ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް/ ފޮޓޯ: މަޖިލިސް
ހަބަރު
18 Oct 2023 | 10:34
ފެނަކައިން، އެސްޓީއޯއަށް ތެލުގެ ފައިސާ ދެއްކި ދުވަހެއްވެސް ނޭނގެ؛ އެސްޓީއޯ ވެސް އެ ބަންގުރޫޓް ވަނީ: އިލްޔާސް

ފެނަކައިން ދަރާފައިވަނީ ހަމައެކަނި ކުދި ކުންފުނި ތަކަށް ނޫން ކަމަށާ، އެކުންފުނިން އެސްޓީއޯއަށްވެސް ތެލުގެ ފައިސާ ދެއްކި ދުވަހެއްވެސް އެނގިނުލައްވާ ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ، ފެނަކައިން ކުދި ވިޔަފާރިތަކާއި ކުންފުނިތަކަށް ދޭންޖެހޭ ފައިސާދިނުން އަވަސްކުރުމަށާއި ފެނަކައިގެ މެނޭޖްމަންޓް އަދި ފައިނޭންޝަލް އޮޑިޓެއް ހެދުމަށާއި ދަރަނިތައް އަދާކުރާނެގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ގޮވާލައި ހުށަހަޅާ ޤަރާރަށް ތާއިދު ކުރައްވާ ބަހުސް ކުރައްވަމުން އިލްޔާސް، އެ ގަރާރުގައި ފެނަކައިގެ ދަރަނީގެ ގޮތުގައި 2.8 ބިލިއަން އޮތް ކަމަށް ބުނެފައި ވީ ނަމަވެސް، މިހާރު އެ އަދަދު 3.5 ބިލިއަން ރުފިޔާއަށްވުރެ ބޮޑު ވެފައިވާނެ ކަމަށެވެ. 

އިލްޔާސް ވިދާޅުވީ ފެނައިން އެސްޓީއޯއަށް ދައްކަންޖެހޭ، ތެޔޮ ބިލާއި ގުޅިގެން އެސްޓީއޯ އިން ބުނާ އަދަދާ ފެނަކައިން ދޭ މައުލޫމާތާ ވެސް ދިމާނުވާ ކަމަށެވެ. އަދި ފެނަކައިގެ ދަރަނީގެ ސަބަބުން ކުދި ވިޔަފާރިތަކުގެ އިތުރުން އެސްޓީއޯ ވެސް ބަނގުރޫޓު ވަމުންދާ ކަމަށް އިލްޔާސް ވިދާޅުވި އެވެ. 

ފެނަކައިގެ ސަބަބުން ކުދި ވިޔަފާރިތައް ބަނގުރޫޓް ވަމުންދާ ދިޔުމުގެ އިތުރަށް އެސްޓީއޯވެސް އެބަ ބަނގުރޫޓް ވޭ. އެސްޓީއޯއިން ތެޔޮ ސަޕްލައިކުރީމާ ތެޔޮ ބިލަށް ފައިސާ ދެއްކި ދުވަހެއްވެސް ނޭނގެ. ލާރި ދެއްކި ދުވަހެއްވެސް ނޭނގެ. 

މެންބަރު އިލްޔާސް ލަބީބު 

އިލްޔާސް ވިދާޅުވީ، ފެނަކައިން އެސްޓީއޯ އަށް ފައިސާ ނުދެއްކި ނަމަވެސް، އެ ކުންފުންޏަށް ގަވާއިދުން ތެޔޮ ސަޕްލައިކޮށްދޭންޖެހޭ ކަަމަށެވެ. އަދި އެކަން ކުރުމަށްޓަކައި އެސްޓީއޯއިން ލޯނު ނެގުމަށް ވެސް ސަރުކާރުން އަންގަމުންދާ ކަމަށްވެސް އިލްޔާސް ތުހުމަތު ކުރެއްވިއެވެ. 

މީގެ އިތުރުން ވެސް އިލްޔާސް ވިދާޅުވީ، އާއްމުގެ ބައެއް ފަރާތްތަކުގެ ކުދި ވިޔަފާރިތަކަށް ފެނަކައިން ދޭންޖެހޭ ފައިސާ ނުދިން ނަމަވެސް، މަޖިލީހުގެ ބައެއް މެންބަރުންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ފެނަކައިން ދޭންޖެހޭ ފައިސާ ގަވާއިދުން ދެމުންދާ ކަމުގެ ޝަކުވާވެސް ލިބެމުންދާ ކަމަށެވެ. އެހެން އެކަން ވުމުން ކުދި ވިޔަފާރިތައް އެއްކޮށް ބަނގުރޫޓު ވެފައިވާ ކަމަށް އިލްޔާސް ވިދާޅުވި އެވެ. 

އެހެންކަމުން، އެ މައްސަލަތައް ބަލައި، ވިޔަފާރިތަކަށް ލިބެންޖެހޭ ފައިސާތައް ލިބޭނެ ގޮތް ހަދައިދޭންޖެހޭ ކަމަށް އިލްޔާސް ވިދާޅުވި އެވެ. 

ކޮމެންޓް
ކުޑަސޮރު
އަމްރު ދިޔައީ އެސްޓީއޯ ދަވާލާފަ ބްރޯ
18 Oct 2023
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.