އަގުސާ މިސްކިތް ހިމެނޭ ސަރަހައްދުގައި އިސްރާއީލް ސިފައިން ތަކެއް-- ފޮޓޯ/ އިންޓަރނެޓް
ދީން
20 Oct 2023 | 13:20
"މަސްޖިދުލްއަޤްސާ އަކީ މުސްލިމުންގެ ހައްގެއް؛ ނަމަވެސް މިއަދު އެތަން ވަނީ ޔަހޫދީންގެ އިސްތިޢުމާރުގެ ދަށުގައި"

މަސްޖިދުލް އަޤުޞާއަކީ މުސްލިމުންގެ ހައްގެއް ކަމަށާ، އެހެންނަމަވެސް އެ މިސްކިތް މިހާރު ވަނީ ޒަޔަނިސްޓް ޔަހޫދީންގެ އިސްތިޢުމާރުގެ ދަށުގައި ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ. 

މަސްޖިދުލް އަޤުޞާ ގެ މާތްކަން މި މައުލޫއަށް މިއަދު އަކިއަޅުވާލާފައިވާ ޚުތުބާގައި ބުނީ، މިސްކިތް ތަކަކީ މާތް الله މި ބިންމަތީގައި ލައްވާފައިވާ އެންމެ މާތް ބިނާ ކަމަށެވެ. އަދި އޭގެ ތެރެއިންވެސް ، މާތް الله ގެ ހަޟުރަތުގައި މާތްކަން ބޮޑުވެގެންވާ ތިން މިސްކިތެއްގެ ވާހަކަ ކީރިތި ގުރުއާނާއި ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް ގެ ސުންނަތުން އެނގޭކަމަށާ، އެއީ ތިން މިސްކިތަކީ، މައްކާގައިވާ އަލް މަސްޖިދުލް ޙަރާމް އާއި، މަދީނާގައިވާ އަލް މަސްޖިދުލް ނަބަވީ އަދި ޤުދުސްގައިވާ އަލް މަސްޖިދުލް އަޤުޞާ ކަމަށް ޚުތުބާގައި ބުންނެވެ. 

ޚުތުބާގައި ބުނީ، މަސްޖިދުލް އަޤުޞާ އަކީ މުސްލިމުންގެ ފުރަތަަމަ ގިބްލަ ކަމަށާ، ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް ހިޖުރަ ކުރެއްވުމަށް ފަހުގައިވެސް ސޯޅަ މަސްދުވަސް ވަންދެން މުސްލިމުންގެ ޤިބުލައިގެ ގޮތުގައި ވީ އެމިސްކިތް ކަމަށެވެ.  

މިއާއެކު ޚުތުބާގައި ވަނީ މަސްޖިދުލް އަޤުޞާގެ މާތްކަން ހާމަވެގެންދާ ކީރިތި ޤުރުއާނުގެ އާޔަތްތަކަށް އަލިއަޅުވާލާފައެވެ. 

""އެކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ! އެކަލާނގެއީ، އަލްމަސްޖިދުލް ޙަރާމުން، އަލްމަސްޖިދުލް އަޤްޞާއަށް އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި ރަސްކަލާނގެއެވެ. އެއީ އެތާނގެ ވަށައިގެން، ތިމަންރަސްކަލާނގެ ބަރަކާތް ލެއްވި ތަނެވެ. (އެއީ) ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް، އެކަލޭގެފާނަށް ދެއްކެވުމަށްޓަކައެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ." އަދިވެސް އެ ބިމުގެ މާތް ކަމާއި ބެހޭގޮތުން މާތް الله ސުބްޙާނަހޫ ވަތަޢާލާ ވަހީކުރައްވާފައިވެއެވެ.

"وَنَجَّيْنَاهُ وَلُوطًا إِلَى الْأَرْضِ الَّتِي بَارَكْنَا فِيهَا لِلْعَالَمِينَއަދި ތިމަންރަސްކަލާނގެ އެކަލޭގެފާނާއި، ލޫޠުގެފާނު ސަލާމަތްކުރައްވައި، ޢާލަމްތަކަށްޓަކައި، ތިމަންރަސްކަލާނގެ ބަރަކާތްލެއްވި ބިމަށް ފޮނުއްވީމެވެ." އަދިވެސް އެ ބިމަކީ މާތް الله ސުބްޙާނަހޫ ވަތަޢާލާ މާތް ކުރައްވާފައިވާ ބިމެއްކަން ހާމަކުރައްވައި ވަހީކުރައްވާފައިވެއެވެ.

وَلِسُلَيْمَانَ الرِّيحَ عَاصِفَةً تَجْرِي بِأَمْرِهِ إِلَى الْأَرْضِ الَّتِي بَارَكْنَا فِيهَا ۚ وَكُنَّا بِكُلِّ شَيْءٍ عَالِمِينَއަދި ތިމަންރަސްކަލާނގެ، ސުލައިމާނުގެފާނަށް ވައިރޯޅި ގަދަޔަށްޖެހޭ ގޮތުގައި (އެ) ޚިދުމަތްތެރި ކުރެއްވީމެވެ. ތިމަންރަސްކަލާނގެ އެ ބިމުގައި، ބަރަކާތް ލެއްވި ބިމަށް، އެކަލޭގެފާނުގެ އަމުރުފުޅަށް، އެ ވައިރޯޅި ހިނގައިދާގޮތުގައެވެ. އަދި ތިމަންރަސްކަލާނގެ ކޮންމެކަމެއް ދެނެވޮޑިގެންވަމެވެ."" މަސްޖިދުލް އަޤުޞާ ގެ މާތްކަމަށް އަލިއަޅުވާލައި ޚުތުބާއި ބުނެފައިވެއެވެ. 

މަސްޖިދުލް އަޤުޞާ ހިމެނޭ ސަރަހައްދު-- ފޮޓޯ/ވިކިޕީޑިއާ 

ޚުތުބާގައި ބުނީ، ގުދުސް އަކީ ސަލާމްލެއްވި އިބްރާހީމްގެފާނާއި އެކަލޭގެފާނުގެ ދަރިފަސްކޮޅުން ވަޑައިގެންނެވި ގިނަ ނަބިއްޔުންގެ ފަސްގަނޑު ކަމަށެވެ. އަދި އެއީ ސަލާމް ލެއްވު ދާވޫދުގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން ސުލައިމާނު ޢަލައިހިއްސަލާމްގެ ބޮޑު ވެރިކަން ހިންގެވި މާތް ބިން ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ. 

"މިހެންކަމުން އެ ބިމަކީ ޔަހޫދީންގެ ނުވަތަ ޒަޔަނިސްޓުންގެ ތަނެއްގެ ގޮތުގައި ތާރީހީ ގޮތުން ވެސް އަދި ދީނީ ގޮތުންވެސް ކަނޑައެޅޭކަށް ނެތެވެ. އަލްމަސްޖިދުލް އަޤްސާއަކީ މުސްލިމުންގެ ހައްގެކެވެ،" ހުތުބާގައި ބުންޏެވެ.

ކަންމިހެން ހުރި ނަމަވެސް މިއަދު ގުދުސް އާއި މަސްޖިދުލް އަޤުޞާ ވަނީ ޒަޔަނިސްޓް ޔަހޫދީންގެ އިސްތިޢުމާރުގެ ދަށުގައި ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. 

މިއަދު މަސްޖިދުލް އަޤުޞާ އާއި އެ މިސްކިތް ހިމެނޭ ބިން އަލްގުދުސް އެވަނީ ޒަޔަނިސްޓު ޔަހޫދިންގެ އިސްތިޢުމާރުގެ ދަށުގައެވެ. އެތަނުގެ ޙުރުމަތްކަނޑައި، އެތަން ތަޅާލުމަށްޓަކައި، އަނިޔާވެރި އެތައް އަމަލުތަކެއް އެދަނީ ހިންމުންނެވެ. އަދި އެ ރަށުގެ އަހުލުވެރިންނާ ދެކޮޅަށް އުދުވާނީ ޙަމަލާތައްދީ، ޔަހޫދީން އެ ހންގަނީ ނަސްލު އެކީއެކަށް ނައްތާލުމުގެ އަނިޔާވެރި ޙަރަކާތެކެވެ. މިކަން އެންމެ ހަރުކަށި އިބާރާތުންކުށްވެރިކުރަމެވެ.

ހުކުރު ޚުތުބާ

މިއާއެކު ޚުތުބާގައި ވަނީ، މަސްޖިދުލް އަޤުޞާ އާއި، އެ ރަށާއި، އެ ރަށުގެ އަހުލުވެރިންނަށް ލިބެމުންދާ ގެއްލުންތަކުން އެ މިސްކިތާއި، އެ ބަރަކާތްތެރި ރަށާއި އެރަށުގެ އަހުލުވެރިން ޙމާޔަތް ކުރުމަށް ހުރިހާ މުސްލިމުންވެސް ގަދައަޅައި މަސައްކަތްކުރުމަށް ގޮވާލާަފައެވެ. 

ކޮމެންޓް
ޢަސްލުބާ
furathama ސުވާލަކީ ތިފޮޓޯގައިވަނީ ކޮންމިސްކިތެއްތޯ...؟
21 Oct 2023
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.