އަލް އަހްލީ އަށް ދިން ހަމަލާ. ފޮޓޯ: ވޮއިސްގެ މުރާސިލް
ހަބަރު
18 Oct 2023 | 10:44
އަލް އަހްލީއަށް ދިން ހަމަލާއަށް ފަހު އިޒްރާއިލުން ބުނީ "ޓެރަރިސްޓް ބޭސް" އަކަށް ހަމަލާދިން ކަމަށް

ފަލަސްޠީނުގެ 900 އެއްހާ މީހުން ޝަހީދުވި، އަލް އަހްލީ ހޮސްޕިޓަލަށް ދިން ހަމަލާ އަށް ފަހު، އެހަމަލާއަކީ "ޓެރަރިސްޓް ބޭސް" އަކަށް ދިން ހަމަލާއެއްކަމަށް އިޒްރާއިލްގެ ބޮޑު ވަޒީރު ނަތަންޔާހޫގެ ސޯޝަލް މީޑީއާ އެޑްވައިޒަރ ހަނަންޔާ ނަފްތަލް ބުނެފިއެވެ.

އަލް އަހްލީ އަށް ދިން ހަމަލާއަށް ފަހު އޭނާ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އިޒްރާއިލްގެ އެއަރފޯސް އިން ޣައްޒާގެ ހޮސްޕިޓަލެއްގެ ތެރޭގައި ހިންގަމުންދާ "ޓެރަރިސްޓް ބޭސް"އަކަށް ހަމަލާދީފައިވާކަމަށެވެ.

"އެތައް ޓެރަރިސްޓުންނެއް ވަނީ މަރުވެފައި" ހަނަންޔާ ބުނެފައިވެއެވެ.

މި ޓްވީޓުގައި އޭނާ އިތުރަށް ބުނެފައިވަނީ ހަމާސް އިން ހޮސްޕިޓަލް ތަކާއި މިސްކިތްތަކުން ރޮކެޓް ލޯންޗް ކުރަމުންދާ ދިޔުމާއި ޢާންމު ރައްޔިތުން އިންސާނީ ޝީލްޑް ތަކެއްގެ ގޮތުގައި ބޭނުންކުރަމުންދާ ކަމަކީ ހިތާމަހުރި ކަމެއް ކަމަށެވެ.

ހަންނަޔާ މިހެން ބުނެފައިވާއިރު، އަލް އަހްލީ އަށް ދިން ހަމަލާގައި 900 އެއްހާ މީހުން ޝަހީދުވެފައިވާއިރު އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ.

އަދި އަލް އަހްލީ ހޮސްޕިޓަލަކީ ގިނަ ޢަދަދެއްގެ ބަޔަކު، އެހެން ތަންނަތަނަށްވުރެ ބޮޑަށް ރައްކާތެރިކަން ލިބޭނެ ކަން ޤަބޫލު ކޮށް ވަގުތީ ހިޔަލެއްގެ ގޮތުގައި އާއްމު ރައްޔިތުން ބޭނުންކުރަމުން ދިޔަ ތަނެކެވެ. އެހޮސްޕިޓަލަކީ ކްރިސްޓިއަނުންގެ ބަޔަކު ފަންޑުކޮށްގެން ހިންގާ ތަނެއް ކަމަށްވެސް "ވޮއިސް"ގެ މުރާސިލް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.