ޣައްޒާއަށް ރޭ އިޒްރާއިލުން ބޮން އަޅަނީ. ފޮޓޯ: އައިއޭސީ
ދުނިޔެ
24 Oct 2023 | 08:27
"އިއްޔެ ރޭ ޣައްޒާއަށް ދިން ހަމަލާތަކަކީ މިހާތަނަށް ދިން އެންމެ ބާރުގަދަ ހަމަލާތައް"

އިއްޔެ ރޭ އިޒްރާއިލްގެ ހައްދުފަހަނަ އެޅި ޔަހޫދީން ޣައްޒާއަށް ދިން ހަމަލާތަކަކީ މިހާތަނަށް ދިން އެންމެ ބާރު ގަދަ ހަމަލާތައްކަމަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނުން ބުނެފިއެވެ.

އިއްޔެ ރޭ ޣައްޒާއަށް ދިން ހަމަލާތަކުގެ ސަބަބުން ހުރިހާ ވޮލެންޓިއަރުންނަށް ނުގުޅި ވަގުތުތަކެއް ފާއިތުވި ނަމަވެސް މިހާރު އެހުރިހާ ފަރާތްތަކާއި ގުޅިފައިވާ ކަމަށާއި، ހުރިހާ ވޮލެންޓިއަރުންގެ ޙާލުވެސް ރަނގަޅު ކަމަށް އައިއޭސީ އިން ބުނެއެވެ.

ނަމަވެސް އައިއޭސީ އާއި އެކު މަސައްކަތް ކުރައްވާ އެއް އަންހެން ވޮލެންޓިއަރެއްގެ ފިރިމީހާ އާއި ޢާއިލާގެ މެމްބަރުން ވަނީ ޝަހީދުވެފައެވެ.

އަލްޖަޒީރާގައި ބުނެފައިވަނީ އިއްޔެ ރޭ އިޒްރާއިލުން ޣައްޒާގެ ޖަބެއްލާ ރެފިޔުޖީ ކޭމްޕަށާއި އަލް ޤުދުސް ހޮސްޕިޓަލާއި އަލް ޝިފާ ހޮސްޕިޓަލް ކައިރީގެ ސަރަހައްދުތަކަށް ދިން ހަމަލާތަކުގެ ސަބަބުން 100 އެއްހާ މީހުން ޝަހީދު ވެފައިވާނެ ކަމަށެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން އިޒްރާއިލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގެ ސަބަބުން 5087 މީހަކު ޝަހީދު ވެފައިވާއިރު 14000 އަށްވުރެ ގިނަ މީހުނަށް ވަނީ އަނިޔާވެފައެވެ.

ކޮމެންޓް
މުޙައްމަދު ރަޝީދު
ވަށައިގެންވާ ޢަރަބި މުސްލިމް ޤައުމުތަކާއި ،އެއްހަށިގަނޑެއްފަދަ ޢަރަބި މުސްލިމް ތަކުން ކޮބައި ތޯ އެވެ . ؟ އިންސާނީ ޙައްޤޭ ކަރާމާތޭ ކިޔައި އަޑުއުފުލާ ބައިނަލް އަޤްވާމީ ޖާމާޢަތްތަކާއި ، އަލިފް ދާލު ފަހެ ކޮބައިތޯއެވެ.
24 Oct 2023
ގުޅޭ ލިޔުންތައް
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.