އަލް އަހްލީ ހޮސްޕިޓަލަށް ދިން ހަމަލާއަށް ފަހު ޑޮކްޓަރުން ޕްރެސް އެއް ބާއްވަނީ. ފޮޓޯ:ޓްވިޓަރ
ހަބަރު
18 Oct 2023 | 14:31
ފަލަސްޠީން އިޒްރާއިލް ހަނގުރާމަ: އަލްއަހްލީގެ ހަމަލާއަށްފަހު ޑޮކްޓަރުންގެ ޕްރެސް ޝަހީދުންގެ ހަށިތަކާއި އެކު

ފަލަސްޠީނުގެ ޢާންމުންނަށް އިޒްރާއިލުން ދެމުންދާ ހަމަލާތަކުގެ ތެރެއިން ރޭ ޣައްޒާގެ އަލްއަހްލީ ހޮސްޕިޓަލަށް ދިން ހަމަލާއަށްފަހު އެހޮސްޕިޓަލްގެ ޑޮކްޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ޝަހީދުވީ މީހުންގެ ހަށިތަކާއި އެކު ބާއްވައިފިއެވެ.

މިނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދެއްކެވި ޑޮކްޓަރ ވިދާޅުވީ އެތަނުން އެފެނިގެން ދިޔަ މަންޒަރުތަކަކީ ދުނިޔޭގެ އެއްވެސް ޤައުމަކުން އެއްވެސް ފިލްމަކުން އަދި ކިއެއްތަ ޚިޔާލަށްވެސް ނުފެންނާނެ ފަދަ މަންޒަރެއް ކަމަށެވެ.  އަދި އިންސާނިއްޔަތާއި ޚިލާފަށް ހިންގޭ މިޖަރީމަތަކަކީ އޭގެ އަނިޔާވެރިކަމުގެ އެންމެ މަތީ ދަރަޖައިގައި ހިމެނިގެން ދާނެ ފަދަ ކަންކަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

" އެމީހުން އިޒްރާއިލްގެ ކުޑަކުދިންގެ ބޯ ތައް ކަނޑާލިޔޭ ބުނެ ދޮގުހެދި ،މިއަދު އަހަރެމެން މި ދައްކަނީ އަހަރެމެންގެ ކުދިންގެ ބޯތައް ކަނޑައި، ކުދިންގެ ބަނޑުތައް ފަޅައިފައި ހުރި މަންޒަރު، މިކުދިންގެ ޢާއިލާއަކީ ކޮބައިކަންވެސް ވަކިނުވޭ، މިޖަރީމާތައް ދުނިޔެއަކަށް ނުފެނޭ" ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދެއްކެވި ޑޮކްޓަރ ވިދާޅުވިއެވެ.

ޑޮކްޓަރ މުޅި ދުނިޔެއަށް ގޮވައި ލެއްވީ މިމައްސަލައިގައި އަވަސް ފިޔަވަޅު ތަކެއް އަޅައިދެއްވުމަށެެވެ. 

"ބަސްނުބުނެ ތިބޭ ތިބުމުން އިސްރާއިލްގެ ޖަރީމާތައް ވަނީ އިތުރު" ޑޮކްޓަރ ވިދާޅުވިއެވެ.

އަލް އަހްލީ ހޮސްޕިޓަލަށް އިޒްރާއިލުން ރޭ ދިން ހަމަލާގައި 900 އެއްހާ މީހުން ވަނީ ޝަހީދުވެފައެވެ. އަލްއަހްލީ ހޮސްޕިޓަލަކީ ޣައްޒާގެ އެންމެ ދުވަސްވީ ހޮސްޕިޓަލެވެ. އެހޮސްޕިޓަލް ރެޔާއި ހަމައަށް ބޭނުން ކުރެވެމުންދިޔައީ ހަމައެކަނި ޒަޚަމްވަމުން ދިޔަ މީހުންނަށް ފަރުވާ ދިނުމަށް އެކަންޏެއްނޫނެވެ.

ރެއާއި ހަމައަށް އަލްއަހްލީ ހޮސްޕިޓަލްގައި އެތައް ބަޔަކު ވަގުތީ ހިޔާ ހޯދަމުން ގޮސްފައިވެއެވެ. އަލްއަހްލީ އަށް ދިން ހަމަލާއަށްފަހު ނަތަންޔާހޫގެ ސޯޝަލް މީޑިއާ އެޑްވައިޒަރު ބުނެފައިވަނީ ޓެރަރިސްޓް ބޭސް އަކަށް ހަމަލާދިން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.