ޔޮކަވެދް މިނިވަން ކުރުމަށްފަހު މީޑީއާ ތަކާއި ވާހަކަދައްކަނީ. ފޮޓޯ:ގެޓީ އިމޭޖްސް
ދުނިޔެ
25 Oct 2023 | 11:20
ހަނގުރާމަވެރިން ރަހީނުކުރި އަންހެންމީހާ ދޫކޮށްލުމުން އެމީހުންނާއި ސަލާންކުރީ ކީއްވެ؟

ފަލަސްޠީނުގެ ހަނގުރާމަވެރި ޖަމާޢަތަކުން ރަޙީނުކުރި، އިޒްރާއިލްގެ ޔަހޫދީ އަންހެނަކު އޭނާ މިނިވަން ކުރުމުން އަނބުރާ ޢާއިލާގެ ގާތައް ދިޔުމުގެ ކުރިން ހަނގުރާމަވެރިންނާއި ސަލާން ކުރި ސަބަބު މީޑިއާތަކަށް ކިޔައި ދީފިއެވެ.

ހަނގުރާމަވެރިން ރަހީނު ކުރުމަށް ފަހު ދޫކޮށްލުމުން މީޑީއާ އަކުން ވަނީ އެމީހުންނާއި ވަކިވެގެން އަންނަމުން ހަނގުރާމަވެރިންނާއި އޭނާ ސަލާމް ކުރި ސަބަބާއި މެދު ސުވާލު ކޮށްފައެވެ.

އޭނާ ބުނެފައިވަނީ އެމީހުންނާއި ވަކިވެގެން އައުމުގެ ކުރިން އެމީހުންނާއި ސަލާން ކުރީ ހަނގުރާމަވެރިން އެމީހުންނާއި މެދު ހެޔޮކޮށް ކަންކަންކޮށްފައި ވާތީ ކަމަށެވެ.

މީޑިއާ ތަކާއި ވާހަކަ ދައްކަމުން ޔޮކަވެދް ބުނެފައިވަނީ ހަނގުރާމަވެރިން އެމީހުންނާއި މެދު ކަންކޮށްފައިވަނީ ވަރަށް ހެޔޮކޮށް ކަމަށެވެ.

“އެމީހުން ބުނީ އަހަރެމެންނަކީ ކީރިތި ޤުރުއާން ޤަބޫލް ކުރާ މީހުން ކަމަށް، އަދި އެމީހުން އަަހަރެމެންނަށް އެއްވެސް ގެއްލުމެއް ނުދޭނެކަަމަށް” ޔޮކަވެދް ބުނެފައިވެއެވެ.

ޔޮކަވެދް ބުނީ ހަނގުރާމަވެރިން އެމީހުންނަށް ކާން ދެނީ އެމީހުންވެސް ކާއެއްޗެއް ކަމަށާއި، އެމީހުންގެ ބޭނުންތައް ފުއްދައިދިނުމަށް ޚާއްސަ ސަމާލުކަމެއް އެމީހުން ދިން ކަމަށެވެ.

“ކޮންމެ ދެތިން ދުވަހަކުން ޑޮކްޓަރަކު އަންނާނެ އަހަރެމެންގެ ސިއްޚީ ހާލަތު ބަލަން، އެތަނުގައި އަވަސްފަރުވާ ދޭނެ މީހަކުވެސް ހުރޭ، ބޭނުންވެއްޖެ ހާލަތެއްގައި ބޭސް ދޭން” ޔޮކަވެދް ބުނެފައިވެއެވެ.

ހުޅަނގުގެ މީޑިއާތަކުން ހަނގުރާމަވެރިން ރަހީނުންނަށް ގެއްލުން ދޭ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ދޮގެއްކަން ޔޮކަވެދް ގެ ވާހަކަތަކުން ވަނީ ސާބިތުވެފައެވެ.

ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި ހަނގުރާމަ ކުރަމުންދާ ހަނގުރާމަވެރިންގެ ބެލުމުގެ ދަށުގައި އަދިވެސް ގިނަ ޢަދަދެއްގެ ޔަހޫދީން އެބަތިއްބެވެ.

ކޮމެންޓް
ކިޔުން ތެރިއެއް
މުސްލިމުން އޯގާތެރިވާނެ
26 Oct 2023
ގުޅޭ ލިޔުންތައް
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.