އިޒްރާއިލުން ޣައްޒާއަށް ހަމަލާދެނީ. ފޮޓޯ: ޤުދުސް ނެޓްވޯކް
ހަބަރު
19 Oct 2023 | 13:43
ފަލަސްޠީން އިޒްރާއިލް ހަނގުރާމަ: މިޞްރު މަގުން ޣައްޒާއަށް އެހީގެ ގާފިލާ ވަންނަނީ

އިޒްރާއިލުގެ ޔަހޫދީން ފަލަސްޠީންގެ ޣައްޒާ އަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ބޭނުންވާ އެހީގެ ސާމާނު މިޞްރު މަގުން ޣައްޒާއަށް ވެއްދުމަށް މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙް އަލްސީސީ އެއްބަސްވެވަޑައިގެންފިއެވެ.

މިޞްރާއި ޣައްޒާ ގުޅޭ ރަފާހް ބޯޑަރު މެދުވެރިކޮށް ޣައްޒާއަށް އެހީގެ ތަކެތި ވެއްދުމަށް އަލްސީސީ ހުއްދަދީފައިވާ އިރު ރަފާހް ބޯޑަރު ހުރަސްކޮށް ވެއްދުމަށް ހަމަޖެހިފައިވަނީ 20 ޓްރަކްގެ ތަކެއްޗެވެ.

މިތަކެއްޗަކީ އެމެރިކާއިން ފަލަސްޠީނަށް ހަދިޔާ ކުރާ ތަކެއްޗެވެ. އެެމެރިކާއިން ޣައްޒާއަށް އެހީގެ ތަކެތި ފޯރުކޮށްދޭއިރު އެމެރިކާއިން ދަނީ ޣައްޒާއަށް ހަމަލާދިނުމަށް އިޒްރާއިލަށް ނުރައްކާތެރި ހަތިޔާރުތައް ވެސް ދަނީ ފޯރުކޮށްދެމުންނެވެ.

ރަޝިޔާއިން ވެސް ވަނީ ޣައްޒާއަށް 27 ޓަނުގެ އެހީގެ ސާމާނު ފޯރުކޮށްދޭނެ ކަމަށް ބުނެފައެވެ. މީގެ އެއެހީގެ ސާމާނުގެ ތެރޭގައި ބޮޑަށް ހިމެނޭނޭނީ ކާބީތަކެތިކަމަށް ރަޝިޔާއިން ބުނެފައިވެއެވެ.

ޣައްޒާއަށް ދޭ އަސާސީ ޚިދްމަތްތައް ކަނޑާލައިފައިވާއިރު، ޒަޚަމްވެފައިވާ މީހުންނަށް ފަރުވާ ދެމުންދާ ހޮސްޕިތަލްތައްވެސް ހިންގަމުންގެންދަނީ އެތައް ގިނަ ދަތިތަކާއި އެކުއެވެ.

ގިނަ ހޮސްޕިޓަލްތަކުގައި ބޭހާއި ފަރުވާ ދިނުމަށް ބޭނުންވާ ތަކެތި ވެސް ވަނީ ހުސްވެ އެތަކެއްޗަށް ޖެހިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.