ހަބަރު
23 Oct 2023 | 13:45
"ވާޖިން އެޓްލާންޓިކް" ގެ އުދުހުންތައް ރާއްޖެއަށް ފަށައިފި!

އިނގިރޭސިވިލާތުގެ "ވާޖިން އެޓްލާންޓިކް" ގެ އުދުހުންތައް މިއަދު ރާއްޖެއަށް ފަށައިފި އެވެ. 

އިނގިރޭސި ބިލިއަނަރު ރިޗަޑް ބްރޭންސަންގެ މި އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމާއި ގުޅޭގޮތުން، އެމްއޭސީއެލް އިން މިކަމާއި ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ވާޖިން އެއާލައިންއިން މިއަދުން ފެށިގެން ހަފުތާއަކު ތިން ފްލައިޓް ރާއްޖެއަށް ބާއްވައި ދޭނެ އެވެ. 

މިއަދު އޮތް އެ އެއާލައިންގެ ފުރަތަަމަ ފްލައިޓް ރާއްޖެ އައިސްފައި ވަނީ އިނގިރޭސި ވިލާތުގެ ހީތްރޯ އެއާޕޯޓުން 200 އަށްވުރެ ގިނަ ފަތުރުވެރިންނާއި އެކު މިއަދު ހެނދުނުގެ 7:40 ކަންހާއިރުގައެވެ.  

މިކަމާއި ގުޅިގެން އެމްއޭސީއެލްގެ ސީއީއޯ މަހުޖޫބު ޝުޖާއު ވިދާޅުވީ، މިއީ އިނގިރޭސިވިލާތާއި ރާއްޖެއާއި ދެމެދުގެ ވައިގެ ދަތުރުތަކަށް ލިބުނު ފާހަގަކޮށްލަންޖެހޭ ވަރުގެ ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި، ވާޖިން އެއާލައިންއާއި އެކު ވެވުނު ޕާޓްނާޝިޕް ގެ ދަށުން ފަސިންޖަރުންނަށް ހިތްހަމަޖެހޭ ދަތުރުތަކެއް ކުރުމުގެ މަގު ފަހިވެގެންދާނެ ކަމަށްވެސް މަހުޖޫބު ވިދާޅުވި އެވެ. 

އިނގިރޭސި ވިލާތުގެ ހީތްރޯ އިން ރާއްޖެއަށް މިފެށުނު ދަތުރު ތަކާއި ގުޅިގެން، އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކެރޮން ރޮސްލާ ވަނީ، އެ ގައުމުގެ ފަތުރުވެރިންނަށް އެންމެ ކަމުދާ އެއް މަންޒިލަކީ ދިވެހިރާއްޖެކަން ފާހަގަކުރައްވާފައެވެ. އަދި ދިވެހިރާއްޖެއަށް ތިންވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމަކީ ވެސް އިނގިރޭސި ވިލާތް ކަން ފާހަގަކުރައްވައި ކެރޮން އިތުރަށް ވިދާޅުވީ، މިއަދު ފެށުނު ދަތުރު ތަކާއި އެކު ރާއްޖޭގެ އިގްތިސާދަށް ފައިދާގެ، ދެގައުމުގެ ދެމެދުގައި ދަތުރު ފަތުރުކުރަންވެސް ފަސޭހަވެގެންދާނެ ކަމަށެވެ. 

ވާޖިން އެޓްލާންޓިކްގެ ފެށި މި ދަތުރުތަކުގައި އެ އެއާލައިނުން ބޭނުން ކުރާނީ ބޯއިން 787 މަރުކާގެ ބޯޓެވެ. އެ ބޯޓުގައި އަޕާ ކްލާސްގެ 31 ސީޓާއި ޕްރީމިއަމް ކްލާސްގެ 35 ސީޓާއި އިކޮނޮމީ ކްލާސްގެ 192 ސީޓު ހުރެއެވެ. ވާޖިން އެޓްލާޓިކްގެ އަޕާ ކްލާސްގައި ދަތުރު ކުރާ ފަރާތްތަކަށް އޮށޯވެ އޮތުމަށް އެނދެއް ލިބޭ އިރު، އޮންބޯޑް ބާއެއްގެ އިތުރުން އިށީނުމަށް ލަގްޒަރީ ގޮނޑި ވެސް ލިބޭނެއެވެ.

އިނގިރޭސި މާކެޓަކީ ރާއްޖެއަށް އެންމެ މުހިންމު އެއް މާކެޓެވެ. އަދި މިއީ އެންމެގިނަ ރިޕީޓާސް އަންނަ މާކެޓެވެ. މި މާކެޓުން މިހާތަނަށް 115,300 ޓޫރިސްޓުން އައިސްފަައި ވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ހުއްދަ ނުނަގައި މިހާރުވެސް ގިނަ ފަރާތްތަކަކުން ކެމިކަލް ވިއްކަމުންދޭ
ކެމިކަލް އިމްޕޯޓް ނުކުރި ނަމަވެސް، މާލޭގެ ބޮޑެތި ފިހާރަތަކުން ގަނެގެން ކުދި ފިހާރަތަކުގައި ވިއްކާ ފަރާތްތަކާއި، ރަށްރަށަށް ގެންގޮސްގެން ވިއްކާ ފަރާތްތަކުން ވެސް ފިހާރަ ރަޖިސްޓްރީކޮށް ހުއްދަ ނަގަންޖެހޭނެ ކަމަށް ޒިދްނާ ވިދާޅުވިއެވެ. އަދި ކުދި ބޯޓުފަހަރުގެ އިތުރުން 200 ކިލޯއަށް ވުރެ ގިނައިން ގެންގުޅޭ ފަރާތްތަކުންވެސް ހުއްދަ ނަގަންޖެހޭ
11 Oct 2026
ތިން މީހުން އަރުވައިގެން ސައިކަލް ދުއްވީ، ބަންދުގައި ހުއްޓައި ފުލުހުން ދޫކޮށްލި މީހެއް
މިފަހުން އެކްސިޑެންޓް ހިނގާފައިވަނީވެސް ކްރިމިނަލް ކޯޓުން ކުރިއަށްދިޔަ މައްސަލައެއްގައި ބަންދުގެ މުއްދަތު ހަމަނުވަނީސް ފުލުހުން އޭނާ ދޫކޮށްލާފައިވަނިކޮށެވެ. އަދި އެކްސިޑެންޓް ހިނގީ އޭނާ ދޫކޮށްލި ދުވަހުކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ. ކޯޓުން ޖެހި ބަންދުގެ މުއްދަތު ހަމަވާން އޮތީ މިމަހުގެ 16 ވަނަ ދުވަހުއެވެ.
11 Oct 2026
ޕޯޗްގަލް އެފްއޭއިން ރޮނާލްޑޯ ސަސްޕެންޑުކޮށްފި
ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަނުން މިހާރު ދަނީ ރޮނާލްޑޯއާ މެދު އަމަލުކުރާނެ ފައިނަލް ގޮތެއް ނިންމުމަށް ޑިސިޕްލިނަރީ މައްސަލަ ބަލަމުންނެވެ
11 Oct 2026
ޑިއޮމާންޑޭގެ ލަނޑާއެކު ރެއާލް މެޑްރިޑުން، ވިޔަރެއާލް ބަލިކޮށްފި
މެޗަށްފަހު ރެއާލް މެޑްރިޑް ޕޮއިންޓް ތާވަލްގެ ތިންވަނައަށް ޖެހިލިއިރު ވިޔަރެއާލް އުޅެނީ ތާވަލްގެ 10 ވަނާގައެވެ.
11 Oct 2026
މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓްނަމް ބައްދަލުކުރި ބޮޑުމެޗް އެއްވަރު
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފަހުބައި ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ
11 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ
ސައުޒީ ގެޒެޓުން މިއަދު ބުނީ ސައުދީގެ ސިވިލް އެވިއޭޝަން އޮތޯރިޓީން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސައުދީ އަރަބިއްޔާގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، މިސްރު، އުރުދުން، ސޫރިޔާ، ފަލަސްތީން އަދި ސޫދާނަށް ނިސްބަތްވާ މީހެކެވެ
11 Oct 2026
އަންހެން ދަރިންނަށް ކުރާ އިންވެސްޓްމަންޓް ވެގެންދާނީ، ފާގަތި މުސްތަގްބަލަކަށް ކުރެވޭ އިންވެސްޓްމަންޓަކަށް
އަންހެން ދަރިންގެ ކުރިއެރުމަށްޓަކައި ކުރާ ކޮންމެ ހޭދައަކާއި އިންވެސްޓްމަންޓަކީ، މުޅި މުޖުތަމައުގެ ހަމަހަމަކަމާއި އެންމެންގެ ބައިވެރިވުން ހިމެނޭ، އުޖާލާ އަދި ފާގަތި މާދަމައެއް ބިނާކުރުމަށްޓަކައި އެޅޭ އެންމެ މުހިންމު ބިންގާ
11 Oct 2026
އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި