މިޞްރުގެ ޤައުމީ ޓީމުގެ ކެޕްޓަން މުޙައްމަދު ޞަލާޙް. ފޮޓޯ:އިންޓަރނެޓް
ދުނިޔެ
20 Oct 2023 | 08:25
ޞަލާޙް ގޮވާލީ ޣައްޒާގައި ހިންގާ ޖަރީމާތައް ހުއްޓައިލުމަށް

ލިވަޕޫލާއި މިޞްރުގެ ޤައުމީ ޓީމުގެ ފުޓުބޯޅަ ކުޅުންތެރިޔާ މުޙައްމަދު ޞަލާޙް، ޣައްޒާގައި އިޒްރާއިލުން ހިންގަމުންދާ އިންސާނިއްޔަތާއި ޚިލާފު ޖަރީމާތައް ވަގުތުން ވަގުތައް ހުއްޓައިލުމަށް ގޮވައިލައިފިއެވެ.

31 އަހަރުގެ ކުޅުންތެރިޔާ، ޣައްޒާގައި ހިނގަމުންދާ ޖަރީމާތަކާއި މެދު އެއްޗެއް ބުނެފައިވަނީ ބުދަ ދުވަހުގެރޭ އިޒްރާއިލް ސިފައިން ޣައްޒާގެ އަލް އަހްލީ ހޮސްޕިޓަލަށް ދިން ހަމަލާގައި 500 އަށްވުރެ ގިނަ މީހުން މަރުވި މައްސަލައިގައެވެ.

އެގޮތުން، ޞަލާޙް މީސްމީޑިއާގައި އާއްމު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މި ދަނޑިވަޅަކީ ވާހަކަ ދައްކަން ފަސޭހަ ދަނޑިވަޅެއް ނޫން ކަމަށެވެ. އަދި ހިތްފަޅައިގެންދާފަދަ އަނިޔާވެރިކަން ފެންނަމުންދާ ކަމަށް ވެސް ޞަލާޙް ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވެއެވެ.

"ފާއިތުވި ހަފްތާގައި ދެކެން އުނދަގޫވާ މިންވަރަށް އަނިޔާވެރިކަން ވަނީ އިތުރުވެފަ، ދިރިހުރި ފުރާނައެއްވިއްޔާ ތިބީ ބިރުން ރައްކާތެރިކަމަށް ބޭނުންވެފައި، ޢާއިލާތައް ވަކިވަކިވެ ވީނުވީއެއް ވަނީ ނޭނގިފައި" ޞަލާޙް ބުނެފައިވެއެވެ.

އެހެންކަމުން ސަލާޙް ވަނީ ޣައްޒާގައި ހިންގަމުންދާ ޖަރީމާތައް ހުއްޓަލައި، ޣައްޒާގައި ޙާލުގައި ޖެހިފައިތިބި މީހުންނަށް އިންސާނީ އެހީ އެންމެ އަވަހަކަށް ފޯރު ކޮށްދިނުމަށް ގޮވާލާފައެވެ. 

"(ޣައްޒާގެ އަލް އަހްލީ) ހޮސްޕިޓަލުން ފެނުނީ ބިރުވެރި މަންޒަރެއް، ޣައްޒާގެ ރައްޔިތުން ތިބީ ކާބޯތަކެއްޗާއި ފެން އަދި މެޑިކަލް އެހީއަށް ބޭނުންވެފައި، ދުނިޔޭގެ ހުރިހާ ލީޑަރުންނަށް އަހަރެން މިގޮވައިލަނީ ހުރިހާ ފަރާތްތަކުން އެއްބައިވަންތަވެ ޤަތުލުކުރެވެމުންދާ މައުސޫމް ފުރާނަތައް ޤަތުލު ކުރެވުން ހުއްޓުވައި، އިންސާނިއްޔަތަށް އިސްކަންދިނުމަށް" ޞަލާޙް ބުނެފައިވެއެވެ.

"މިވަގުތައް ސާފުވާ ކަމަކީ ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަގުފަހު ކޮށްދޭން ޖެހޭ ކަން، ޣައްޒާގައި ތިބި ރައްޔިތުން ތިބީ ވަރަށް ޙާލުގައި" ޞަލާޙް ވިދާޅުވެފައިވެއެވެ.

މިޞްރުގެ ޤައުމީ ޓީމުގެ ކެޕްޓަންކަން ކުރަމުންދާ ޞަލާޙް ފަލަސްޠީން އިޒްރާއިލް ހަނގުރާމައިގެ މައްސަލައިގައި އެއްޗެއް ބުނެފައިނުވާތީ ގިނަ ބަޔަކު އޭނާއަށް ފާޑު ކިޔައިފައިވެއެވެ. އަދި ފާޑުކިޔާ ބައެއް މީހުންވަނީ ސޯޝަލް މީޑިއާއި އިން ޞަލާޙް އަންފޮލޯ ކުރުމަށް ގޮވައިލައި ކެމްޕޭނެއްވެސް ކުރިއަށް ގެންގޮސްފައެވެ.

ފަލަސްޠީނުގެ ކަމާއި ގުޅޭ ފަރާތްތަކުން ބުނެފައިވަނީ އަލްއަހްލީ ހޮސްޕިޓަލަށް ދިން ހަމަލާއަކީ އިޒްރާއިލުން ދިން ހަމަލާއެއްކަމަށެވެ. އިޒްރާއިލުން ތުހުމަތު ކޮށްފައިވަނީ އެހަމަލާއަކީ ފަލަސްޠީނުގެ އިސްލާމިކް ޖިހާދަށް އޮޅިގެން ދެވިފައިވާ ހަމަލާއެއް ކަމަށެވެ. ނަމަވެސް އިސްލާމިކް ޖިހާދުން ވަނީ އެތުހުމަތުތައް ސާފުކޮށް ދޮގުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.