އަލީ ރަމީޒް އަދި ހޯމް މިނިސްޓަރު އިމްރާނު/ ފޮޓޯ: ވޮއިސް
ހަބަރު
21 Oct 2023 | 11:30
ފަލަސްތީނުގެ އަޑުއުފުލުހުން ހުއްޓުވި މީހުން، ބާރު ކެނޑުމުން ފަލަސްތީނޭ ގޮވާނީ ގޮތެއްފޮތެއް ނެތީމަ: އަލީ ރަމީޒު

އާރާއި ބާރުގައި ތިބި ދުވަހު ފަލަސްތީނުގެ ހައްގުގައި އަޑުއުފުލަން ނިކުތުމުން އެކަން ހުއްޓުވި މީހުން، މިއަދު އާރާއި ބާރު ކެނޑުމުން ފަލަސްތީނުގެ ހައްގުގައި އަޑުއުފުލާނީ ގޮތެއްފޮތެއް ނެތުމުން ކަމަށް ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރަމުން އަންނަ އަލީ ރަމީޒު ވިދާޅުވެއްެޖެ އެވެ. 

އަލީ ރަމީޒު މިފަދައިން ވިދާޅުވެފައި ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ކުރަމުންދާ އަނިޔާތަކާއި ދެކޮޅަށް ޒުވާނުންތަކެއް އިސް ނަގައިގެން އިންތިޒާމު ކުރި ސައިކަލު ބުރު އެމްޑީޕީގެ މި ސަރުކާރުން ހުއްޓުވާފައިވާކަން ހަނދާންކޮށްދީ ކުރެއްވި ޓްވީޓެއްގަ އެވެ. 

އެ ޓްވީޓުގައި އަލީ ރަމީޒު ވަނީ އެ ސައިކަލުބުރު ހުއްޓުވި ހޯމް މިނިސްޓަރު އަދި ފުލުހުންގެ އިސްވެރިންނަށް ނުސީދާ ރައްދެއްދެއްވާފަ އެވެ. 

ދިވެހީންނަކީ ޒަމާނުއްސުރެ ފަލަސްތީނުގެ ހައްގުގައި މަސައްކަތް ކުރަމުން އަންނަ، އެ ޤައުމަށް އެހީތެރިކަން ފޯރުކޮށްދޭ ގައުމެކެވެ. އެހެން ނަމަވެސް އަދާލަތު ޕާޓީގެ ރައީސް އިމްރާނުގެ ހޯމް މިނިސްޓަރުކަމުގައި ވަނީ، ފަލަސްތީނުގެ ހައްގުގައި އަޑުއުފުލުމަށް ދިވެހި ޒުވާނުން އިސް ނަގައިގެން އިންތިޒާމުކުރި ސައިކަލު ބުރަށް ހުރަސްއަޅާ އެ ހަރަކާތް ހުއްޓުވާފަ އެވެ. 

އެކަމަށް އިޝާރާތްކުރައްވާ އަލީ ރަމީޒު ވިދާޅުވީ، އެ ދުވަހު އާރާއި ބާރުގައި ތިބެ ފަލަސްތީނުގެ ހައްގުގައި އަޑުއުފުލަން ދިވެހީން ނިކުތުމުން، އަޑުކަނޑުވާލަން މަސައްކަތް ކުރި މީހުން، މިއަދު އެމީހުންގެ އާރާއި ބާރު ކެނޑުމުން ފަލަސްތީނުގެ ހައްގުގައި އަޑުއުފުލަން ނިކުންނާނީ ގޮތެއްފޮތެއް ނެތުމުން ކަމަށެވެ. 

"އާރާއި ބާރުގައި ހުރި ދުވަހު، އަނިޔާވެރި އިޒްރާއިލްގެ އުދުވާނުތަކާއި ދެކޮޅަށް ބޭއްވި ސައިކަލު ބުރު ހުއްޓުވާފައި، އެއްކަލަ ބާރުވެރިކަން ނެތެމުންދާ ދަނޑިވަޅުގައި ފަލަސްތީނު ފަލަސްތީނު ކިޔަމުން ނިކުންނާނީ ހަމަ އެއްވެސް ގޮތެއް ފޮތެއް ނެތީމަ

އަލީ ރަމީޒު

މިހާރުގެ ސަރުކާރުގައި 2021 ވަނަ އަހަރުގެ މެއި މަހު އިސްރާއީލުން ފަލަސްތީނަށް ދެމުން ގެންދާ ލާއިންސާނީ އަނިޔާ ތަކާއި ދެކޮޅަށް ޒުވާނުން އިސްނަގައިގެން ހުޅުމާލޭގައި ބޭއްވި ސައިކަލު ބުރު ބޭއްވިޔަ ނުދީ ފުލުހުން ހުރަސްއެޅުމާއި ގުޅިގެން އޭރުވެސް ގިނަ ފާޑުކިޔުންތަކެއް ހޯމް މިނިސްޓަރު އިމްރާނުއަށް އަމާޒުކޮށްފައި ވެއެވެ. 

ފަަލަސްތީނުގެ ރައްޔިތުންނަށް އިޒްރާއިލުން ދެމުންދާ ހަމަލާތަކާއި ދެކޮޅަށް އިމްރާނު މިއަދު ޝުއޫރު ފާޅުކުރަމުންދާތީ ގިނަ ބަޔަކު ފާޑުކިޔުންތައް އަމާޒުކޮށްފައިވާއިރު، އިމްރާނު މިއަދު ޝުއޫރު ފާޅުކުރަމުން ދިޔަ ނަމަވެސް، އެއްވެސް އިޚްލާސްތެރިކަމެއް އޭނާގެ ކިބައިގައި ނެތްކަމަށް ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.