މެމްބަރު އިލިޔާސް ލަބީބު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
23 Oct 2023 | 12:30
ސަރުކާރާއި ހަވާލުވިއިރު ވެސް ފެނަކައިގެ ދަރަނި ބިލިއަނަކަށް އަރާފައިވާކަމަށް ބުނެ ހަދަނީ ދޮގު: އިލިޔާސް

2018 ވަނަ އަހަރު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީން) ވެރިކަމާއި ހަވާލުވިއިރު ވެސް ސަރުކާރުގެ ފެން ކުންފުނި ފެނަކައިގެ ދަރަނި 1.2 ބިލިއަނަށް އަރާފައިވާކަމަށް ބުނެ އެ ޕާޓީގެ މެމްބަރުން ހަދަމުންދަނީ އިތުރުފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބު ވިދާޅުވެއްޖެ އެވެ. 

ސަރުކާރު ކުންފުނިތަކުގެ ދަރަނި ހުރި މިންވަރާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އިލިޔާސް ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުގެ ސަރަނި ހުރި މިންވަރު ހާމަވާން ފެށުމުން، އެއީ ސަރުކާރާއި ހަވާލުވިރުވެސް ހުރި ދަރަނިތަކެއްކަން ސިފަކޮށް ބައެއް މެމްބަރުން ވާހަކަދައްކަވަމުންދާ ކަމަށެވެ. 

އެގޮތުން ސަރުކާރާއި ހަވާލުވިއިރުވެސް ދަރަނި އެއްބިލިއަނަށްވުރެ މައްޗަށް ގޮސްފައިވާކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ވާހަކަދައްކަވަމުންދާ ކަމަށާއި، އެހެން ނަމަވެސް އެއީ ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމަށްޓަކައި ކަނޑައެޅިގެން ހައްދަވަމުންދާ އިތުރުފުޅުތަކެއް ކަމަށް އިލިޔާސް ވިދާޅުވި އެވެ. 

އޭގެ އިތުރުން އިލިޔާސް ވަނީ ރައީސް ޔާމިނުގެ ސަރުކާރު ނިމުނު އިރު ފެނަކައިގެ ދަރަނި ހުރި މިންވަރާއި މިހާރު ދަރަނި އިތުރުވެފައިވާ މިންވަރުގެ ތަފްސީލުތައް ވެސް ހާމަކުރައްވާފަ އެވެ. 

"2018 ވަނަ އަހަރު އޮޑިޓާޖެނެރަލް ހައްދަވާފައިވާ އޮޑިޓް ރިޕޯޓު އޮންނާނެ. 679 މިލިއަން ފެނަކައިގެ ދަރަންޏަކީ. 1.2 ބިލިއަން ރުފިޔާ ފެނަކައިގެ ދަރަނި މި ސަރުކާރު ހަވާލުވއިިރު އޮތްކަމަށް ބުނެ އެއީ ކަނޑައެޅިގެން އޮޅުވާލުމަށް ދައްކާ ދޮގު ވާހަކައެއް"

ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބް

އިލިޔާސް ވިދާޅުވީ ފެނަކައިން ސަރުކާރުގެ އިތުރު ކުންފުނިތަކަށް ވެސް ދަރާފައިވާ ކަމަށެވެ. ފެނަކައިން ލާރިދޭންޖެހޭ ބައެއް ކުންފުނިތައް ވެސް މިހާރު ބަނގުރޫޓުވެފައިވާކަމަށް އިލިޔާސް ވިދާޅުވި އެވެ. 

އޭގެ އިތުރުން އިލިޔާސް ވިދާޅުވީ ފެނަކައިގެ ދަރަނިތައް ކުޑަކޮށް، މީހުންނަށް ދޭން ޖެހޭ ފައިސާ ދިނުމުގެ ބަދަލުގައި، އެމީހުން ޚަރަދުކުރަމުންދަނީ ވަކި ކުންފުނިތަކަކަށް ކަން ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ. މުޅި ކުންފުނި ބޭނުން ކުރެވެމުންދަނީ ވަކި ބަޔަކަށް މަންފާ ހޯދައިދޭ ތަނެއްގެ ގޮތުގައި ކަން ފާހަގަކުރައްވާ އިލިޔާސް ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ވެސް ހިއްސާކުރައްވާފަ އެވެ. 

ކޮމެންޓް
ސ
ތިހުރީ ރައީސް ކަމުގަ ނުވެސް ހޮވޭނެ މެންބަރުކަމަށް
23 Oct 2023
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.