އިޒްރާއިލުން ޣައްޒާއަށް ބޮން އަޅަނީ.ފޮޓޯ: ޤުދުސް ނެޓްވޯކް
ދުނިޔެ
23 Oct 2023 | 11:05
ފަަލަސްޠީން އިޒްރާއިލް ހަނގުރާމަ: ޖަބަލިޔާ ރެފިޔުޖީ ކޭމްޕަށް ހަމަލާދީ 30 މީހުން ޝަހީދު ކޮށްލައިފި

އިޒްރާއިލުން ހުއްޓުމެއްނެތި ފަލަަސްޠީނަށް ދެމުންދާ ހަމަލާތަކުގައި ޣައްޒާގައި އޮންނަ ޖަބަލިޔާ ރެފިޔުޖީ ކޭމްޕަށް ހަމަލާއެއްދީ 30 މީހުން ޝަހީދު ކޮށްލައިފިއެވެ.

ހަމަލާއަމާޒުވެގެން ހަލާކުވި އިމާރާތުގެ ދަށުން މަރުވެފައިވާ 30 މީހެއްގެ ހަށިގަނޑު ނެގިފައިވާ ކަމަށާއި އޭގެ ތެރޭެގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް ފަަލސްޠީނުގެ ސިވިލް ޑިފެންސުން ބުނެފައިވެއެވެ.

ފަލަސްޠީނުގެ ޚާރީޖީ ވުޒާރާއިން ބުނެފައިވަނީ އޮކްޓޫބަރު 7ގެ ހަމަލާތައް ފެށުނު ފަހުން ޣައްޒާގައި އޮންނަ އެންމެ ބޮޑު އަށް ރެފިޔުޖީ ކޭމްޕްގައި ހުންނަ މީހުން ދިރިއުޅޭ ޢިމާރާތްތަކަށް އިޒްރާއިލްގެ ޔަހޫދީން ބޮންއަޅައި ފައި ވާ ކަމަށެވެ.

ޖަބަލިޔާ އަށް ދިން ހަމަލާގައި 27 މީހަކު ވަނީ ޒަޚަމްވެ ފަރުވާއަށް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

ޒަޚަމްވެގެން ފަރުވާ ދޭން ޖެހޭ މީހުންގެ ޢަދަދު ކޮންމެ ދުވަހަކު މަތިވަމުން އަންނަ އިރު ހޮސްޕިޓަލު ތައް ދަނީ މީހުންނަށް ފަރުވާ ދިނުމަށް ދަތިވާ ދަރަޖައަށް ވެއްޓެމުންނެވެ.

ޣައްޒާގެ އިންދޮނީސީ ހޮސްޕިޓަލުން ބުނެފައިވަނީ އެހޮސްޕިޓަލުން ވަނީ ބޭހާއި ބޭސްވެރިކަމަށް ބޭނުންވާ ތަކެއްޗަށް އިންތިހާއަށް ޖެހިފައިކަމަށެވެ.

ފަލަސްޠީނުގެ މިނިވަން ކަމަށްޓަކައި ހަނގުރާމަ ކުރާ ޖަމާޢަތަކުން އޮކްޓޫބަރު 7ވަނަ އަށްވީ ދުވަހު އިޒްރާއިލުން ފަލަސްޠީނުގެ ބިމުން ގަދަކަމުން ފޭރިގަނެފައިވާ ސަރަހައްދަށް ދިން ހަމަލާތަކެއްގެ ރައްދެއް ކަމަށް ބުނެ ފަަލަސްޠީނުގެ ރައްޔިތުންނަށް އިޒްރާއިލުން ހަމަލާދޭތާ 17 ދުވަސް ވަނީ ވެފައެވެ.

އިޒްރާއިލްގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްޠީނުގެ މީހުންގެ ޢަދަދު 5000 އަށް އެރުމާއި ގާތްވެފައިވާއިރު ޒަޚަމްވި މީހުންގެ ޢަދަދު ގާތްގަނޑަކަށް 15000 ވަނީ އަރައިފައެވެ.

ޝަހީދުންނާއި ޒަޚަމްވި މީހުންގެ ތެރޭގައި އެންމެ ބޮޑު ޢަދަދެއް ޚިއްސާ ކުރަނީ ކުޑަކުދިންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.