ކްރިމިނަލް ކޯޓު ބޭރު/ ފޮޓޯ: އަވަސް
ހަބަރު
21 Oct 2023 | 17:03
ފޭރިގެން ކޯޓަށް ގެންދިޔަ މީހާ އަމިއްލައަށް އެދުނީ ވީހާވެސް ގިނަ ދުވަހަށް ބަންދުކޮށްދޭން!

ފޯނެއް ފޭރިގަތް މައްސަލައިގައި ހައްޔަރުކުރި އުމުރުން 60 އަހަރުގެ މުހައްމަދު ވަހީދު ބަންދު މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ގެންދިއުމުން ކުށަށް އިއުތިރާފުވެ އޭނާ ވީހާވެސް ގިނަ ދުވަހަށް ބަންދުގައި ބަހައްޓައިދިނުމަށް އަމިއްލައަށް އެދިއްޖެ އެވެ. 

މުހައްމަދު ވަހީދަކީ މަސްތުވާތަކެއްޗާއި ވައްކަމާއި ފޭރުމުގެ ކުށުގެ ރިކޯޑެއް އޮތް މީހެކެވެ. 

ފޯނު ފޭރިގަތް މައްސަލައިގައި ކޯޓަށް ހާޒިރުކުރުމުން އަމިއްލައަށް ކުށަށް އިއުތިރާފުވެ މުހައްމަދު ވަހީދު ބުނީ ފޯނު ފޭރިގަތީ މާލޭގައި ހުންނަ ކޮންމެވެސް ޕާކެއް ކައިރިން ކަމަށެވެ. އެކަން ކުރީ ފައިސާ ބޭނުންވާތީ ކަމަށާއި، އޭނާ އަކީ މަސްތުވާ އެއްޗިއްސަށް "ދެވިހިފާފައިވާ" މީހެއްކަމަށް އޭނާ ވަނީ ކޯޓުގައި ބުނެފަ އެވެ. 

އޭގެ އިތުރުން މަސްތުވާތަކެއްޗާއި ގުޅުންހުރި މައްސަލަތުގައި އޭނާ ޝާމިލުވާތީ އާއިލާއިން ވެސް އޭނާ އާއި ގުޅުން ބާއްވަން ބޭނުން ނުވާކަމަށް މުހައްމަދު ވަހީދު ބުންޏެވެ. އެކަންކަން ހާމަކޮށް އޭނާ ވަނީ ކޯޓުގައި ވީހާ ވެސް ގިނަ ދުވަހަކަށް އޭނާ ބަންދުކޮށްފައި ބެހެއްޓުމަށް އާދޭހާއެކު އެދިފައެވެ. 

ފުލުހުން ވަނީ އޭނާގެ މައްޗަށް ފޭރުމުގެ ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފަ އެވެ. މިއަހަރު އެކަނި ވެސް ހައްޔަރުގެ ބޮޑު ރެކޯޑެއް އޮތް ކަމަށް ކޯޓު އަމުރުގައި ފާހަގަ ކޮށްފައިވެ އެވެ.

ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް ވަނީ 30 ދުވަސް ދީފައެވެ. 

މި ފަހަކަށް އައިސް ފުރަމާލޭގެ މަގުތަކަކުގައި މަސްތުވާއެއްޗެހި ވިއްކުމާއި ވައްކަމާއި ފޭރުމުގެ ކުށްތައް އިތުރުވަމުންދާކަން ފާހަގަކޮށްލެވެއެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާލާއިރުވެސް އަހަރުން އަހަރަށް މިފަދަ ކުށްތައް އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.