ރޭ މާލޭގައި ކުރިއަށްދިޔަ ހިނގާލުމުގެ ތެރެއިން
ހަބަރު
21 Oct 2023 | 10:19
އެތައް ހާސް ދިވެހިންނެއް ނުކުމެ ގޮވާލީ އިޒްރާއިލްގެ ޕާސްޕޯޓް ބޭން ކުރުމަށް

ދިވެހިން ތިބީ ފަލަސްޠީނާއި އެކުގައި ދައްކައިދިނުމަށް ބޭއްވި، އެތައް ހާސް ދިވެހިންނެއް ބައިވެރިވި ހިނގާލުމުގައި އިޒްރާއިލްގެ ޕާސްޕޯޓް ބޭން ކުރުމަށް ގޮވައިލައިފިއެވެ.

"ރައިޓް މޫވްމެންޓް" ގެފަރާތުން އިންތިޒާމްކުރި މި ހިނގާލުމުގައި އެތައް ހާސް ބަޔަކު ވަނީ ބައިވެރިވެފައެވެ.

ރޭ މާލެ މާފަންނު ރަސްފަންނު ސަރަހައްދުން ފެށުނު މި ހިނގާލުން ފެށުނިއްސުރެ ހިނގާލުމުގެ ބައިވެރިން ދިޔައީ ފަލަސްޠީން މިނިވަން ކުރުމަށް ގޮވައިލައި އަޑު އުފުލައިފައެވެ.

މި ހިނގާލުމުގައި ބައިވެރިވި ގިނަ ބަޔަކު ވަނީ އިޒްރާއިލް ބޮއިކޮޓް ކުރުމަށާއި އިޒްރާއިލްގެ ޕާސްޕޯޓް ބޭން ކުރުމަށް ގޮވައިލައިފިއެވެ.

ރަސްފަންނު ސަރަހައްދުން ފެށި ހިނގާލުން މަޖީދީ މަގުން ކުރިއަށްގޮސް ހުއްޓީ ހެންވޭރު ދަނޑަށެވެ. ހެންވޭރު ދަނޑުގައި ތިބެ ހިނގާލުމުގެ ބައިވެރިން ވަނީ ފަލަސްޠީނަށް ނަޞްރުދެއްވުން އެދި ދުޢާ ކޮށްފައެވެ.

ފަލަސްޠީނުގެ ޣައްޒާއަށާއި ހުޅަނގު އައްސޭރިއަށް އިޒްރާއިލްގެ ޔަހޫދީން ދަނީ ހުއްޓުމެއްނެތް ގޮތުގައި ނުރައްކައުތެރި ހަމަލާތައް ދެމުންނެވެ. އޮކްޓޫބަރު 7ވަނަ ދުވަހު އިޒްރާއިލްގެ ޔަހޫދީން ދޭން ފެށި ހަމަލާތަކުގެ ސަބަބުން ޝަހީދުވި މީހުންގެ ޢަދަދު 4000 މައްޗަށް އަރައިގެން ގޮސްފައިވާއިރު 1500 އެއްހާ ކުޑަކުދިން މީގެ ތެރޭގައި ހިމެނެއެވެ.

ކޮމެންޓް
ހާއުފާ
އިޒުރޭލުގެ ޕާސްޕޯޓް ދިވެހިފަސްގަނޑުގައި ބޭނުންކުރުމަކަށް ފަލަސްޠީނަށް ތާޢީދުކޮށް ބޭއްވި ހިނގާލުމުގައި ގޮވާނެކަމަށް ޤަބޫލުކުރާނީ މޮޔައެއް.
21 Oct 2023
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.