އަލް ނުސްރަތް ބޭކަރީއަށް ދިން ހަމަލާގައި އެތަން ހަލާޚުވެފައި. ފޮޓޯ: ޤުދުސް ނެޓްވޯކް
ހަބަރު
19 Oct 2023 | 11:04
ފަލަސްޠީން އިޒްރާއިލް ހަނގުރާމަ: ޣައްޒާގެ އެތައް ބަޔަކަށް ރޮށި ފޯރުކޮށްދޭ ބޭކަރީތަކަށް ޔަހޫދީން ހަމަލާދެނީ

އިޒްރާއިލްގެ ހައްދުފަހަނަ އެޅި ޔަހޫދީން ޣައްޒާގެ އެތައް ބަޔަކަށް ރޮށި ފޯރުކޮށްދޭ ބޭކަރީތަކަށް އަމާޒުކޮށް ހަމަލާދޭން ފަށައިފިއެވެ.

އެގޮތުން މިހާތަނަށް ޣައްޒާގެ ދެ ބޭކަރީއަކަށް އަމާޒުކޮށް އިޒްރާއިލްގެ ޔަހޫދީން ވަނީ ހަމަލާދީފައެވެ.

ނުސްރަތް ރެފިޔުޖީ ކޭމްޕްގައި ހުންނަ އަލް  ނުސްރަތް ބޭކަރީއަށް އަމާޒުކޮށް ދިން ހަމަލާގެ ސަބަބުން މުޅި ބޭކަރީ އެކުގައި ވަނީ ވެއްޓިފައެވެ. އަދި ޔަޒީގީ ބޭކަރީއަށް ދިން ހަމަލާގައި އެތަންވެސް ވަނީ އެއްކޮށް ހަލާކުވެފައެވެ.

މިދެބޭކަރީއަކީ އެތައްހާސް ބައެއްގެ ބަނޑުހައި ހޫނުކަން ފިލުވައި ދޭ ދެބޭކަރީއެކެވެ. އިޒްރާއިލުން މަސައްކަތް ކުރަމުންދަނީ ޣައްޒާގައި ތިބި މީހުންގެ ބަނޑުހައިހޫނުކަން ފިލުވަދޭނެ ހަމައެކަނި ވަސީލަތްތައްވެސް ހަލާކުކޮށްލުމަށެވެ.

އިޒްރާއިލްގެ ޔަހޫދީންގެ ނުރައްކާތެރި ހަމަލާތަކުގެ ސަބަބުން ޝަހީދުވި މީހުންގެ ޢަދަދު 4000 އެރުމާއި މިހާރުވަނީ ގާތްވެފައެވެ. ޒަޚަމްވީ މީހުންގެ ޢަދަދު 13000 މައްޗަށް ވަނީ ގޮއްސައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.