ފަލަސްޠީނަށް އެހީވުމަށް ކުރިއަށް ގެންދިޔަ ފަންޑު ރެއިޒިން އިވެންޓެއްގެ ތެރެއިން-- ފޮޓޯ/ވޮއިސް
ހަބަރު
24 Oct 2023 | 17:58
ފަލަސްޠީނަށް އެހީވުމަށް އަންނަ ހުކުރު ދުވަހު ހުޅުމާލޭގައި ފަންޑް ރެއިޒިން ހަރަކާތެއް!

ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ފަލަސްތީނަށް ކެނޑިނޭޅި ދެމުން ގެންދާ ލާއިންސާނީ އަނިޔާތަކާއި ގުޅިގެން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ހުޅުމާލޭގައި ފަންޑް ރެއިޒިން ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.

އަންނަ ހުކުރު ދުވަހު ހުޅުމާލޭ ރުއްގަނޑު ޕާކު 1 ގައި ކުރިއަށް ގެންދާ މިހަރަކާތަކީ އަމިއްލަ ފަރާތްތަކަކާއި އާބަންކޯ އަދި އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން ގުޅިގެން ބާއްވާ ހަރަކާތެކެވެ. މި ހަރަކާތް އޮންނާނީ ހުކުރު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް އަދި އެ ރޭ 20:00 އިން 22:00 އަށެވެ. 

މި ފަންޑް ރެއިޒިން އިވެންޓު ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތަކުން "ވޮއިސް" އަށް މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި ހަރަކާތުގެ ތެރެއިން، އެކި ބާވަތްތަކުގެ ސްނެކްސް، ކަޕްކޭކްސް ފަދަ ތަފާތު ތަކެތި ގަންނަން ލިބެން ހުންނަ އިރު, ރޭގަނޑު ގަޑީގައި ޑިނާ ޕެކް ވެސް ލިބެން ހުންނާނެއެވެ. އަދި ހަމަ އެހެންމެ ހަރަކާތުގެ ތެރެއިން ޖަމްބަލް ސޭލްވެސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އިރު، އެ ސޭލްގައި ވިއްކުމަށް ތަކެތި ހަދިޔާ ކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.

"މި އިވެންޓު އަޅުގަނޑުމެން ކުރިއަށް މި ގެންދަނީ އާބަންކޯ އާއި އައިއޭސީގެ ފުލް ސަޕޯޓް އާއި އެކު. ހަރަކާތުގެ ތެރެއިން ކާބޯތަކެތި ވިއްކުން ފަދަ ކަންކަން ކުރިޔަށް ދާނެ ހަވީރު އަދި ރޭނގަޑު ވެސް. އެގޮތުން ހަވީރު ވިއްކާ ކާތަކެއްޗާ ރޭނގަޑުގެ ޑިނާ ޕެކް ތައްޔާރު ކުރަން ބޭނުން ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލާފައި. އެބޭފުޅުންނަށް އަޅުގަނޑުމެން ދޭނަން ކައްކަން ބޭނުންވާ ތަކެތި ވެސް. ދިނީމާ ކައްކާލައިގެން ގެންނަންވީ. އަދި އިވެންޓް ކުރިއަށް ދާއިރުވެސް ވޮލަންޓިއަރުންގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ހުޅުވާލެވިފައި ވަނީ. އެހެންވީމަ އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން އެހީވާން ބޭނުންވާ ފަރާތްތަކުން އަޅުގަނޑުމެންނާ ކޮންޓެކްޓް ކޮށްލުމަށް" ހަރަކާތް އިންތިޒާމު ކުރާ ފަރާތުން "ވޮއިސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ. 

އެހެންކަމުން މި ހަރަކާތަށް އެއްވެސް އެއްޗެއް ހަދިޔާ ކުރަން، ނުވަތަ ކެއްކުމުގައި އެހީވާން ނޫނީ، ހަރަކާތް ކުރިއަށްދާއިރު ވޮލަންޓިއަރުންގެ ގޮތުގައި އެހީވާން ބޭނުންވާ ހުރިހާ ފަރާތްތަކަކުން 9574014 އަށް ގުޅުމަށް އެފަރާތުން ވަނީ އެދިފައެވެ.

މީގެ އިތުރުން އެފަރާތުން ވިދާޅުވީ، މި ހަރަކާތުން ލިބޭ ހުރިހާ ފައިސާ އެއްވެސް ހަވާލު ކުރުމަށް ހަމަޖެހިފައި ވަނީ އައިއޭސީން ހުޅުވާލާފައިވާ ޣައްޒާ އެމެޖެންސީ ރިލީފް ފަންޑަށް ކަމަށެވެ.  އެހެންކަމުން މި ހަރަކާތުގައި ވީހާވެސް ގިނަ ފަރާތްތަކަކުން ބައިވެރިވުމަށް އެފަރާތުން ވަނީ އެދިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.
06 Oct 2026
ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ދިވެއްސަކު ނިޔާވެއްޖެ
ނިޔާވެފައިވަނީ އުދަރެސް / ގއ. ކޮލަމާފުށި، އަޙްމަދު މިސްޙާޤު (45އ) އެވެ.
06 Oct 2026
އަމާން އުދަރެސް ޓަވަރަކުން ވެއްޓުނު މީހާ ނިޔާވެއްޖެ، 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެއް
ޓަވަރުގެ 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެކެވެ.
06 Oct 2026
ހުޅުމާލެ ފޭސް 2 ގެ އުދަރެސް ޓަވަރުން މީހަކު ވެއްޓިއްޖެ
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2 ގެ އުދަރެސް 8 ޓަވަރުން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.