ޣައްޒާއަށް ދިްނ ހަމަލާއެއްގައި ހަލާކުވެފައިވާ ޢިމާރާތެއް. ފޮޓޯ: ޤުދުސް ނެޓްވޯކް
ދުނިޔެ
24 Oct 2023 | 11:06
ފަލަސްޠީން އިޒްރާއިލް ހަނގުރާމަ: ހަމަލާތައް ދިނުމުގައި އިޒްރާއިލުން ބޭނުންކުރަނީ އެންމެ ބާރުގަދަ ހަތިޔާރު

ފަލަސްޠީނަށް ހަމަލާދިނުމަށް އިޒްރާއިލުން ބޭނުން ކުރަމުންދަނީ އެންމެ ނުރައްކާތެރި ބާރުގަދަ ހަތިޔާރުތައް ކަމަށް ފަލަސްޠީނުގެ އިންޓީރިއާ މިނިސްޓްރީ އިން ބުނެފިއެވެ.

އެމިނިސްޓްރީ އިން ބުނެފައިވަނީ ޢިމާރާތްތަކަށް ބޮން އެޅުމަށް ބޭނުންކުރަމުންދަނީ އެންމެ ބޮޑަށް ގެއްލުން ދެނިވި ހަތިޔާރުކަމަށެވެ.

އެގޮތުން ހަމަލާދިނުމަށް ބޭނުންކުރާ ހަތިޔާރުގެ ސަބަބުން އެހަމަލާއަމާޒުވާ މުޅި ސަރަހައްދު އެއްފަހަރުން ހަލާކުކޮށްލާ ކަމަށާއި، އެއްފަހަރާ ގިނަ ބަޔަކު ޝަހީދުވެގެން ދާ ކަމަށް އެމިިނިސްޓްރީ އިން ބުނެފައިވެއެވެ.

އިޒްރާއިލުން ދެމުންދާ މިފަދަ ހަމަލާތަކުގެ ސަބަބުން ފަލަސްޠީނުގެ އެތައް ކުޑަކުއްޖަކު ޝަހީދުވެފައިވާއިރު، ޝަހީދުވި ބައެއް ކުޑަކުދިންގެ ހަށިގަނޑުގެ ބައިތައް ވަކިވަކި ވެގެން ގޮސްފައިވާ ތަން ފެންނަމުންދާއިރު، ހުޅަނގުގެ މީޑީއާތަކުން ދަނީ މިމަންޒަރުތަކާއި އަޑުތައް ދޮގުކުރުމަށް އެތައް މަސައްކަތެއް ކުރަމުންނެވެ. އެގޮތުން ހަމަލާތައް ލިބި އަނިޔާވެރިކަމާއި ބިރުވެރިކަމުގެ ހިޔަލުގައި ތިބީ އިޒްރާއިލްގެ ޔަހޫދީން ކަން ދެއްކުމަށް ދަނީ އެކިއެކި ވާހަކަތައް ފަތުރަމުންނެވެ. 

ޣައްޒާއިން މަޢުލޫމާތު ދެއްވި ވޮއިސްގެ މުރާސިލް ވިދާޅުވެފައިވަނީ ޝަހީދުންގެ ޢަދަދު 5087 އަކަށް އަރައިފައިވާ ކަމަށާއި ޒަޚަމްވި މީހުންގެ ޢަދަދު 15273 އަކަށް އަރައިފައިވާ ކަމަށެވެ. އަދި ވީނުވީއެއް ނޭނގޭ 1400 މީހުން ހިމެނޭކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ވީނުވީ އެއް ނޭނގިފައިވާ ޢަދަދު ގެ ތެރޭގައި ބޮޑު ބައެއް ހިއްސާކުރަނީ ކުޑަކުދިން ކަމަށްވެސް އޭނަ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.