ޖެނީންގެ މިސްކިތަށް ދެވުނު ހަމަލާ-- ފޮޓޯ/ރޮއިޓާސް
ހަބަރު
22 Oct 2023 | 13:20
ފަަލަސްޠީން އިޒްރާއިލް ހަނގުރާމަ: ޖެނީންގައި ހުންނަ މިސްކިތަކަށް އަމާޒުކޮށް ހަމަލާދީފި

ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި އޮންނަ ޖެނީން ރެފިޔުޖީ ކޭމްޕްގައި ހުންނަ މިސްކިތަކަށް އަމާޒުކޮށް އިޒްރާއިލްގެ ޔަހޫދީން ހަމަލާދީފިއެވެ.

އަލް އަންޞާރް މިސްކިތައް އަމާޒުކޮށް ދިން ހަމަލާގައި ޝަހީދުވެފައިވަނީ ދެމީހެއް ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެެވެ. އެމިސްކިތަށް އަމާޒުކޮށް ދިން ހަމަލާއަށްފަހު އިޒްރާއލްގެ ޔަހޫދީން ބުނެފައިވަނީ އެމިސްކިތަށް އަމާޒުކޮށްދިން ހަމަލާއަކީ އެމިސްކިތުގެ ދަށުގައި ހެދިފައިވާ ޓަނަލް ގައި ތިބި ހަނގުރާމެވެރިންނަށް އަމާޒުކޮށް ދިން ހަމަލާއެއްކަމަށެވެ.

ޖެނީން ރެފިޔުޖީ ކޭމްޕަށް އަމާޒުކޮށް ދިން ހަމަލާތަކުގެ ސަބަބުން އެތައް ބަޔަކު ޒަޚަމްވެ ފަރުވާ ދޭން ޖެހިފައިވާ ކަމަށް މެޑިކަލް އޮފިސަރުންނާއި ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވެއެވެ.

މިސްކިތަށް ދިން ހަމަލާގެ އިތުރުން އިޒްރާއިލްގެ ޔަހޫީދީން ވަނީ ޣައްޒާގެ ރަފާހްގެ ޢާންމުން ދިރިއުޅޭ ގޭގެއަށް އަމާޒުކޮށް ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގެ ސަބަބުން އެތައް ކުޑަކުދިންނަކަށް ވަނީ އަނިޔާވެފައެެވެ. އޮކްޓޫބަރު 7 ވަނަ ދުވަހު ފެށި ހަމަލާތަކަށް މިއަދަށް 16 ދުވަސް ވީއިރު، މިއަދުގެ ހެނދުނަށް ވެސް ފަލަސްޠީނުގެ ރައްޔިތުން މަރުޙަބާ ކިޔައިފައިވަނީ ގިނަ ޢަދަދެއްގެ ޝަހީދުންގެ ހަށިތަކާއި އެކުއެވެ.

ހަމަލާތަކަށް 16 ދުވަސް ވެފައިވާއިރު ޝަހީދުވި މީހުންގެ ޢަދަދު 4000 މައްޗަށް އަރައިގެން ވަނީ ގޮސްފައެވެ. އެކިވަރުގެ އެކި ޒަޚަމްތައް ލިބުނު މީހުންގެ ޢަދަދު 15000 އަށް އެރުމާއި ވަނީ ގާތްވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.