަރާފައިވާ ކުދި ވިޔަފާރިތަކުން، އެމީހުންގެ ފައިސާ ނުލިބިގެން އެކަމުގެ ޝަކުވާތައް ކުރަމުން އަންނަ ކަމަށާ އެހެން ކަމުން އެ މައްސަލަ ހައްލު ކުރަންޖެހޭ ކަމަށެވެ. 

އެހެންވީމާ އަޅުގަނޑުމެންނަށް ގާނޫނަކުން ލާޒިމް ކުރަން އެބަޖެހޭ، ދައުލަތުން ދޭންޖެހޭ ފައިސާ ނުދިނީމާ ދައުލަތްވެސް ޖޫރިމަނާ ކުރެވެން ޖެހޭނެ ކަމަށް. ހަމައެކަނި އަމިއްލަ ފަރާތްތަކުންނެއް ނޫން ދައުލަތުން ޖޫރިމަނާ ކުރަންޖެހޭނީ. ދައުލަތުގެ މަސައްކަތެއް ކޮށްފައި، އޭގެ ބިލު ހުށަހެޅީމާ، ދައުލަތުން ފައިސާ ނުދެއްކީމާ ދައުލަތްވެސް ޖޫރިމަނާ ކުރަންޖެހޭ. އެއީ، މަތިން ބާއްވާލައްވާފައި އޮތް ތަނެއް ނޫން. 

އަހުމަދު އާމިރު

އާމިރު ވިދާޅުވީ، އިންސާފުވެރިކޮށް ކަންކަން ކުރާނަމަ ދައުލަތްވެސް ޖޫރިމަނާ ކުރެވެންޖެހޭނެ ކަމަށެވެ. 

ކޮމެންޓް
ކަހުރަބު
ޝާބިތު ދަރަންޏަކަށް ފައިސާ ދައްކަމުން ދަނިކޮށް ކޯޓުން އެބަ ހުކުމްކުރޭ އޭނާގެ މުޅި އާމްދަނީ އެއްކޮށް ކޯޓަށް ދެއްކުމަށް…. ޢާއްމު ދެރަ ނިކަމެއްޗެއް ވީމާ ހަދާލަނީ ބޭނުންގޮތެއް
18 Oct 2023
ގުޅޭ ލިޔުންތައް
10 Jul 2026
ހަތް އަހަރަށް ފަހު މަރުކަޒުގެ އިމާމުގެ މަގާމުން ޝެއިޚް އިބްރާހިމް ރަޝީދު އިސްތިއުފާ ދެއްވައިފި
ޝެއިޚް ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީއާ ގުޅިވަޑައިގަތީ ތަޢުލީމާއި އުނގަންނައި ދިނުމުގެ ދާއިރާއިން ދިވެހި ޤައުމަށް ޚިދުމަތް ކުރުމަށް ލިބުނު ފުރުސަތެއްގެ ބޭނުން ހިފުމަށް ކަމަށެވެ.
10 Jul 2026
މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓް: ފަސް މީހަކަށް އަނިޔާވި، ދޯނި މަޑުނުކުރި
މި އެކްސިޑެންޓްގައި އަނިޔާ ވެގެން ފަރުވާ ދިނުމަށް ފަސްމީހަކު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އެމީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ބިދޭސީ ފިރިހެނުންނާއި ދިވެހި ފިރިހެނެކެވެ.
09 Jul 2026
ލޯންޗަކާއި ދޯންޏެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް، ތިން މީހަކަަށް އަނިޔާ
އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވި އެވެ. ނަމަވެސް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެ އެވެ. އެ މީހުން ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުންނެވެ.
09 Jul 2026
ޑރ. ފަޒުނާ ނިޔާވުން: ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އަދި މަރްޙޫމާ ޑރ. އާމިނަތު ފަޒްނާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި ލެހެއްޓެވުން އެދި ދުއާ ކުރައްވާފައިވެ އެވެ.
09 Jul 2026
"ޑޮލަރެެއް ނެތް" ނަމުގައި އެމްޑީޕީން ޕެނަލް ޑިސްކަޝަނެއް
ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވާނީ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އީވާ އަބްދުالله އާއި ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އިލްޔާސް ލަބީބެވެ.
09 Jul 2026
ތިނަދޫ "ޖަޒީރާ" ބޯޓް ގިނަ އަދަދެއްގެ މުދަލާއެކު އަޑިއަށް, ބައެއް ތަކެތި އޮޔާ ދަނީ
އެމްއެންޑީއެފުން ވަނީ ބައެއް ތަކެތި އޮޔާ ދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުކަން ދިނުމަށް އިލްތިމާސްކުރަމެވެ.
09 Jul 2026
އޯޓިޒަމް ދެނެގަތުމަށް ހާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރު ނިޔާވެއްޖެ
ޑރ. ފަޒްނާ ނިޔާވީ ކެންސަރު ބަލީގަައި ކަމަށް އެނގިފައިވެ އެވެ. އުމުރުން 47 އަހަރުގެ ޑރ. ފަޒުނާ ހިމެނުނީ އޯޓިޒަމް ދެނެގަތުމަށް ހާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރުގެ ގޮތުގަ އެވެ.
09 Jul 2026
ފަހުން ފައިސާ ދައްާގޮތަށް ފުލުހުންނަށް އެއާ ޓިކެޓް ދޭނޭ ބަޔަކު ހޯދަނީ