އިޒްރާއިލުން ދިން ހަމަލާތަކުގައި ޝަހީދުވި ޝަހީދުންގެ ހަށިތައް ވަޅުލުމުގެ މަސައްކަތް ކުރިއަށް ދަނީ. ފޮޓޯ: ޤުދުސް ނެޓްވޯކް
ދުނިޔެ
24 Oct 2023 | 15:40
ޣައްޒާގެ އެންމެ ގިނަ އާއްމުން ގޮސްއުޅޭ މޯލް ހުރި ސަރަހަށްދަށް އަމާޒުކޮށް ހަމަލާދީފި

އިޒްރާއިލުން ފަލަސްޠީނަށް އަމާޒުކޮށް ހުއްޓުމެއް ނެތި ދެމުންދާ ހަމަލާތަކުގެ ސިލްސިލާގެ ތެރެއިން ޣައްޒާގެ އެންމެ ބިޒީ މޯލް ހުރި ސަރަހައްދަށް އަމާޒުކޮށް ހަމަލާދީފިއެވެ. 

އަލްޖަޒީރާގައި ބުނެފައިވަނީ ފާއިތުވި 2 ގަޑިއިރުތެރޭގައި އިޒްރާއިލުން ހުއްޓުމެއް ނެތި ނުރައްކާތެރި ހަމަަލާތަކެއް ދެމުން އަންނަ ކަމަށެވެ.

އެގޮތުން ޣައްޒާގެ އެންމެ ބިޒީ މޯލްއަށް އަމާޒުކޮށް ހަމަލާ ދިން ވަގުތަކީ އެތަނަށް އެންމެ ގިނަ މީހުން ވިޔަފާރި ކުރުމަށް ޖަމާވާ ވަގުތު ކަމަށް އަލްޖަޒީރާ ގައި ބުނެފައިވެއެވެ.

ދެ ގަޑިއިރުވަންދެން ހުއްޓުމެއްނެތި ވައިގެ މަގުން ދެމުންދިޔަ ހަަމަލާ ތަކުގެ ސަބަބުން ގިނަ ބަޔަކު ޝަހީދުވެ ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމްވެފައިވާ ކަމަށްެވެސް އަލްޖަޒީރާގައި ބުނެފައިވެއެވެ.

މީގެ ކުޑަވަގުތު ކޮޅެެއް ކުޅިން ޚާން ޔޫނިސްގައި ހުންނަ އަލް ނެއްސިރް ހޮސްޕިޓަލް ކައިރިއަށް ހަމަލާދީފައިވެއެވެ.

އޮކްޓޫބަރ 7 ގައި އިޒްރާއިލުން ދޭން ފެށި ހަމަލާތަކުގެ ސަބަބުން މިހާތަނަށް 5000އަށް ވުރެ ގިނަ މީހުން ޝަހީދު ވެފައިވާ ކަމަށާއި 15000 ގާތް ކުރާ މިންވަރަށް މީހުން ވަނީ ޒަޚަމްވެފައެވެ.

އަދި ވެއްޓިފައިިވާ ޢިމާރާތްތަކުގެ ދަށުގައި ގެއްލިފައި ނުވަތަ ވީނުވީއެއް ނޭނގިފައިވާ މީހުންގެ ޢަދަދު 1400 އަށް އަރައިފައިވާ ކަމަށް ވޮއިސް ގެ މުރާސިލް ވިދާޅުވެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.