ވިނަރެސް ފުލެޓް
ހަބަރު
22 Oct 2023 | 16:36
ވިނަރެސް ފުލެޓްތަކަށް ދައްކަންޖެހޭ އިންޓްރެސްޓް ރޭޓް 6% އަށް ކުޑަކޮށްފި!

ވިނަރެސް ފްލެޓްތަކަށް ދިގު މުއްދަތަށް ބަހާލައިގެން ފައިސާދައްކާ ފަރާތްތައް ދައްކަން ހަމަޖެހިފައިވާ އިންޓްރެސްޓް ރޭޓް 6% އަށް ކުޑަ ކޮށްފިއެވެ. 

ދިގު މުއްދަތަކަށް ބަހާލައިގެން ވިނަރެސް ފްލެޓްތަކަށް ކުލިދައްކާ ފަރާތްތަކަށް ކުރިން ކަނޑައެޅިފައިވަނީ %9 އިންޓަރެސްޓް ރޭޓެކެވެ. އެހެން ނަމަވެސް މިހާރު އެ ރޭޓް 6% އަށް ކުޑަކުރެވިފައިވާ ކަމަށް އާބަންކޯއިން ވަނީ ބުނެފައެވެ. މީގެ ސަބަބުން ދިގު މުއްދަތަކަށް ބަހާލައިގެން ކުލި ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމުގައި ލުއި ވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. 

އާބަންކޯއިން ބުނީ، މި ބަދަލު ގެނެވިފައިވަނީ ހަމައެކަނި ދިގު މުއްދަތައް ބަހާލައިގެން ފައިސާދައްކާ ފަރާތްތަކަށް އެކަނި ކަމަށެވެ. 

ވިނަރެސް އަކީ ހުޅުމާލެ ފޭސް 2 ގައި އާބަންކޯއިން ތަރައްޤީކުރަމުން އަންނަ މެދު ފަންތީގެ ބޯހިޔާވަހިކަމުގެ މަޝްރޫއުއެކެވެ. މި މަޝްރޫއު އަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި މާލެ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ފެއްޓެވި މަޝްރޫއުއެކެވެ.

މި މަޝްރޫއުގައި ޖުމްލަ 1344 އެޕާޓްމަންޓް ހިމެނޭގޮތަށް ޖުމްލަ 10 ޓަވަރު ހިމެނެއެވެ. އަދި މިތަނުގައި 2 ވައްތަރެއްގެ އެޕާޓްމަންޓް ހިމެނެއެވެ. 902 އަކަފޫޓު އަދި 883 އަކަފޫޓު ހިމެނޭ މި އެޕާޓްމަންޓް ތަކުގައި 3 ކޮޓަރި އަދި 3 ފާހަނާ އަދި ބެލްކަނީ ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Jul 2026
ލޯންޗަކާއި ދޯންޏެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް، ތިން މީހަކަަށް އަނިޔާ
އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވި އެވެ. ނަމަވެސް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެ އެވެ. އެ މީހުން ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުންނެވެ.
09 Jul 2026
ޑރ. ފަޒުނާ ނިޔާވުން: ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އަދި މަރްޙޫމާ ޑރ. އާމިނަތު ފަޒްނާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި ލެހެއްޓެވުން އެދި ދުއާ ކުރައްވާފައިވެ އެވެ.
09 Jul 2026
"ޑޮލަރެެއް ނެތް" ނަމުގައި އެމްޑީޕީން ޕެނަލް ޑިސްކަޝަނެއް
ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވާނީ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އީވާ އަބްދުالله އާއި ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އިލްޔާސް ލަބީބެވެ.
09 Jul 2026
ތިނަދޫ "ޖަޒީރާ" ބޯޓް ގިނަ އަދަދެއްގެ މުދަލާއެކު އަޑިއަށް, ބައެއް ތަކެތި އޮޔާ ދަނީ
އެމްއެންޑީއެފުން ވަނީ ބައެއް ތަކެތި އޮޔާ ދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުކަން ދިނުމަށް އިލްތިމާސްކުރަމެވެ.
09 Jul 2026
އޯޓިޒަމް ދެނެގަތުމަށް ހާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރު ނިޔާވެއްޖެ
ޑރ. ފަޒްނާ ނިޔާވީ ކެންސަރު ބަލީގަައި ކަމަށް އެނގިފައިވެ އެވެ. އުމުރުން 47 އަހަރުގެ ޑރ. ފަޒުނާ ހިމެނުނީ އޯޓިޒަމް ދެނެގަތުމަށް ހާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރުގެ ގޮތުގަ އެވެ.
09 Jul 2026
ފަހުން ފައިސާ ދައްާގޮތަށް ފުލުހުންނަށް އެއާ ޓިކެޓް ދޭނޭ ބަޔަކު ހޯދަނީ
09 Jul 2026
ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި
އަތުލައިގަތް ތަކެތީގެ ތެރޭގައި ހިމެނެނީ، ސިންތެޓިކް ކެތިނޯން އެވެ
09 Jul 2026
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސްދެއްވާ ހާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަނީ
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މިއަހަރުވެސް ދެއްވުމަށް ހަމަޖެހިފައިވަނީ، ހަތަރު ގިންތިއަކުންނެވެ