25 Feb 2019 | 09:14
ކިމް ކާރޑޭޝިއަންގެ ދަރިފުޅު ނޯތް، އެންމެ 5 އަހަރުގައި މެގަޒިން ކަވަރަކުން!

ކިމް ކާރޑޭޝިއަން އަށް މަންމަ އަދި ރެޕް ސުޕާރސްޓާރ ކާންޔޭ ވެސްޓް އަށް ބައްޕަ ކިޔާ ނޯތް ވެސްޓް އަކީ އެއްވެސް ޙާލެއްގައި އާދައިގެ ކުޑަ ކުއްޖެއް ނޫނެވެ.

އުފަން ދުވަހުންސުރެވެސް ކެމެރާތަކާ ރައްޓެހިކޮށް ބޮޑުވެގެން އައި ނޯތް އަށް މިހާރު 5 އަހަރު ވެފައިވާއިރު، ނޯތް މީގެ ކުރިން ވަނީ ކާރޑޭޝިއަން-ވެސްޓް އާއިލާގެ އެކި ފަރާތްތަކާއި އެކު ބައިނަލްއަޤްވާމީ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ 2 މެގަޒީން އެއް ކަމަށްވާ "އިންޓަރވިއު" އަދި "ހާރޕާރސް-ބަޒާރް" އިން ދައްކާލާފައެވެ. އެންމެފަހުން ތުއްތު ނޯތް މުޅި ދުނިޔެއަށް ފެނިލާފައި މިވަނީ، އެކަނި މާ އެކަނި، އޭނަގެ މަންމަ ކިމް ސްޓައިލް ކޮށްދިން ލުކް އަކާއި އެކު "ބިއުޓީ އިންކް" މެގަޒީންގެ ކަވަރު ދިއްލާލުމުގެ ތެރެއިންނެވެ.

މެގަޒީން ކަވަރެއްގައި އެކަނި ހިފަހަށްޓާލުމަކީ މުނިފޫހިފިލުވުމުގެ ދާއިރާގައި ޙަރަކާތްތެރިވާ ތަރިންގެ ތެރެއިންވެސް ކޮންމެ ކޮންމެ މީހަކަށް ކުރަން ކުޅަދާނަކަމެއް ނޫނެވެ. ސަބަބަކީ، މެގަޒިން އެއްގެ ކަވަރަކުން ދައްކާލާ ފަންނާނުންނަކީ، އެމީހުންގެމަޤްބޫލުކަމުގެ ބަރުދަނުގައި މުޅި މެގަޒީން އާންމުންނަށް ވިއްކަންޖެހޭ ފަރާތްތަކަކަށް ވާންޖެހުމެވެ.

އުމުރުން އެންމެ 5 އަހަރުގެ ނޯތް "ބިއުޓީ އިންކް" މެގަޒީންގެ ކަވަރުން ފެނިގެންދިޔުމަކީ، އާންމުންގެ މެދު ނޯތް ގެ މަޤުބޫލުކަން އަރައިގެންގޮސްފައިވާ މިންވަރު ދައްކުވައިދިނުމުގެ އިތުރުން، ކެމެރާތައް ކުރިމަތީ މަސައްކަތްކުރުމުގައި ނޯތްގެ ހުނަރު ހާމަކޮށްދޭކަމެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މި މެގަޒިންގެ ކަވަރުގެ އިތުރުން، މެގަޒިންގެ އެތެރޭގައިވެސް ނޯތް ގެ ޙާއްސަ ފޮޓޯޝޫޓްތަކެއް ހިމެނިފައިވެއެވެ.

ނޯތް އަކީ ކިމް އާއި ކާންޔޭ އަށް ލިބުނު ފުރަތަމަ ދަރިފުޅެވެ. އަދި އުފަން ދުވަހުންސުރެވެސްސ ގިނަ ކުޑަކުދިންނެއްގެ އިތުރުން ބޮޑެތި މީހުންގެ ސަމާލުކަން ނޯތްގެ ދިރިއުޅުމަށް ވަނީ ހުއްޓިފަކަން ފާހަގަކޮށްލެވެއެވެ. އެމެރިކާގެ އެންމެ މަޤްބޫލު އެއް އާއިލާ ކަމަށްވާ ކާރޑޭޝިއަން އާއިލާތެރެއަށް އުފަން ނޯތް ބޮޑުވެގެން އައިސްފައިވަނީ، މީޑިއާ އާއި ކެމެރާތަކާއި އާދަޔާ ޚިލާފަށް ރަށްޓެހިކޮށް، މޮޑެލިންގެ ހުނަރުތަކެއް ވެެސް އޭނާގެ ފޭނުންނަށް ދައްކުވާލަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ޣައްޒާއަކީ މި ޒަމާނުގެ އެންމެ ލާއިންސާނީ ޖަލު ކަމަށް އެރުދޮޣާން ސިފަކޮށްފި
ބައްޕައެއް އަދި ކާފައެއްގެ ހައިސިއްޔަތުން ވާހަކަދައްކަވަމުން އެރުދޮޣާން ވިދާޅުވީ ޣައްޒާއަކީ ދުނިޔޭގައި ކުޑަކުދީންގެ އެންމެ ބޮޑު ޤަބުރުސްތާނު ކަމަށާއި ގުނަވަން ބުރިވެފައިވާ ކުޑަކުދީން ދުނިޔޭގެ ނިސްބަތުން އެންމެ ގިނައީ ވެސް ޣައްޒާގައި ކަމަށެވެ. ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި އިސްރާއީލުގެ ޢަސްކަރިއްޔާއިން 74,000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް އެރުދޮޣާން ވިދާޅުވިއެވެ.
22 Sep 2026
އިމާމުންނާއި ހަތީބުންނަށް ހާއްސަ ހެދުމުގެ ނަކަލެެއް; ހިޔާލަށް ހުޅުވާލައިފި
މިނިސްޓަރު ވިދާޅުވީ މިއީ އަދި ފުރަތަމަ ސްޓޭޖުގައިވާ ކަމެއް ކަމަށާ މިކަން ނިމިގެންދާން ބޭނުންވަނީ ވީހާވެސް ގިނަ ހިޔާލުތަކާއިއެކު އުފެދޭ ނަތީޖާއެއްގެ މައްޗަށް ކަމަށެވެ.
22 Sep 2026
ފީނަންގޮސް އުޅުނު ޒުވާނަކު ނިޔާވެއްޖެ
22 Sep 2026
ޓްރަމްޕް ތަޤުރީރު ކުރަން ފެށުމުން އީރާނުގެ ވަފުދު ޖެނެރަލް އެސެމްބްލީ ދޫކޮށް ނިކުމެއްޖެ
އދ. ގެ ޢާންމު މަޖިލީހުގެ އަހަރީ ބައްދަލުވުމަށް ދުނިޔޭގެ ޤައުމުތަކުގެ ވެރީން ނިއު ޔޯކަށް ޖަމާވާއިރު ފަލަސްތީނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ފާއިތުވެދިޔަ އަހަރުތަކުގައި ވެސް އީރާނުގެ ވަފުދުން ވަނީ ޖެނެރަލް އެސެމްބްލީ ދޫކޮށް ހޯލުން ނިކުމިފައެވެ. އަދި މިފަހަރުވެސް އެކަން ވަނީ ތަކުރާރުކޮށްފައެވެ.
22 Sep 2026
ޖަލަށް ލެވޭ މީހުން ވަނީ ގިނަ. ކުރިއަށް އޮތްތަނުގައިވެސް ވާނީ އިތުރު
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީޕީ ވިދާޅުވީ ޖަލުތަކުގެ ޖާގަ އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް 400 އެއްހާ ޖާގަ އިތުރުކުރެވިފައިވާ ކަމަށެވެ. އަދި ކައިރި މުސް ތަޤްބަލެއްގައި 300އަށް ވުރެ ގިނަ ޖާގަ އިތުރު ނުކުރެވިއްޖެނަމަ ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
22 Sep 2026
އެންމެ ގިނައިން ހޭދަ ކުރަންޖެހެނީ ބިހޭވިއަރ ތެރަޕީއަށް
ނިމިދިޔަ އޮގަސްޓް މަހު އެކަނިވެސް ތަފާތު އެކި ތެރަޕީތަކަށް އެންސްޕާއިން ޖުމްލަ 8.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އޭގެ ތެރެއިން 2.7 މިލިއަން ރުފިޔާ ހޭދަވެފައިވަނީ ބިހޭވިއަރ ތެރަޕީތަކަށެވެ
22 Sep 2026
އީގަލް ހިލްސް މަޝްރޫއުއިން ރަސްމާލެ ވެގެންދާނީ ޒަމާނީ އިންޓަގްރޭޓެޑް ސިޓީއަކަށް
މިނިސްޓަރު ވިދާޅުވީ 500 ހެކްޓަރުގެ ސަރަޙައްދެއްގައި ތަރައްޤީކުރާ މި މަޝްރޫޢުގައި ތިން ރިސޯޓާއި ތަފާތު ފެންވަރުގެ ޕްރޮޕަޓީ ހިމެނޭ ޓައުންތައް ހެދުމުގެ އިތުރުން ބައިނަލްއަޤުވާމީ ފެންވަރުގެ ސްކޫލްތަކާއި ހޮސްޕިޓަލްތައް ވެސް ބިނާކުރާނެ ކަމަށެވެ
22 Sep 2026
ރައީސް ޔާމީނުގެ ޝަރީއަތުގެ އަޑުއެހުން ފަސްކޮށްފި
އެ އަޑުއެހުން ކެންސަލް ކުރީ ދައުލަތުގެ ފަރާތުން މައްސަލައިގައި ހާޒިރުވާ ވަކީލުން ބަލިވެ އުޅޭ ކަމަށް ބުނެ ދައުލަތުން އެދުމުންނެވެ. ފުއްގިރި ކުއްޔަށް ދިނުމާ ގުޅޭ މި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ގަބޫލު ކުރެއްވުމާއި ފައިސާ ލޯންޑާ ކުރެއްވުމުގެ ދައުވާއެވެ.