ޝައިޚް ހަސަން މޫސާ ފިކްރީ. ފޮޓޯ: ދާރިސް ޓީވީ
ހަބަރު
19 Oct 2023 | 10:37
އިންސާނީ ޙައްޤޭ ކިޔައިގެން ހުޅަނގުން ވާހަކަ ދައްކަނީ ވަކި ބަޔަކަށްޓަކާ: ޝައިޚް ފިކްރީ

އިންސާނީ ހައްޤުތަކޭ ބުނެ ހުޅަނގުގެ ޤައުމުތަކުން ވާހަކަދައްކަނީ ވަކި ބައެއްގެ ހައްޤުތައް ކަށަވަރުކުރުމަށް ޓަކައި ރާއްޖޭގެ ދީނީ ޢިލްމުވެރިޔާ އައްޝައިޚް ހަސަން މޫސާ ފިކުރީ ވިދާޅުވެއްޖެއެވެ.

ޝައިޚް ފިކްރީ މިހެން ވިދާޅުވީ އޭނާ ކުރެއްވެވި ޓްވީޓެއްގައެވެ.

ޝައިޚް ވިދާޅުވީ ފަލަސްޠީނުގެ ހޮސްޕިޓަލްތަކާއި ބޮންއަޅައި މަޢުޞޫމު އެތައް ބައެއް ޝަހީދުކޮށްލުމަކީ ހަނގުރާމައެއް ނޫން ކަމަށާއި، މިއީ ނަސްލު ނައްތައިލުމަށް، އިންސާނިއްޔަތާ ޚިލާފަށް ހިންގާ ޖަރީމާއެއް ކަމަށެވެ.

"އިންސާނީ ޙައްޤޭ، އަންހެނުންގެ ޙައްޤޭ، ކުޑަކުދިންގެ ޙައްޤޭ ކިޔައިގެން އދ އާއި ހުޅަނގުގެ ޤައުމުތަކުން ދައްކާ ދޮގު ވާހަކަތަކަކީ ވަކި ބައެއްގެ ޙައްޤުތަކެއް ކަށަވަރުކުރަން އެބައިމީހުން ހިންގާ ޕުރޮޕެގެންޑާއެއްކަން އަނެއްކާވެސް އެނގި ކަށަވަރުވެއްޖެ" ޝައިޚް ފިކްރީ ވިދާޅުވެފައިވެއެވެ.

އިޒްރާލްގެ ޔަހޫދީންގެ ވަނީ  ޣައްޒާގެ އަލް އަހްލީ ހޮސްޕިޓަލަށް ދިން ހަމަލާގެ ސަބަބުން 900 އަށް ވުރެ ގިނަ މީހުންވަނީ ޝަހީދުވެފައެވެ. އަދި އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ. އިޒްރާއިލާއި އެޤައުމާއި ގުޅި އެބައިމީހުންގެ ޢަމަލުތަކަށް ހިތްވަރުދެމުންދާ ޤައުމުތަކުން ވަނީ އަލްއަހްލީ ހޮސްޕިޓަލަށް ދިން ހަމަލާއަކީ ފަލަސްޠީނުގެ ހަނގުރާމަވެރި ޖަމާޢަތްތަކުން ދިން ހަމަލާއެއް ކަމަށް ބުނެ އޮޅުވައިލަން މަސައްކަތް ކޮށްފައެވެ.

ނަމަވެސް އަލްއަހްލީ އަށް ދިން ހަމަލާއަށް ފަހު ނަތަންޔާހޫގެ ސޯޝަލް މީޑީއާ އެޑްވައިޒަރ ވަނީ ހަމަލާދިންތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އިޒްރާއިލުން ޓެރަރިސްޓް ބޭސް އަކަށް ހަމަލާދިން ކަމަށް ބުނެ ޓްވިޓް ކޮށްފައެވެ. ނަމަވެސް ހަމަ ކުޑަވަގުތު ކޮޅެއްގެ ތެރޭގައި އެ ޓްވީޓްވަނީ ޑިލީޓް ކޮށްލައިފައެވެ.

ކޮމެންޓް
ޢަލީ
އިންސާނީހައްގޭ ކިޔާފަ ދެން މިރާއްޖެއަތުވެއްޖެ ކޮންމެ ބަޔަކު ޖެހޭނެ ލަފުގަ ހިފާފަ ވަގުތުން ވަގުތައް ބޭތުކޮށްލަން. އިންސާނީ ހައްގޭ އެކިޔާ ބައިގަޑު އަދި ވަކިން އދ ގަ މަދީ ނަގުލަކާ ދަޅަކާ.
19 Oct 2023
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ