ރަފާހް ބޯޑަރު ހުރަސްކޮށް އެހީގެ ގާފިލާތައް ވަންނަނީ. ފޮޓޯ:އޭއެފްޕީ
ދުނިޔެ
21 Oct 2023 | 17:11
ރަފާހް ބޯޑަރު ހުރަސްކޮށް އެހީގެ ގާފިލާތައް ވައްދަން ފަށައިފި

ފަލަސްޠީންގެ ޣައްޒާއާއި މިޞްރާއި ގުޅުވައިދޭ ރަފާހް ބޯޑަރު ހުރަސްކޮށް އެހީގެ ގާފިލާތައް ޣައްޒާއަށް އެތެރެއަށް ވައްދަން ފަށައިފިއެވެ.

އިންސާނީ ހައްޤުތަކަށް މަސައްކަތް ކުރާ ބައިނަލް އަޤްވާމީ ޖަމިއްޔާ އެއް ކަމަށްވަ ރެޑްކްރޮސެންޓުން ރަފާޙް މަގުން ޣައްޒާއަށް ވެއްދި އެހީގެ ގާފިލާގައި ހިމެނެނީ އެހީގެ ތަކެއްޗާއި އެކު ވާ 20 ޓްރަކެކެވެ.

ރަފާހް ބޯޑަރު ކައިރީގައި 200 އެއްހާ ޓްރަކް އެހީގެ ތަކެއްޗާއި އެކު ވަނީ ޖަމާވެފައެވެ. އެހުރިހާ އުޅަނދުތަކެއް އެތަނަށް ޖަމާވެފައި އެޮތް އިރު އިޒްރާއިލްގެ ޔަހޫދީން ޣައްޒާއަށް އެތެރެވުމަށް ހުއްދަދިނީ އެންމެ 20 ޓްރަކަކަށެވެ.

އެގާފިލާ ތަކުގައި ހިމެނެނީ ބޭހާއި، ބޭސްފަރުވާ ކުރުމަށް ބޭނުންކުރާނެ ވަސީލަތްތަކެވެ. އަދި ކޮންމެ ވެސް ވަރަކަށް ކާބޯތަކެތިވެސް ވަނީ ހިމަނައިފައެވެ.

ހޮސްޕިޓަލްތަކަށް ކަރަންޓު ދިނުމަަށް ތެލައް ބޭނުން ވެފައިމިވާ ދަނޑިވަޅުގައި އިޒްރާއިލުން ވަނީ އެހީގެ ގާފިލާތަކުގައި ތެޔޮ ހިމެނުން މަނާކޮށްފައެވެ.

ޒަޚަމްވީ މީހުންނަށް ފަރުވާދޭން ހުރި ގިނަ ހޮސްޕިޓަލްތައް ވަނީ ފުރިފައެވެ. ބައެއް ހޮސްޕިޓަލް ތަކުގައި ކަރަންޓެއް ނެތެވެ. ގިނަ ޢަދަދެއްގެ މެޑިކަލް ފެސިލިޓީތައް ހިންގޭނެ ގޮތް ނެތިގެން ބަންދުކޮށްފައިވެސް ވެއެވެ.

މިމަހުގެ 7ވަނަ ދުވަހު އިޒްރާއިލުން ޣައްޒާއަށް ހަމަލާދޭން ފެށިފަހުން ޝަހީދުވި މީހުންގެ ޢަދަދު 4000 މައްޗަށް ގޮސްފައިވާއިރު، ޒަޚަމްވި މީހުންގެ ޢަދަދު އެތައް ހާހަކަށް ވަނީ އަރައިގެން ގޮސްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.