ޣާޢްޒާގެ ޝިފާ ހޮސްޕިޓަލްގައި ބިންމަތީގައި ކުޑަކުދިންތަކަކަށް ފަރުވާ ދެނީ. ފޮޓޯ: ޤުދުސް ނެޓްވޯކް
ހަބަރު
19 Oct 2023 | 15:32
ފަލަސްޠީން އިޒްރާއިލް ހަނގުރާމަ: ހޮސްޕިޓަލްތައް ފުރި ފަރުވާދެނީ ބިންމަތީގައި

އިޒްރާއިލްގެ ޔަހޫދީންގެ ހަމަލާތަކުގައި ޒަޚަމްވާ މީހުންގެ ޢަދަދު ގިނަވެ ހޮސްޕިޓަލްތަކުގެ އެނދުތައް ފުރި ހޮސްޕިޓަލްގެ  ބިންމަތީގައި ޒަޚަމްތަކާއި އެކުވާ މީހުންނަށް ފަރުވާ ދެމުންދާކަމަށް ފަލަސްޠީނުގެ ސިއްޚަތާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ފަލަސްޠީނުގެ ސިއްޚަތާއި ބެހޭ ވުޒާރާއިން ބުނެފައިވަނީ ޒަޚަމްވެ ފަރުވާ ހޯދަން ޖެހިފައިވާ މީހުންގެ ޢަދަދުތައް ގިނަވެ ހޮސްޕިޓަލްތަކުގެ އެނދުތައް ފުރި، ފަރުވާހޯދަން ގެންނަ މީހުން އަލް ޝިފާ ހޮސްޕިޓަލްގެ ބިންމަތީގައި ބައިތިއްބައިގެން ފަރުވާ ދޭން ޖެހިފައިވާ ކަމަށެވެ.

އަލް ޝިފާ ހޮސްޕިޓަލަކީ ޣައްޒާގެ އެނެމެ ބޮޑު އެއް ހޮސްޕިޓަލެވެ. އެހޮސްޕިޓަލަކީ 700 އެނދުގެ ހޮސްޕިޓަލެކެވެ.

ފަލަސްޠީނުގެ ސިއްޚީ ވުޒާރާއިން އިތުރަށް ބުނެފައިވަނީ ޣައްޒާގެ ތިން ހޮސްޕިޓަލެއް ބޭނުން ނުކުރެވޭވަރަށް އިޒްރާއިލްގެ ހަމަލާތަކުގެ ސަބަބުން ހަލާކުވެފައި ވާ ކަމަށެވެ.

ފަލަސްޠީނަށް މިހާރު އިޒްރާއިލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން ޝަހީދުވި މީހުންގެ ޢަދަދު ގާތްގަނޑަކަށް 4000 ވަނީ އަރައިފައެވެ. ޒަޚަމްވެފައިވާ މީހުންގެ ޢަދަދު 12000މައްޗަށް ވަނީ އަރައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.