ފްރާންސްގެ އެމަނުއެލް އަދި އިޒްރާއިލްގެ ނަތަންޔާހޫ. ފޮޓޯ: އަލްޖަޒީރާ
ދުނިޔެ
24 Oct 2023 | 17:42
ފަލަސްޠީން އިޒްރާއިލް ހަނގުރާމަ: ފަރަންސޭސި ސަރުކާރުން ބުނީ އިޒްރާއިލް އޮތީ އެކަނި ނޫން ކަމަށް

އިޒްރާއިލުން ފަަލަސްޠީނާއި ކުރާ ހަނގުރާމައިގައި އިޒްރާއިލް އޮތީ އެކަނި ނޫން ކަމަށާއި ފަރަންސޭސި ވިލާތުގެ ރައީސް އެމަނުއެލް މެކްރޮން ބުނެފިއެވެ.

އިޒްރާއިލްގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި އެކު އެމަނުއެކް މެކްރޮން އާއި އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މެކްރޮން ބުނެފައިވަނީ ޓެރަރިޒަމަކީ އިޒްރާއީލާއި ފަރަންސޭސި ވިލާތުގެ ދުޝްމަނުން ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނެފައިވަނީ އިޒްރާއިލް އޮތީ އެކަނި ނޫން ކަމަށާއި، ހަނގުރާމަވެރި ޖަމަޢަތް ތަކާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ކޯލިޝަން ހެދުމަށް އިޒްރާއީލަށް ހުށައަޅާ ކަމަށްެވެސް މެކްރޫން ވަނީ ބުނެފައެެވެ.

އަދި މެދުއިރުމަތީގައި ނަތަންޔާހޫގެ ބާރު ދެމެހެއްޓޭނީ ފަލަސްޠީން މައްސަލައިގައި އެހެން ޤައުމުތަކަށް ސިޔާސީ ގޮތުން ވާސިލް ވެގެން ކަމަށެވެ.

ނަތަންޔާހޫ އާއި މެކްރޫން އެކުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަތަންޔާހޫ ބުނެފައިވަނީ އިޒްރާއިލުން ހަމާސް ނައްތާލާނެ ކަމަށެވެ.

ހަނގުރާމަވެރިން ނައްތާލުމަށް ކަމަށް ބުނެ އިޒްރާއިލުން ދޭ ހަމަލާތައް އަމާޒުކުރަމުން ދަނީ ފަލަސްޠީނުގެ ނިކަމެތި ޢާންމުންނަށެވެ. 7 އޮކްޓޫބަރުން ފެށިގެން ޝަހީދުވި މީހުންގެ ޢަދަދު 5000 މައްޗަށް އަރައިގެން ގޮސްފައިވާއިރު އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

ކޮމެންޓް
ޚާލިދު
މެމްބަރުންގެ އަދަދު 200 އަށް ހަދަން ވީނު
24 Oct 2023
ގުޅޭ ލިޔުންތައް
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.