އަލް އަހްލީ ހޮސްޕިޓަަލަށް ދިން ހަމަލާއަށްފަހު މީހުން ސަލާމަތްކުރާ މީހުން ހަރަކަތްތެރިވަނީ. ފޮޓޯ: ވޮއިސް މުރާސިލް
ހަބަރު
18 Oct 2023 | 09:55
ފަލަސްޠީން ހޮސްޕިޓަލަކަށް ހަމަލާދީ 900 އެއްހާ މީހުން ޝަހީދު ކޮށްލައިފި

އިޒްރާއިލްގެ ޔަހޫދީން ޣައްޒާގެ މެދެއްހާ ހިސާބުގައި އޮންނަ އަލް ޒައިތޫން ނެއިބަރހުޑްގައި ހުންނަ ހޮސްޕިޓަލަކަށް އަމާޒުކޮށް ހަމަލާއެއްދީ 900 އެއްހާ މީހުން ޝަހީދު ކޮށްލައިފިއެވެ.

މިޙަމަލާ ދީފައިވަނީ އަލް އަހްލީ ޢަރަބް ހޮސްޕިޓަލަށް ކަމަށް ޣައްޒާއިން މަޢުލޫމާތު ދެއްވި "ވޮއިސް"ގެ މުރާސިލް ވިދާޅުވެފައިވެއެވެ.

މުރާސިލް ވިދާޅުވީ އަލް އަހްލީ ހޮސްޕިޓަލަކީ ގިނަ ޢަދަދެއްގެ ބަޔަކު، އެހެން ތަންނަތަނަށްވުރެ ބޮޑަށް ރައްކާތެރިކަން ލިބޭނެ ކަން ޤަބޫލު ކޮއް ވަގުތީ ހިޔަލެއްގެ ގޮތުގައިވެސް ބޭނުންކުރަމުން ދިޔަ ތަނެއް ކަމަށެވެ. އެހޮސްޕިޓަލަކީ ކްރިސްޓިއަނުންގެ ބަޔަކު ފަންޑުކޮށްގެން ހިންގާ ތަނެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިއީ އިޒްރާއިލްގެ ސިފައިން މިހޮސްޕިޓަލަށް ހަމަލާދިން ދެވަނަ ފަހަރެވެ.

އިޒްރާއިލުގެ ޔަހޫދީން ބުނެފައިވަނީ އެބައިމީހުން ބާރުފޯރުވޭ ހުރިހާ ތަނަކަށް ހަމަލާދެވޭނެ ކަމަށެވެ.

އިޒްރާއިލުގެ ޔަހޫދީން ޢާންމުގޮތެއްގައި ވައިގެމަގުން ދޭ ނުރައްކާތެރި ހަމަލާތައް ދެނީ ރޭގަނޑުގެ ވަގުތު މީހުން ޢާއިލާތަކާއި އެކު ހަމަޖެހިލުމަށް މަސައްކަތްކުރާ ވަގުތުތަކުގައެވެ. އަދި ކަރަންޓު ކެނޑި އއަނދިރިކަން ވެރިވެފައިވާ ސަރަހައްދުތަކަށެވެ.

ފަލަސްޠީންގެ ސިއްޚީ ވުޒާރާއިން އިއްޔެ ބުނެފައިވަނީ މިހާތަނަށް 3000 މީހަކު ޝަހީދުވެފައިވާ ކަމަށާއި، އޭގެ ތެރޭގައި 853 ކުޑަކުއްޖަކު ހިމެނޭ ކަމަށާއި، 936 އަންހެނެއް ހިމެނޭކަމަށެވެ.

ޒަޚަމްވިމީހުނގެ ޢަދަދު 12500 އަށް ވަނީ އަރައިގެން  ގޮއްސައެވެ. އޭގެ ތެރޭގައި 2555 ކުޑަކުއްޖަކު ހިމެނޭކަމަށާއި، 1594 އަންހެނެއް ހިމެނޭ ކަމަށް އެމިނިސްޓްރީ އިން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.