ބައިޑަން އާއި ނަތަންޔާހޫ ބައްދަލުކުރަނީ —— ފޮޓޯ/އަލްޖަޒީރާ
ހަބަރު
18 Oct 2023 | 15:38
އިސްރާއީލްގެ ގަތުލު ޢާއްމަށް ހިތްވަރު ދިނުމަށް، ބައިޑަން، ފަލަސްޠީން އަތުން ފޭރިގެންފައިވާ ބިމަށް!

ހައްދުފަހަނައަޅާފައިވާ އިސްރާއީލްގެ ސިފައިން، ފަލަސްޠީނުގައި ހިންގަމުންދާ ލާ އިންސާނީ ޖަރީމާތަކަށް ހިތްވަރުދީ، އިސްރާއީލްއަށް ތާއީދު ކުރާކަން ހާމަކުރުމަށް، އެމެރިކާގެ ރައީސް ޖޯއީ ބައިޑެން، ފަލަސްޠީނުގެ އަތުން ގަދަކަމުން ފޭރިގެން ޔަހޫދީން ދިރިއުޅެމުންދާ ބިމަށް އަތުވެއްޖެއެވެ.  

ފަލަސްޠީނުގެ އަތުން ފޭރިގަން ޔަހޫދީން ވަޒަންވެރިގެން ތިބި ބިމަށް މިއަދުގެ ވަގުތެއްގައި ބައިޑެން ގޮސްފައިވަނީ ވަރުގަދަ ސެކިޔުރިޓީ އާއި އެކުގައި ކަމަށް ބޭރުގެ މީޑިއާ ތަކުން މައުލޫމާތު ދެއެވެ. އޭނާއަށް މަރުހަބާ ކިޔާފައިވަނީ އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެވެ. 

ނަތަންޔާހޫ އާއި ބައިޑަން އާއި ދެމެދު މިއަދުގެ ވަގުތެއްގައި ބައްދަލުވުމެއް ވެސް ބޭއްވިފައިވާ އިރު، އެ ބައްދަލުވުމުގައި ބައިޑަން ވަނީ، ރޭގަ ވަގުތެއްގައި ޣައްޒާގެ އެތައް ރައްޔިތުން ހިމާޔަތް ހޯދައިގެން ތިބި ހޮސްޕިޓަލަށް ޔަހޫދީ ސިފައިން ދިން ހަމަލާއާއި ގުޅޭ ގޮތުންވެސް ވާހަކަދައްކާފައެވެ. އެގޮތުން، އޭނާ ބުނެފައިވާ ގޮތުގައި، އެ ހަމަލާ ދީފައިވަނީ, އިސްރާއީލުންނެއް ނޫނެވެ. އެހެނެއްކަމަކު އެއީ ހަމާސް އިން ދިން ހަމަލާއެކެވެ. 

ޣައްޒާގެ ހޮސްޕިޓަލަށް ރޭ ދެވުނު ޓެރަރިސްޓް ހަމަލާގައި ޝަހީދުވި ބައެއް މީހުންގެ ހަށިތައް

ބައިޑެން އެހެން ބުނި ނަމަވެސް، އެ ހަމަލާ އަކީ އިސްރާއީލްގެ ސިފައިން ދިން ހަމަލާއެއް ކަމަށް އެމީހުން ވަނީ މީޑިއާ ތަކަށް ކުރިން މައުލޫމާތު ދީފައެވެ. އަދި އެ ހަމަލާ ދީފައިވާ ހޮސްޕިޓަލަކީ "ޓެރަރިސްޓް ބޭސް" އެއް ކަމަށާ، ހަމަލާ އެތަނަށް އަމާޒުކުރީ އެހެންވެގެން ކަމަށްވެސް ޔަހޫދީ ސިފައިން ވަނީ ބުނެފައެވެ. 

ނަމަވެސް އެފަހުން މިހާރު އެމީހުންވެސް  މަސައްކަތް ކުރަމުން ދަނީ ހޮސްޕިޓަލަށް އަމާޒުވެފައިވަނީ ފަލަސްތީނުގެ އިސްލާމިކް ޖިހާދުގެ ފެއިލްވެފައިވާ ރޮކެޓް ހަމަލާއެއް ކަން ސާބިތު ކުރުމަށެވެ. 

ޔަހޫދީންގެ އެ ހަމަލާއިން އެކަނިވެސް، 800 އަށްވުރެ ގިނަ މުސްލިމުން ވަނީ ޝަހީދު ކޮށްލާފައެވެ. އަދި މިހާތަނަށް ޔަހޫދީންގެ ގަތުލު އާއްމުގައި 3300 އަށްވުރެ ގިނަ މުސްލިމުން ވަނީ ޝަހީދު ވެފައެވެ. 

ކޮމެންޓް
ޢަޒްރާ ޢަލި
މިހިނދުން މިހިދަށް އެމެރިކާގެ ސަފީރު މިގައުމުން ބޭރުކޮށް އެމެރިކާގެ ހަިކޮމިޝަން ބަންދު ކުރޭ ވާނެ ކުރެވޭނެ ކުރެވެންވާނެ ވާން ޖެހޭނެ ހިއވަރު ހުންނަން ޖެހޭނެ
18 Oct 2023
ބޫމްބޫމް
މާތްﷲ މިނުބައި ނުލަފާ ކުއްތާގެ މަރު ހިތިކުރައްވާށި އާމީން އާމީން
18 Oct 2023
ގުޅޭ ލިޔުންތައް
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.