ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް -- ފޮޓޯ: މަޖިލީސް
ހަބަރު
18 Oct 2023 | 11:33
ފެނަކައިގެ 71.9 މިލިއަން ރުފިޔާގެ ކޮރަޕްޝަން އޭސީސީގައި އެބައޮތް: ހަސަން

ދައުލަތުގެ ޔުޓިލިޓީ ކުންފުނި ފެނަކަ ކޯޕަރޭޝަނަށް ތުހުމަތުކުރެވޭ ގާތްގަނޑަކަށް 72 މިލިއަން ރުފިޔާގެ ކޮރަޕްޝަން މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ހަސަން ލަތީފް މިފަދައިން ވިދާޅުވީ، މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ، ފެނަކައިން ކުދި ވިޔަފާރިތަކާއި ކުންފުނިތަކަށް ދޭންޖެހޭ ފައިސާދިނުން އަވަސްކުރުމަށާއި ފެނަކައިގެ މެނޭޖްމަންޓް އަދި ފައިނޭންޝަލް އޮޑިޓެއް ހެދުމަށާއި ދަރަނިތައް އަދާކުރާނެގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ގޮވާލައި ހުށަހަޅާ ޤަރާރަށް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރައްވަމުންނެވެ. 

ހަސަން ލަތީފް ވިދާޅުވީ ފެނަކައިގެ މައްސަލައަށް ބަލާލާއިރު މައިގަނޑު ތިން ކަމެއް ފާހަގަކޮށްލަންޖެހޭ ކަމަށެވެ. 

އެގޮތުން ފެނަކައިން ކުދި ކުންފުނިތައް ލައްވާ މަސައްކަތް ކުރުވުމަށްފަހު އެ ކުންފުނިތަކަށް ނުދައްކާވާ ފައިސާ، އަވަހަށް ދެއްކޭނެ ގޮތެއް ދައުލަތުގެ މާލިއްޔާއިން ހޯދައިދޭން ޖެހޭ ކަމަށެވެ.

އެހެނީ، ކުންފުނިތަކަށް އެ ލިބެންޖެހޭ ފައިސާ އަކީ އެ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައާއި އެހެނިހެން ކަންކަމަށް ހޭދަކުރަންޖެހޭ ފައިސާއަށް ވާއިރު, ފެނަކައިގެ ސަބަބުން އެ ފައިސާ އެ ހުންނަނީ ދައުލަތުގައި ހިފެހެއްޓިފައި ކަމަށް ހަސަން ފާހަގަކުރެއްވި އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ކުންފުނިތަކާއި އެ ކުންފުނިތަކުގެ މުވައްޒަފުންނަށް ލިބޭ ނިކަމެތި ކަމަކީ ވިސްނާލަންޖެހޭ ކަންކަން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ދެވަނަ ކަމަށް ހަސަން ފާހަގަކުރެއްވީ ފެނަކައިގެ ކޮރަޕްޝަންގެ ވާހަކައެވެ. އެގޮތުން ވިދާޅުވީ، ފެނަކައަށް ނިސްބަތްވާ 71.9 މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ ތަފާތު 31 މައްސަލަ އޭސީސީގައި އެބައޮތް ކަމަށެވެ.

މިހާރުވެސް، 71.9 ގާތްގަނޑަކަށް 72 މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ 31 މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަންގައި އެބައޮތް. މި މައްސަލަތަކަކީ ބެލެންޖެހޭނެ މައްސަލަތައް. އެ މައްސަލަތައް ނުބެލޭ ކަމަށް ވަންޏާ އަނެއްކާވެސް އެ ކަންކަން ކުރާ ފަރާތްތަކަށް، ކޮރަޕްޝަންގެ އެ އަމަލުތައް ހިންގާ ފަރާތްތަކަށް އެ ލިބެނީ ހިތްވަރެއް. އެއީ މިސަރުކާރުގެ ފެނަކަ ހިންގަން ތިބި ބޭފުޅުންނަށް އެކަންޏެއް ނޫން، ދެން އަންނަ ސަރުކާރަކަށްވެސް އެ ލިބެނީ ހިތްވަރެއް." 

މެންބަރު ހަސަން ލަތީފް

ހަސަން ވިދާޅުވީ އެ ކޮރަޕްޝަންގެ މައްސަލަތައް ހުށަހަޅާފައިވަނީ ފެނަކައިގެ މުވައްޒަފުން ކަމަށްވެސް އޭނާ އަށް މައުލޫމާތު ލިބިލައްވާފައިވާ ކަމަށެވެ. 

ތިންވަނަ ކަމަކަށް ފެނަކައިގެ ދަރަނީގެ ވާހަކައަށް އަލިއަޅުވާ ލައްވައި ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ، އެ ދަރަނީގެ އޮޑިޓެއް ހެދުމަކީ ކޮންމެހެންވެސް ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ. 

އަދި ފެނަކައިން ކުދި ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ، ދައުލަތުގެ މާލިއްޔާއިން އަވަހަށް ހޯދޭނެގޮތް ހަމަޖައްސައިދޭންޖެހޭ ކަމަށްވެސް ހަސަން ވިދާޅުވި އެވެ. 

"އެ ކުންފުނިތައް ބަނގުރޫޓްވީމާ އޭގެ މާނައަކީ، އެތައް ބައިބަރު ކުންފުނިތަކެއް ރާއްޖޭގައި ހުރި އެކި ރަށްރަށުގައި ހުރި ކުދި ކުދި ކުންފުނިތައް ބަނގުރޫޓްވީމާ އަޅުގަނޑުމެން ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިސްއަށް އިސްކަން ދެނިއްޔާ [ކިޔައިގެން] މި ދައްކާ އެއްވެސް ވާހަކައެއް ދެކޮޅެއް ނުޖެހޭ. އެ ކުންފުނިތަކަކީ ހަގީގަތުގައި މައިބަދަ. މުޅި އިގްތިސޯދުކުންފުނިތައް ބަނގުރޫޓްވާން ދޫކޮށްލުމުން އިގްތިސޯދު ކުރިއެރުވޭނެ ގޮތެއް ނުހޯދޭނެ" 

މެންބަރު ހަސަން ލަތީފް 

އޭނާ ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ ގާނޫނެއްގެ ތެރެއިން ހިނގާ ކުންފުނިތަކަކަށް ވެސް ވާނެ ޖެހޭ ކަމަށެވެ. ހަމަ އެހެންމެ ކުންފުނިތައް ހިނގާފައި ހުރި ގޮތް ބަލަން މަޖިލީހުން ބާރަށް މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Jul 2026
ލޯންޗަކާއި ދޯންޏެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް، ތިން މީހަކަަށް އަނިޔާ
އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވި އެވެ. ނަމަވެސް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެ އެވެ. އެ މީހުން ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުންނެވެ.
09 Jul 2026
ޑރ. ފަޒުނާ ނިޔާވުން: ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އަދި މަރްޙޫމާ ޑރ. އާމިނަތު ފަޒްނާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި ލެހެއްޓެވުން އެދި ދުއާ ކުރައްވާފައިވެ އެވެ.
09 Jul 2026
"ޑޮލަރެެއް ނެތް" ނަމުގައި އެމްޑީޕީން ޕެނަލް ޑިސްކަޝަނެއް
ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވާނީ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އީވާ އަބްދުالله އާއި ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އިލްޔާސް ލަބީބެވެ.
09 Jul 2026
ތިނަދޫ "ޖަޒީރާ" ބޯޓް ގިނަ އަދަދެއްގެ މުދަލާއެކު އަޑިއަށް, ބައެއް ތަކެތި އޮޔާ ދަނީ
އެމްއެންޑީއެފުން ވަނީ ބައެއް ތަކެތި އޮޔާ ދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުކަން ދިނުމަށް އިލްތިމާސްކުރަމެވެ.
09 Jul 2026
އޯޓިޒަމް ދެނެގަތުމަށް ހާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރު ނިޔާވެއްޖެ
ޑރ. ފަޒްނާ ނިޔާވީ ކެންސަރު ބަލީގަައި ކަމަށް އެނގިފައިވެ އެވެ. އުމުރުން 47 އަހަރުގެ ޑރ. ފަޒުނާ ހިމެނުނީ އޯޓިޒަމް ދެނެގަތުމަށް ހާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރުގެ ގޮތުގަ އެވެ.
09 Jul 2026
ފަހުން ފައިސާ ދައްާގޮތަށް ފުލުހުންނަށް އެއާ ޓިކެޓް ދޭނޭ ބަޔަކު ހޯދަނީ
09 Jul 2026
ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި
އަތުލައިގަތް ތަކެތީގެ ތެރޭގައި ހިމެނެނީ، ސިންތެޓިކް ކެތިނޯން އެވެ
09 Jul 2026
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސްދެއްވާ ހާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަނީ
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މިއަހަރުވެސް ދެއްވުމަށް ހަމަޖެހިފައިވަނީ، ހަތަރު ގިންތިއަކުންނެވެ