ޑރ އަހްމަދު ޝަހީދު. ފޮޓޯ:އިންޓަރނެޓް
ހަބަރު
23 Oct 2023 | 16:38
އިޒްރާއިލް އަށް ތާއީދު ކޮށް ވީޑިއޯ ޢާންމު ކުރުމަށްފަހު ޝަހީދު ޓްވިޓާއިން ފިލައިފި

ފަލަސްޠީނުގެ މުސްލިމުންނަށް ހައްޤުނޫން އެތައް އަނިޔާތަކެއް ދެމުން އަންނަ އިޒްރާއިލަށް ތާއީދު ކޮށް ވާހަކަ ދައްކާ ވީޑިއޯ އެއް އާންމު ކުރުމަށް ފަހު ރާއްޖޭގެ ކުރީގެ ފޮރިންގ މިނިސްޓަރ ޑރ އަހްމަދު ޝަހީދު ޓްވިޓަރ އެކައުންޓް "ޑީއެކްޓިވޭޓް"ކޮށްފިއެވެ.

ޝަހީދު އިޒްރާއިލަށް ތާއީދު ކޮށް ޢާންމުކުރި ވީޑިއޯ ގައި ހަމާސް އިން އިޒްރާއިލުން ފަލަސްޠީނުގެ ބިމުން ގަދަކަމުން ފޭރިގަނެ ފައިވާ ސަރަހައްދަށް ހަމަލާ ދިނުން ކުށްވެރިކޮށްފައިވެއެވެ.

ހަމާސްއިން ދީފައިވާ ޓެރަރިސްޓް ހަމަލާ ތައް ހިޔާލަށްވެސް ނުގެނެވޭ ކަމަށާއި،  އެފަދަ ޖަރީމާތަކަށް ޖާގަ އޮވެގެން ނުވާނެ ކަމަށް ބުނެ ޝަހީދު ވާހަކަ ދައްކައިފައިވެއެވެ. އަދި މި ވީޑިއޯގައި ޝަހީދު ވަނީ އޭނާ އިޒްރާއިލަށް ތާއީދު ކުރާކަން ހާމަ ކޮށްފައެވެ.

ޝަހީދުގެ ވީޑިއޯ ޓްވިޓާގައި ޢާންމުވުމާއި އެކު ރާއްޖޭގެ ގިނަ ބަޔަކު ވަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައިވެއެވެ.

ގިނަ ބަޔެއްގެ ނުރުހުމާއި ފާޑު ކިޔުންތައް އަމާޒުވުމުން ޝަހީދު ވަނީ އެވީޑިއޯ ޓްވިޓާއިން ނަގައި އޭނާގެ ޓްވިޓަރ "ޑިއެކްޓިވޭޓް" ކޮށްލައިފައެވެ.

ފަލަސްޠީނުގެ ކުށެއް ނެތް މުސްލިމުންނަށް އަމާޒުކޮށް ގެއްލުންދެނިވި ހަމަލާތައް ދެމުން އަންނައިރު ހުޅަނގުގެ މީޑިއާތަކުން ދަނީ އެމަމްޒަރުތަކާއި އެޚަބަރުތައް ދޮގުކުރަމުންނެވެ. ހުޅަނގުން މިގޮތައް މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އެމީހުންގެ މުނާފިޤު ޢަމަލުތައް އަންނަނީ ދުނިޔެއަށް ހާމަވަމުންނެވެ.

އިޒްރާއިލްގެ ހަމަލާތަކުގައި 5000 އަކަށް ފަލަސްޠީން މީހުން ޝަހީދުވެފައިވާއިރު އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ. ބައެއް ޢިމާރާތް ތަކުގެ ދަށުން ތުއްތު ކުދިންގެ  ހަށިތަކުގެ ވަކިވަކި އެތިކޮޅުކޮޅުން ނަގާ ކޮތަޅުކޮތަޅަށް އަޅާ މަންޒަރު ދަނީ ފެންނަމުންނެވެ.

ކޮމެންޓް
ޖިހާދީ
ޓްވިޓައިން އޭނަ ފިލިޔަސް މުސްލިމުންގެ ކިބައިން އޭނައަކަށް ނުފިލޭނެއެވެ. އަހަރުމެން އޭނަ ހޯދާނަމެވެ.
23 Oct 2023
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.