ޣައްޒަގައި ހުންނަ އިންދޮނީސީ ހޮސްޕިޓަލް.ވފޮޓޯ: އިންޓަރނެޓް
ދުނިޔެ
24 Oct 2023 | 10:07
އިންކިޔުބޭޓަރު ތަކުގައި 100 ކުދިން ތިބި އިންދޮނީސީ ހޮސްޕިޓަލުން ކަރަންޓު ކެނޑިއްޖެ

ޙާލުދެރަ 100 ކުއްޖަކު އިންކިބިޔުޓަރުގައި ފަރުވާ ހޯދަމުންދާ ޣައްޒާގެ އިންދޮނީސީ ހޮސްޕިޓަލުން ތެޔޮ ހުސްވެ ކަރަންޓު ކެނޑިއްޖެއެވެ.

ޤުދްސް ނެޓްވޯކުން ބުނެފައިވަނީ އިންދޮނީސީ ހޮސްޕިޓަލަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ޖަނެރޭޓަރަށް އަޅާ ތެޔޮ ހުސްވުމުން އެހޮސްޕިޓަލުން ކަރަންޓު އެއްކޮށް ކެނޑިފައިވާ ކަމަށެވެ.

އިންދޮނީސީ ހޮސްޕިޓަލްގައި ހާލުދެރަ 100 ތުއްތު ކުއްޖަކަށް އިންކިބިޔުޓާރގައި ފަރުވާދެމުން ދާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކުރިއަށް އޮތް ވަގުތުތަކަކީ ވަރަށް ދަތި އުނދަގޫ ވަގުތު ތަކަކަށް ވެގެން ދާނެ ކަމަށްވެސް ޤުދުސް ނެޓްވޯކްގައި ބުނެފައިވެއެވެ. 

މިޞްރު މަގުން ރަފާހް ބޯޑަރު ހުރަސްކޮށް 20 ޓްރަކްގެ އެހީގެ ސާމާނު ވައްދަން އިޒްރާއިލުން ހުއްދަ ދިން ނަމަވެސް ތެޔޮ ވެއްދުން ވަނީ މަނާކޮށްފައެވެ.

ޣައްޒާއަށް ދޫކުރާ ކަރަންޓާއި ތެޔޮ އަދި ފެން ފަދަ އަސާސީ ޚިދްމަތްތައް އިޒްރާއިލްގެ ޔަހޫދީން ހުއްޓާލައިފައިވާއިރު، އެހީ ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ދިނުމަށް އިޒްރާއިލުން އަންނަނީ ދެކޮޅު ހަދަމުންނެވެ.

ހޮސްޕިޓަލްތަކުން ކަރަންޓަށް ބޭނުންވެފައިވާއިރު އިޒްރާއިލްގެ ޔަހޫދީންގެ ހަމަލާތަކުގައު ޒަޚަމްވި އެތައް ބަޔަކު އަންނަނީ ހިޮސްޕިޓަލްތަކުން ފަރުވާ ހޯދަމުންނެވެ.

އަލް އަޙްލީ ހޮސްޕިޓަލަށް ދިން ހަމަލާއަށް ފަހުވެސް އިޒްރާއިލުން ވަނީ ޣައްޒާގެ ހޮސްޕިޓަލް ތައް ކައިރިއަށް ހަމަލާތައް ދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.