އިޒްރާއިލުން ޣައްޒާގެ އަލް ޒަހްރާ ނެއިބަރހުޑަށް ދިން ހަމަލާތަކުގައި އެތަން ހަލާކުވެފައި. ފޮޓޯ: އަލް ޤުދްސް ނެޓްވޯކް
ހަބަރު
21 Oct 2023 | 12:17
ފަލަސްޠީން އިޒްރާއިލް ހަނގުރާމަ: ފާއިތުވި 24 ގަޑިއިރުތެރޭ 352 މީހަކު ޝަހީދު ކޮށްލައިފި

އިޒްރާއިލުން ފާއިތުވި 24 ގަޑިއިރުތެރޭގައި ފަލަސްޠީނުގެ 352 މީހަކު ޝަހީދުކޮށްލައިފައިވާ ކަމަށް ފަލަސްޠީނުގެ ދައުލަތުގެ މީޑިއާއިން ބުނެފިއެވެ.

ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި 24 ގަޑިއިރުތެރޭގައި މިޢަދަދަށް މީހުން ޝަހީދު ވެފައިވާއިރު އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ.

ޣައްޒާގައި ކަރަންޓު ކެނޑުމާއި ކަރަންޓު ދިނުމަށް ބޭނުންކުރާ ޖަނެރޭޓަރަށް އަޅާނެ ތެޔޮ ނެތުމުގެ ސަބަބުން ހޮސްޕިޓަލްތަކުގެ ޑޮކްޓަރުން ބަލިމީހުންނަށް ފަރުވާދެމުންދަނީ މޮބައިލް ފޯނުތަކުގެ ފްލެޝް ލައިޓްތައް ބޭނުންކޮށްގެނެވެ.

ޣައްޒާގެ 7 ހޮސްޕިޓަލަކާއި 21 ޕްރައިމަރީ ހެލްތް ކެއަރ ސެންޓަރެއް ވަނީ ޚިދްމަތް ނުދެވިގެން ހުއްޓާލަން ޖެހިފައެވެ.

ހޮސްޕިޓަލްތަކާއި ފަރުވާދޭ ތަންތަނުގެ ޙާލަތު މިހެން ހުރިއިރު އިޒްރާއިލްގެ އަނިޔާވެރި ޔަހޫދީން ވަނީ ޣައްޒާގައި ހުންނަ އަލް ޤުދްސް ހޮސްޕިޓަލް ހުސްކުރުމަށް އަންގައިފައެވެ. އަލް ޤުދްސް ހޮސްޕިޓަލުގައި 400 އެއްހާ މީހުން އޭރު ފަރުވާ ހޯދަމުންދިޔައިރު، ޣައްޒާގެ ރައްޔިތުންގެ ތެރެއިން ގެދޮރު ގެއްލިފައިވާ 1200 އެއްހާ މީހުން ދިޔައީ ވަގުތީ ހިޔާގެ ގޮތުގައި އެތަން ބޭނުން ކުރަމުންނެވެ.

އިޒްރާއިލްގެ ޔަހޫދީން އެހެން އެންގި ނަމަވެސް އެހޮސްޕިޓަލުގައި ބަލި މީހުންނަށް ފަރުވާ ދެމުންދިޔަ ފަލަސްޠީން ރެޑް ކްރޮސެންޓުގެ ޑޮކްޓަރުން ނިންމެވީ އިޒްރާއިލުގެ އެންގުމަށް ބެލުމެއް ނެތި ފަރުވާދޭން ޖެހޭ މީހުންގެ ފަރުވާ ތައް ކުރިއަށް ގެންދިޔުމަށެވެ.

ރޭވެސް އިޒްރާއިލުން ވަނީ ޚާން ޔޫނިސްއަށްވެސް ބޮން އަޅައިފައެވެ. މީގެ އިތުރުން ސުޖައްޔާ ނެއިބަރހުޑާއި، ނުސައިރަތް ކޭމްޕަށާއި އަލް ޤުދްސް ހޮސްޕިޓަލްގެ ކައިރި ހިސާބުތަކަށް ވެސް ވަނީ ބޮންއަޅައިފައެވެ.

އިޒްރާއިލްގެ ޔަހޫދީން މިހާރު ދަނީ އިންޒާރު ދިނުމެއްނެތި ފަލަސްޠީނުގެ ޢާންމުން ދިރިއުޅޭ ގެތަކަށް އެއްވެސް ހަމައެއް ނެތި ބޮމުގެ ހަމަލާތައް ދެމުންކަމަށް ބައިނަލް އަޤްވާމީ ބައެއް މީޑިއާތަކުން ދަނީ ބުނަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.